ކަޝްމީރުގެ ޕަހަލްގާމްގައި ފަތުރުވެރިންނަށް ދެވުނު ޓެރަރިސްޓް ހަމަލާއަކީ 2011 ގެ މުންބާއީ ޓެރަރިސްޓް ހަމަލާއަށްފަހު އިންޑިއާގައި އެންމެ ގިނަ އަދަދަކަށް ޢާންމު ރައްޔިތުން މަރުވެފައިވާ ހާދިސާއެވެ. މިހާދިސާގައި 26 މީހަކަށް ބަޑިން ހަމަލާދީ މަރާލާފައިވެއެވެ.
ޖައްމޫ އަދި ކަޝްމީރުގައި އިންތިޚާބު ބޭއްވުމަށްފަހު، އެ ސަރަހައްދުގައި އަމާންކަން ގާއިމުވެ، އެސަރަހައްދަށް ޒިޔާރަތްކުރަމުންދިޔަ ފަތުރުވެރިން އިތުރުވެފައި ވަނިކޮށް، ފަތުރުވެރިންނަށް ދެވުނު މި ހަމަލާއަކީ އިންތިހާއަށް އަނިޔާވެރި ހަމަލާއެކެވެ.
މިއީ ޖައްމޫ އަދި ކަޝްމީރުގެ ފަތުރުވެރިކަމުގެ މޫސުމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ކަޝްމީރަށް ފަތުރުވެރިން އާދެއެވެ. ކަޝްމީރަކީ އިންޑިޔާގެ އަވަށެކެވެ.
ޕާކިސްތާނުގެ ޓެރަރިސްޓު ޖަމާއަތަކުން އިންޑިޔާއަށް މިދިން ހަމަލާގެ ސަބަބުން، ޕާކިސްތާނުން ކަޝްމީރުގައި އަމާންކަން ގާއިމުވެފައި އޮންނަތަން ދެކެން ބޭނުންނުވާކަން ސާފުކޮށް އެނގިގެން ދިޔައެވެ. މި ހަމަލާއާ ގުޅިގެން ޓެރަރިޒަމާއި ދެކޮޅަށް ކަޝްމީރުގެ މުސްލިމް އަޣްލަބިއްޔަތު އޮންނަ ސަރަހައްދުތަކުގައި ބޮޑެތި އިހުތިޖާޖުތައް ޕާކިސްތާނާއި ދެކޮޅަށް ކުރަމުންދެއެވެ. މިކަމުގައި ކަޝްމީރުގެ ހުރިހާ ސިވިލް ސޮސައިޓީތަކާއި، ސިޔާސީ ޕާޓީތައް ވަނީ އެއްގަލަކަށް އަރާފައެވެ. އަދި ޓެރަރިޒަމްއާ ދެކޮޅުކަން ވަނީ ހާމަކޮށްފައިވެއެވެ.
މީގެ ކުރިން ޕާކިސްތާނުން އިންޑިޔާގައި ހަމަ ނުޖެހުން އުފެއްދުމަށް ކަޝްމީރުގައި ދިރިއުޅޭ މުސްލިމުންނަށް ފައިސާއާއި، ހަތިޔާރު ދީގެން އިންޑިޔާގެ ސަރުކާރާއި ދެކޮޅުވުމަށް އެކި ހަރަކާތްތައް ވަނީ ހިންގާފައެވެ. ނަމަވެސް މިކަންކަން ވަނީ ބޮޑުތަނުން ފެއިލެވެފައެވެ.
އާޓިކަލް 370 އުވާލުމަށްފަހު ކަޝްމީރުގައި ދިރިއުޅުން އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަމުން އައިސްފައިވެއެވެ. އަދި ލޯކަލް ޓެރަރިސްޓުންގެ ރެކްރޫޓްމެންޓް ވަނީ އެންމެ ދަށް މިންވަރަށް ވަނީ ވެއްޓިފައެވެ. އިންޑިޔާ ރައްޔިތުން، ނުވަތަ ކަޝްމީރުގެ އެއްވެސް ރައްޔިތަކު ޕާކިސްތާނުން ހިންގަން ބޭނުންވާ އަދާވާތްތެރި ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިވުން ހުއްޓާލުމުން، މިކަމަށް ރައްދުދިނުމުގެ ގޮތުން، ޕާކިސްތާނުން ވަނީ ރަހުމްކުޑަކޮށް 26 މީހުންގެ ގަޔަަށް ބަޑިޖަހައި ކަޝްމީރުގެ އޮތް އަމާން ކަން އެއްކޮށް ނަގާލާފައެވެ.
މި ހަމަލާގެ މަޤްޞަދަކީ ފަހަކަށްއައިސް ކަޝްމީރުގައި ބޭއްވުނު އަމާން އިންތިޚާބު ފަހުން ސަރަހައްދަށް އަންނަމުންދިޔަ ހަމަޖެހުން ނައްތާލުމެވެ. އަދި ކަޝްމީރުގެ ރައްޔިތުން ޓުއަރިޒަމުން ނަފާހޯދައި، ކަޝްމީރުގެ މުސްލިމުން އިންޑިޔާގެ ރައްޔިތުންގެ ގޮތުގައި ތިބެ ކުރިއަރައި ދާތަން ބަލަން ޕާކިސްތާނަށް ކެތް ނުވެގެންނެވެ.
މީގެ ކުރިންވެސް ޕާކިސްތާނުން މިފަދަ ގިނަގުނަ އުކުޅުތައް ބޭނުންކޮށްފައިވެއެވެ. މާރިޗު 2000 ގައި، އެމެރިކާގެ ރައީސް ކްލިންޓަން އިންޑިއާއަށް ކުރި ރަސްމީ ޒިޔާރަތެއްގެ ތެރޭގައި، ޖައްމޫ އަދި ކަޝްމީރުގެ ޗިޓްސިންޕުރާގައި ހިންގި ޓެރަރިސްޓް ހަމަލާއެއްގައި 35 އިންޑިއާ ރައްޔިތުން މަރުވިއެވެ. ޕަހަލްގާމްގެ މި ހަމަލާ ދީފައިވަނީ އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވާންސް އިންޑިއާއަށް ކުރަމުންދިޔަ ރަސްމީ ދަތުރެއްގެ މެދުތެރޭގައެވެ.
މި ހަމަލާގެ ޒިންމާ ނަގާފައިވާ ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކީ ޕާކިސްތާނުގެ މިލިޓަރީ އިން އެކި ކަހަލަ ހައްދުފަހަނަ އެޅި އޮޕަރޭޝަންތަން ހިންގަން ބޭނުންކުރާ ޓެރަރިސްޓް ސެލް އެކެވެ. މިފަދަ ހަމަލާއެއް އެއްވެސް ބަޔަކަށް ދިނުމަކީ އިސްލާމް ދީން ކަނޑައެޅިގެން ނަހީ ކުރައްވާފައިވާ ކަމެކެވެ. މި ހަމަލާގެ ސަބަބުން މަރުވި ފަރާތްތަކުގެ ތެރޭގައި މުސްލިމަކުވެސް ހިމެނެއެވެ.