ޚަބަރު

ޑްރަގް އަދި ސެކްސް ޕާޓީ ބާއްވާފައި ވަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން: އަމީންގެ ޅިޔަނު

ދިޔަވަރު
ޑްރަގް އަދި ސެކްސް ޕާޓީ ބާއްވާފައި ވަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން: އަމީންގެ ޅިޔަނު

ޑްރަގް އަދި ސެކްސް ޕާޓީ އަމީން ދިރިއުޅޭ ގޭގައި ބާއްވާފައި ވަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް އަމީންގެ ޅިޔަނު އަދި ސްޓެލްކޯގެ ޑީއެމްޑީ މުޒްނާގެ ކޮއްކޮ އަބްދުﷲ މުއިއްޒު ހާމަ ކުރައްވައިފިއެވެ.

ދިޔަވަރު ނޫހުގައި ޝާއިޢު ކޮށްފައިވާ "އަމީން ދިރިއުޅޭ ގޭގައި، ދާއޫދުގެ އިތުރުން ރައީސް މުއިއްޒުގެ އަރިސް ޒުވާނުން ބޭއްވީ، ސެކްސް ޕާޓީއެއް ކަމަށް މަލްޝާ ޓްވީޓް ކޮށްފި" ކަމަށް ބުނެ ލިޔެފައިވާ ލިޔުމުގެ އެކްސް ޕޯސްޓަށް އަމީންގެ ޅިޔަނު ކޮމެންޓް ކޮށްފައި "ތިވާނީ އިރުޝާދު ދެއްވައިގެން ކަމަށް" ށެވެ.

މުއިއްޒަށް ތާޢީދު ހޯދުމުގެ ގޮތުން ޒުވާނުން ބޭނުންވާ ކަންކަން ކޮށްދިނުމަށް މުއިއްޒު "އަޕްޓު މަދާ" ހިންގަމުންދިޔަ ފަރާތްތަކަށް އަންގާފައިވާ ކަމަށާއި، ޕާޓީތައް ބާއްވައި، އެތަންތަނަށް ބޭނުންވާ ރަލާއި، ޑްރަގްސް ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާ ސްޕޮންސާރ ކޮން ދެނީ ކޮންބައެއް މެދުވެރިކޮށްކަން ރައީސް އޮފީހުގެ ގިނަބަޔަކަށް އެނގޭނެ ކަމަށާއި، މި ޕާޓީ ތަކާއި، މި ކުޅިވަރުތައް އަމާޒު ކޮށްފައި ވަނީ، ރައީސް މުއިއްޒަށް ޒުވާނުންގެ މެދުގައި އޮންނަ ތާޢީދު ދެމެހެއްޓުމަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ދިޔަވަރު ނޫހަށް ރައީސް އޮފީހުން މައުލޫމާތު ދެއްވި ފަރާތެއް ހާމަ ކުރިއެވެ.

މިނިސްޓަރ އަމީން ދިރިއުޅުއްވާ ގޭގައި، ޖުވާ ކުޅޭ މަންޒަރު ފެންނަ ފޮޓޯ ތަކެއް ވެސް ވަނީ ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ފުލުހުން ބަލާފައި ނުޥާއިރު، ފުލުހުން މިނިސްޓަރ އަމީން ދިރިއުޅުއްވާގެ ބަލައި ފާސް ކޮށްފައިވަނީ 6 ދުވަސް ފަހުން ހުރިހާ ހެއްކެއް ނައްތާލުމަށް ފުރުޞަތު ދިނުމަށްފަހުއެވެ.

ޒުވާނުންނަށް ޑްރަގް ދީ، މަލްޝާ އެ ވިދާޅުވާ ފަދަ ސެކްސް ޕާޓީތައް ބޭއްވުމުގައި އެއަށް ފައިސާ ހޯދަނީ ކޮން ބަޔަކުތޯ މި ތަހުގީގުގައި ފުލުހުން ނުބަލައެވެ. ޕާޓީ ބާއްވަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރ އަމީނުގެ ޅިޔަނަށް ދަންދެން ބުނަމުންދާއިރު، މި މައްސަލަ ފުލުހުން ބެއްލެވުމަށް ގޮވާލަމެވެ.