ޚަބަރު

ސަން ސިޔާމަށް 8 މިލިއަން ޑޮލަރުގެ ބޮޑު ޚިޔާނާތެއް ވުމަށްފަހު, ކުރިން ނޯޓިސް ދިނުމަކާވެސްނުލާ, ދ. އަތޮޅުން ސިޔާމް ނަގާފަ އޮތް 3 ރަށެއް މުއިއްޒު ސިޔާމް އަތުން ފޭރިގެންފި!

ދިޔަވަރު
ސަން ސިޔާމަށް 8 މިލިއަން ޑޮލަރުގެ ބޮޑު ޚިޔާނާތެއް ވުމަށްފަހު, ކުރިން ނޯޓިސް ދިނުމަކާވެސްނުލާ, ދ. އަތޮޅުން ސިޔާމް ނަގާފަ އޮތް 3 ރަށެއް މުއިއްޒު ސިޔާމް އަތުން ފޭރިގެންފި!

ފާއިތުވި ރިޔާސީ އިންތިޚާބުގައި އަނބުރާ ދައްކާގޮތަށް ސަން ސިޔާމް އަތުން ނެގި 8 މިލިއަން ޑޮލަރު ސިޔާމްއަށް ނުދައްކާ, ސަން ސިޔާމަށް ބޮޑު ޚިޔާނާތެއް ވުމަށްފަހު, ސަން ސިޔާމް ދ. އަތޮޅުން ނަގާފައިވާ 3 ރަށެއްވެސް ކުރިން ނޯޓިސް ދިނުމަކާ ނުލާ މުއިއްޒު ދައުލަތަށް ނަގާފައިވާކަމަށް "ދިޔަވަރު އޮންލައިން"އަަށް މައުލޫމާތު ލިބިއްޖެއެވެ.

ސިޔާމްގެ ގާތް ފަރާތަކުން "ދިޔަވަރު އޮންލައިން"އަަށް މައުލޫމާތު ދިން ގޮތުގައި މި ރަށްތަކަކީ ރިސޯޓު ތަރައްގީ ކުރުމަށް, ދައުލަތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދެއްކުމަށްފަހު ސިޔާމް ކުންފުނިން ނަގާފައިވާ ރަށްތަކެކެވެ. އެހެންނަމަވެސް މުއިއްޒު މިރަށްތައް ސިޔާމް އަތުން މުއިއްޒު ނަގާފައި ވަނީ ކުރިން އެންގުމަކާވެސް ނުލައެވެ. އޭގެ ތެރޭގައި ދ.އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި މުއިއްޒު ދާދިފަހުން ހަމަޖައްސަވާފައިވާ ދ.އުއްދޫވެސް ހިމެނެއެވެ.

ދ. އުއްދޫއަކީ ސިޔާމް ޚަރަދުވެސް ކޮށްފައިވާ ރަށަކަށްވާއިރު, އެރަށްވެސް ސިޔާމް އަތުން ނަގާފައިވަނީ އެއްވެސް ބަދަލެއްވެސް ދިނުމަކާ ނުލައެވެ. އެރަށް ސިޔާމް އަތުން ވަކި ކުރިކަން ސިޔާމަށް އެނގުނީވެސް, ދާދިފަހުން މުއިއްޒު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި, އެއަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި އެރަށް ހަމަޖައްސާފައިވާކަން މުއިއްޒު އިއުލާން ކުރުމާ ހަމައިންނެވެ. ސިޔާމަށް އެކަން އެނގުނީވެސް މީޑިއާތަކުގައި އެޚަބަރު ރިޕޯޓު ކުރި ހިސާބުންކަމަށްވެސް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސިޔާމްގެ ގާތް ފަރާޓުން ވިދާޅުވެފައި ވެއެވެ.

މުއިއްޒު ސަން ސިޔާމް އަތުން, ފާއިތުވި ރިޔާސީ އިންތިޚާބަށް ޚަރަދު ކުރުމަށް, ލޭންދޭނަށް ނެގި 8 މިލިއަން ޑޮލަރު ހޯދުމަށް ސަން ސިޔާމް ކޯޓަށް ދާން ނިންމާފައިކަމަށް ”ދިޔަވަރު އޮންލައިން“ އިން މީގެ ކުރިން ވާނީ ރިޕޯޓު ކޮށްފައެވެ.

”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ދިން ސަން ސިޔާމްގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި, 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މުއިއްޒު ވިދާޅުވެގެން ސަން ސިޔާމް 8 މިލިއަން ޑޮލަރު ދީފައިވެއެވެ. އެހެންނަމަވެސް އެއީ އެފައިސާ މުއިއްޒު ސިޔާމްއަށް އަނބުރާ ދައްކާގޮތަށް ދިން ފައިސާކަމަށްވެސް ”ދިޔަވަރު އޮންލައިން“ އާއި މައުލޫމާތު ހިއްސާކުރި ސިޔާމްގެ އަރިސް ފަރާތުން ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް, މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރުވެގެން ދާއިރު, އެފައިސާ އަބުރާ ހޯދުމަށް ސަން ސިޔާމްގެ ފަރާތުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ވެފައިވާ ނުވާއިރު, ސިޔާމްގެ އެއްވެސް ފޯން ކޯލަކަށްވެސް މުއިއްޒު ޖަވާބު ނުދެއްވާތާ މިހާރު 8 މަސްވެފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“ އާއި މައުލޫމާތު ހިއްސާކުރި ސިޔާމްގެ އަރިސް ފަރާތުން ވިދާޅުވެފައިވެއެވެ.

ސިޔާމްގެ އަރިސް ފަރާތުން ވިދާޅުވި ގޮތުގައި, އަނބުރާ ދައްކާގޮތަށް, ރިޔާސީ ކެމްޕޭނަށް ސިޔާމް އަތުން މުއިއްޒު ނެގި 8 މިލިއަން ޑޮލަރު ހޯދޭނެ އިތުރު ގޮތެއް ނެތިގެން, ފައިސާ ހޯދުމަށް ކޯޓަށް ދިއުމަށް ސިޔާމް ނިންމާފައިވަނީ އިތުރު ގޮތެއް ނެތިގެން ކަމުގައެވެ. އަދި މުއިއްޒުގެ އަރިސް ފަރާތްތައް މެދުވެރިކޮށްވެސް މުއިއްޒު އާއި ވާހަކަ ދެއްކުމަށް ސިޔާމް މިހާތަނަށް ކުރި ހުރިހާ މަސައްކަތެއްވެސް ނާކާމިޔާބު ވަފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“ އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި, އެފައިސާ ކޯޓު މެދުވެރިކޮށް ހޯއްދެވޭނެކަމަށް ސިޔާމް ގަބޫލު ކުރައްވައެވެ. އެއީ އަނބުރާ ދައްކާގޮތަށް މުއިއްޒުއާއި ފައިސާ ހަވާލުކުރިކަމަށް ހެކިދޭނެ ފާރާތްތައް ތިބީމަކަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާމް އަތުން އަނބުރާ ދައްކާގޮތަށް މުއިއްޒު ނެގި 8 މިލިއަން ޑޮލަރަށް މުއިއްޒު ޚިޔާނާތްތެރިވެ, މުއިއްޒު ސިޔާމްއަށް އަނިޔާވެރިވަމުންދާއިރު, ދާދިފަހުން މުއިއްޒު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ސިޔާމް ބައިވެރިކޮށްފައެއްވެސް ނުވެއެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސިޔާމް ތާއީދު ކުރައްވާފައިވަނީ އޭރުގެ ރައީސް ސާލިހުއަށެވެ. އެހެންނަމަވެސް ދެވަނަ ބުރުގައި ސިޔާމް މުއިއްޒުއަށް ތާއީދުކޮށް ކެމްޕޭންވެސް ކޮށްދެއްވާފައި ވެއެވެ. އެހެންނަމަވެސް އެ ކެމްޕޭންގައި ސިޔާމްގެ ޕާޓީއަށް ދޭން ވައުދުވި ސިޔާސީ މަގާމްތައްވެސް މުއިއްޒު ހަމަޖައްސަވާ ދެއްވާފައެއް ނުވެއެވެ.

މުއިއްޒު ގެންދަވަނީ, ސިޔާމްފަދަ ގައުމަށް އެތަކެއް ޚިދުމަތްތަކެއްކޮށް, އަދި ރާއްޖޭގެ ބޮޑެތި އިންވެސްޓަރުންގެ ވިޔަފާރިތަކަށް ގެއްލުންދީ, އެބޭފުޅުން ނުފޫޒު ކަނޑުވާލުމަށް އެފަރާތްތަކުގެ މައްޗަށް އަނިޔާވެރިވަމުންނެވެ.