ޚަބަރު

ކަރޯކޭ ޕާޓީތަކުން ޑްރަގާއި ސެކްސް ޕާޓީތަކަށް، ރަނގަޅު ތަޙްގީގެއް ހިންގައިފި ނަމަ މައްސަލަ ނިމޭނީ ރައީސް މުއިއްޒު އާއި ހަމައަށް!

ދިޔަވަރު
ކަރޯކޭ ޕާޓީތަކުން ޑްރަގާއި ސެކްސް ޕާޓީތަކަށް، ރަނގަޅު ތަޙްގީގެއް ހިންގައިފި ނަމަ މައްސަލަ ނިމޭނީ ރައީސް މުއިއްޒު އާއި ހަމައަށް!

އެމަނިކުފާނު އެންމެ އިތުބާރު ކުރައްވާ އެއް މިނިސްޓަރ، ޓްރާންސްޕޯޓް މިނިސްޓަރ އަމީންގެ ގޭގައި ޑްރަގް އާއި ސެކްސް ޕާޓީތައް ދިޔައީ ބާއްވަމުންނެވެ. ޑްރަގާއި ސެކްސް ޕާޓީގެ އިތުރުން އެއީ ޖުވާ ކުޅުމުގެ ކިއްލާއެކެވެ.

މިކަމުގައި ޒުވާނުން ބައިވެރިކޮށް، މިއީ ޒުވާނުން މުނިފޫހި ފިލުވުމަށް އަދި ރައީސް މުއިއްޒަށް ތާޢީދު ކުރާ ޕާޓީ ކުރާ ކްރައުޑު ގެންގުޅެންވީ ގޮތްކަމަށް ބަލައި އެކަން ކުރަމުން ދިޔައީ، ރައީސް އޮފީހުގެ ތިބި މުއިއްޒުގެ އެންމެ އަރިސް އެއް ފަރާތުންނެވެ. އަމީން އާއި ތިމާގެ ދާއޫދު މި ޕާޓީތައް ހޮސްޓް ކުރަމުން ދިޔައީ އެންމެ ބޭނުމަކު އެވެ. ރައީސް މުއިއްޒުގެ ތާއީދު ޑްރަގް ބޭނުން ކުރާ ފަރާތްތަކުގެ މެދުގައި ބޭއްވުމަށެވެ.

ރައީސް މުއިއްޒު އާއި އޭނާގެ އަނބިކަބަލުން ސާޖިދާ އަކީ ކަރޯކޭ ދުވަހަކުވެސް ކީ ބަޔަކު ނޫންކަމަށް ރައީސް އޮފީހުން ނޫސް ބަޔާންވެސް ނެރުނެވެ. އެފަހުން ފެނުނީ ސާޖިދާ ކަރޯކޭގައި ފޯރިނަގާ މަންޒަރު ދައްކުވައިދޭ ވީޑީޔޯތަކެވެ. މުލިޔާގޭގައި ގާއިމު ކުރެވުނު އަގުބޮޑު ކަރޯކޭ ސެޓާއި ބޭއްވި ކަރޯކޭ ޕާޓީތައް ފުޅާވެ، އަމީނުގެ ގެ ނަޗަންގީގެ މައިގަނޑު ކިއްލާއަކަށް ހަދައި، ޒުވާނުން ރާބޮއެ ޒިނޭކޮށް، ޕާޓީ ޑްރަގު ނަގައި، ޖުވާ ކުޅެ ވަޖިދުވާން ރައީސް މުއިއްޒު ތަންމިނަށް ހުޅުވާލި ސިޔާސަތު ދާއުދުގެ ބެލުމުގެ ދަށުން ދިޔައީ ތަންފީޒު ކުރަމުންނެވެ. ބިރަކާއި ނުލައި މަޖާކުރުން ރާއްޖޭގެ ތާރީޚުގައި ވެރިއަކަށް ހިންގާލަން ކެރުނީ ރައީސް މުއިއްޒަށް އެކަންޏެވެ. އަންނި އަށް އެރުވުނީ ހުސް ފޮނެވެ.

މި ގޮތަށް މިކަން ކުރިއަށް ގެންދަނިކޮށް "ތަރސްޑޭ" ނައިޓެއް ވިހަވެ، ނެޕޯ-ބޭބީސް ގެނައި ނިކަމެއްޗެއްގެ ދަރިއެއް ފުރާޅަކަށް ވެއްޓުނީމާ، ފިއޮއްތަކެއްހެން ގޮސް ވަދެ ފީކުކުޅު މުއިއްޒުގެ ފިޔަ ދަށުގައި ބޮދައި ތިބީއެވެ. މައްސަލަ ބަލައި ތަހުގީގު ރަނގަޅަށް ހިނގައިފިނަމަ، މަސްތުވާ ތަކެއްޗާއި އަންހެންކުދިން ގެންނަށް މި ޚަރަދު ކުރާ ފައިސާ އަކީ ދާއޫދަށް ލިބޭ މުސާރައިން އެކަނި ކުރެވޭނެ ކަމެއް ނޫންކަން އެނގޭނެއެވެ. މިކަމުގެ ވެބްގެ މުގުލުގައި ހުންނާނީ މި ޕާޓީތަކުން ސިޔާސީ ފައިދާ ލިބޭ ޕީއެންސީގެ އިސް ފަރާތްތަކެވެ.

ރައީސް މުއިއްޒު އަކީ ގަދަ ލީޑަރަކެވެ. ޒުވާނުންގެ ލީޑަރެވެ. ބިރަކާއި ނުލާ މަޖާ ކުރަން ކެރުނު ލީޑަރެވެ. ޕާޓީ ކުރި އެއްވެސް ޒުވާނަކަށް ފިޔަވަޅެއް ނާޅާން މިހާރުވެސް އޮތީ ނިންމާފައެވެ. ފިޔަވަޅު އަޅާނަމަ، އެމަނިކުފާނު ޓްރާންސްޕޯޓް މިނިސްޓަރަކަށް އަމީން މިއަދާއި ހަމައަށް ނުބެހެއްޓީހެއެވެ.