އިހްސާން އަންގައިގެން ޔުމްނު ފަޟީހަތް ކުރުމަށް ފަހު، ނެޕޯ-ބޭބީސްތައް ރާބޮއެ، ޑްރަގް ނަގައި އޮރިޔާންވި ސީސީޓީވީ ފްޓޭޗްތައް ނައްތާލައިފިއެވެ.
ޔުމްނުގެ ވީޑިޔޯ ގައި ގައިގޯޅިވާ މަންޒަރުތައް ނުދައްކައިވެސް އެ ވީޑިޔޯތައް ދެއްކެން ހުއްޓާ އެކަން ގަސްތުގައި ކޮށްފައިވަނީ ރައީސް މުއިއްޒު އާއި އިހްސާން މަޝްވަރާ ކުރުމަށް ފަހުގައި ކަން ދިޔަވަރު ނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެއީ ތިމަންނާގެ ހިޔާލެއް ކަމަށް ރޭގައި އިހްސާން އެ އާއިލާގެ ފަރާތަކަށް، ވަނީ ރޭ މެލޭޝިޔާގައި ދިވެހިންނާއި ބައްދަލު ކުރުމަށް ބޭއްވި ކެއުމުގައި ހާމަ ކޮއްފައެވެ. މުއިއްޒުގެ ސަރުކާރުގެ އަނިޔާވެރިކަމާއި، ނުބައިކަން ރައްޔިތުންގެ މައްޗަށް ހުރިވަރު މިކަމުން އެކަނިވެސް ހާމަވެގެން ދެއެވެ.
އަމީން ދިރިއުޅޭ ގޭގައި، ރާބޮއެ މަޖާ ކުރިއެވެ. ޔުމްނު އަށް ރާ ބޯންދީފައިވަނީ (ނުވަތަ ރާ ބުއީ) ވެސް އެގެއިންނެވެ. މި ޕާޓީތައް ބާއްވަން ހިތްވަރު ދެނީ ރައީސް މުއިއްޒުއެވެ. ރައީސް މުއިއްޒަށް ޒުވާނުންގެ ތާޢީދު އިތުރު ކުރުމަށް ބާއްވާ މިފަދަ ޑްރަގް ޕާޓީތަކަށް ހަރަދު ކުރަނީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ކަމަށް ބެލެވެއެވެ. ދާއޫދަކީ ޕާޓީތައް ބާއްވާ އިސްފަރާތެވެ. ދާއޫދު ރައީސް އޮފީހުން މި މައްސަލާގައި ވަކި ކޮށްފައިވެސް ނުވެއެވެ.
މި ސީސީ ޓީވީ ފްޓޭޗްތައް ލިބި، ސެކްސް ޕާޓީ ބާއްވާ، މަސްތުވާތަކެތި ގެންނަ ގޮތް ހާމަވިނަމަ، އެންމެ ބޮޑު ބަދުނާމެއް ލިބޭނީ ސީދާ ރައީސް މުއިއްޒު އަށެވެ. ނެޕޯ-ބޭބީސް ސަލާމަތް ކޮށް އަދިވެސް މި ޕާޓީތައް ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ހަމަ އެމީހުން ބާއްވާނެއެވެ. އެއްވެސް ރައްޔިތަކަށް ހަމަ ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެއެވެ.