މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް އިތުބާރު ނުކުރާކަަމަށް ބުނެ އާއިލާއިން ދެއްކި ވާހަކަތަކަށް ކޮމިޝަނަށް މުއިއްޒު އައްޔަންކޮށްފައިވާ ޑރ. މުނައްވަރު ރައްދު ދެއްވައިފިއެވެ.
ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނުގެ އާއިލާއަށް ރައްދު ދެއްވަމުން މުނައްވަރު ވިދާޅުވީ ކޮމިޝަނަށް އާއިލާއިން އިތުބާރުކުރާން ނުޖެހޭ ކަމުގައެވެ. އޭގެ ހެއްކެއްގެ ގޮތުގައި މުނައްވަރު ވިދާޅުވީ މިއުސޫލުން މިހާތަނަށް އުފެއްދި އެއްވެސް ކޮމިޝަނަކުން ނަތީޖާ ނެރެވިފައި ނުވާތީއެވެ. އަދި މުނައްވަރު ވިދާޅުވީ އިތުބާރު ކުރާންވީ ދައުލަތުގެ މުވައްސަސާތަކަށް ކަމަށާއި, އެހެންނަމަވެސް ކޮމިޝަން އުފައްދަން ޖެހެނީ ދައުލަތުގެ މުވައްސަސާތަކަށް އިތުބާރު ނުކުރެވިގެން ކަމުގައެވެ.
އޭގެ އިތުރަށް މުނައްވަރު ވިދާޅުވީ, މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު ޔުމްނުގެ މައްސަލައަށް ނުފޫޒު ފޯރުވާފައިވާކަމަށް އަދި ދެންނެވެން ނެތްކަމުގައެވެ. އެކަން ކަށަވަރު ކުރެވިގެންދާނީ ތަހުގީގަށް ފަހުގައިކަމަށްވެސް މުވައްވަރު ވިދާޅުވިއެވެ.
މުނައްވަރު ޔުމްނުގެ ހާދިސާ ތަހުގީގުކުރާ ކޮމިޝަނަށް އައްޔަން ކުރުމުން ގިނަބައެއްގެ ފާޑުކިއުންވަނީ އަމާޒު ވެފައެވެ. ޑރ. މުވައްވަރަކީ, ރުންކުރު, އަދި މުޅި ދުވާލު ނިދާ, ކަންނެތް މީގެއްގެ ގޮތުގައި ގިނަ ބަޔަކު މޭރުންކުރެއެވެ. އަދި އޭނާއަކީ އާންމުކޮށް ރާބޯ މީހެއްކަމަށްވެސް ގިނަބަޔަކު ތުހުމަތު ކުރެއެވެ.
އާންމުންގެ މެދުގައި އިތުބާރު ގެއްލިފައިވާ, މުޠުލަގަށް ދޮގުހަދާ ސިޔާސީ މީހަކު މި ކޮމިޝަނަށް މުއިއްޒު އައްޔަން ކުރުމުން މުއިއްޒުގެ އިޚްލާސްތެރިކަމާމެދުވެސް ގިނަބަޔަކުވަނީ ސުވާލު އުފައްދާފައެވެ. ގިނަ ބަޔަކު ބުނަމުން ދަނީ, ޑރ. މުނައްވަރު މި ކޮމިޝަނަށް އައްުޔަންކުރީ މައްސަލާއިގެ ހަގީގަތް އޮޅުވާލާ, މިމައްސަލަ އޮއްބާލުމަށް މަސައްކަތް ކުރަމުންދާ ދެ ވަޒީރުންކަމަށްވާ ޓްރާންސްޕޯޓު އަމީންއާއި ހޯމް މިނިސްޓަރ އިހުސާގެ ކުށެއް ނެތްކަން ސާބިތު ކުރުމަށް ކަމުގައެވެ.
ޔުމްނުގެ އާއިލާއިން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށެވެ.
ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދޭ މުހައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރިޔާސީ ކޮމިޝަން އުފެއްދީ އާއިލާއާ މަޝްވަރާކޮށްފައި ނޫން ކަމަށާއި އެ ކޮމިޝަން މެދުވެރިކޮށް ޔުމްނުއަށް އިންސާފު ލިބިދާނެ ކަމަށް އިތުބާރު ނުކުރާ ކަމަށެވެ.
ނަމަވެސް ޔުމްނުއަށް އިންސާފު ހޯދަން ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެ ކަމަށް މުއުމިން ބުންޏެވެ.
ޔުމްނުއަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން އިތުރު ފަރުވާ އަށް މެލޭޝިއާގައި މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ. އެގޮތުން ޔުމްނުގެ ކަނދުރާއާ ދިމާލުން މައިބަދައިގެ ސީ-7 ކަށިގަނޑުގައި ރެނދެއް ލާފައިވާ ކަމަށާއި އެކަމާ ގުޅިގެން އިއްޔެ ކުރި ސާޖަރީ ވަރަށް ކާމިޔާބު ކަމަށް އާއިލާ އިން ބުނެ އެވެ.
ޔުމްނުގެ އާއިލާ އިން ބުނީ މި ފަދަ ނުރައްކާތެރި އޮޕަރޭޝަނެއް ދެން އޭނާ ކުރަން ނުޖެހޭނެ ކަމަށާއި، ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޔުމްނުއަށް އިށީނދެ އިނދެވޭނެ ކަމަށެވެ.
ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލައިގައި އެރޭ އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލް، ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ޔުމްނު ވެއްޓުމުގެ ކުރިން ރައުދުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ކަމަކާއި ގުޅިގެން ހިނގި ހަމަނުޖެހުންތަކެއް ކަމެއް ބުނެފައެއް ނުވެ އެވެ.
އަދި މި ހާދިސާއަށް ފަހު، އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ސުވާލު ކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.