ޚަބަރު

އުސް އިމާރާތުން ވައްޓާލި ޔުމްނު މަރާއި ހަނގުރާމަ ކުރަމުންދާއިރުވެސް, ގޭގައި ހުރި ސީސީޓީވީ ފުޓޭޖު ހުރީ ހަލާކުވެފައިވާކަމަށް ބުނެ, ޓްރާންސްޕޯޓު އަމީނު މުޠުލަގަށް ދޮގު ހެދިއިރު, ހެއްދެވި ފަރާތް ދެކެ ބިރުވެތި ނުވަނީތަ؟

ދިޔަވަރު
އުސް އިމާރާތުން ވައްޓާލި ޔުމްނު މަރާއި ހަނގުރާމަ ކުރަމުންދާއިރުވެސް, ގޭގައި ހުރި ސީސީޓީވީ ފުޓޭޖު ހުރީ ހަލާކުވެފައިވާކަމަށް ބުނެ, ޓްރާންސްޕޯޓު އަމީނު މުޠުލަގަށް ދޮގު ހެދިއިރު, ހެއްދެވި ފަރާތް ދެކެ ބިރުވެތި ނުވަނީތަ؟

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވައްޓާލި ހާދިސާގެ ތަހުގީގަށް ބޭނުންވާ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ ގެ، މއ. މާންދޫގޭގެ ދެކުުނު ގޭގެ ސީސީޓީވީ ފުޓޭޖު ހަލާކުވެފައިވާކަން ފުލުހުންނަށް އޭނާ އަންގައިފި އެވެ.

މި ހާދިސާ ހިނގުމުގެ ކުރިން، އެރޭ ޔުމްނުއާ އެކު އުޅުނު ހަތް މީހުން އެންމެ ފުރަތަމަ ގޮސްފައިވަނީ މއ. މާންދޫގޭދެކުނުގެއަށެވެ. މިއީ އަމީނުގެ ވެސް ގެއެވެ. ޔުމްނުއާ އެކު އެރޭ އުޅުނު މީހުންގެ ތެރޭގައި އަމީނަށް ބޮޑުބޭބެ ކިޔާ ދެ މީހަކު ވެސް ހިމެނެ އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ބުނީ މއ. މާންދޫގެދެކުނުގޭގެ ސީސީޓީވީ ކެމެރާގެ ވީޑިއޯތައް ފުލުހުންނަށް ނުލިބުނު ކަމަށާއި ސީސީޓީވީ ކެމެރާ ހަލާކުވެފައިވާ ކަމަށް ގޭގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެގޭގެ ވެރިފަރާތުން ބުނިގޮތަށް ސީސީޓީވީ ކެމެރާ ހަލާކުވެފައިވޭތޯ ޔަގީންކުރަން މަސައްކަތް ކުރި ކަމަށާއި އެގޮތުން ސީސީޓީވީ ފުޓޭޖު ނެތްކަން ކަށަވަރުކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި އެރޭ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހައިފަ އެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ އިއްޔެ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.

އަދި މި ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

މިމައްސަލާގެ ތަހުގީގު ކުރިޔަށް ގެންދިއުމަށް ރިޔާސީ ކޮމިޝަނެއް އުފައްދާ ތަހުގީގު މިހާރު ކުރިޔަށްދާއިރު, މި ތަހުގީގަށް އެންމެ މުހިންމު އެއް ހެކިކަމަށްވާނެ, އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖު ހަލާކުވެފައިވާކަމަށް ބުނެ ދޮގު ހަދާފައިވާއިރު, ޔުމްނު އުސް އިމާރާތުން ވެއްޓުނުކަމަށް ހަދަން އޭނާ ފުލުހުންނަށް ގުޅާ, މުޅި މައްސަލާގެ ހަގީގަތް އޮޅުވާލުމަށްވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. މި ތުހުމަތު ތަކާއެކު އޭނާ މިނިސްޓަރުކަމުން އިސްތިއުފާ ދިނުމަށް ގޮވާލާ ޒުވާނުން ދަނީ މާލޭ މަގުތަކުގައި ކޮންމެ ރެއަކުވެސް މުޒާހިރާ ކުރަމުންނެވެ. އެހެންނަަމަވެސް އޭނާ ވިދާޅުވަމުން ގެންދަވަނީ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.