މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދާފައިވާ ރިޔާސީ ކޮމިޝަނެއް އުފެއްދެވި ސަބަބުން އެނގިވަޑައި ނުގަންނަވާ ކަމަށާއި, އެ ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒުއަށް ކަމަށް ރިޔާސީ ކޮމިޝަންގެ ރައީސްކަމަށް މުއިއްޒު އައްޔަން ކޮށްފައިވާ ޑރ. މުނައްވަރު ވިދާޅުވެއްޖެއެވެ.
މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުނައްވަރު ވިދާޅުވީ ކޮމިޝަންގެ މަގުސަދު މިހާތަނަށް އައިއިރުވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ ދެއްވާފައި ނުވާކަމަށާއި, ކޮމިޝަންގެ އުފެއްދެވި ސަބަބުން އެނގިވަޑައިގަންނަވާނީ ރައީސުލްޖުމޫހޫރިއްޔާއަށް ކަމުގައެވެ.
އަދި މުނައްވަރު ވިދާޅުވީ, ކޮމިޝަންގައި ހިމެނޭ ބޭފުޅުން ކޮމިޝަނަށް އައްޔަން ކޮށްފައިވަނީ ކޮން ހައިސިއްޔަތަކުން ކަމެއްވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ކޮމިޝަންގައި ހިމެނޭ ބޭފުޅުންގެ އެކްސްޕަޓީސް ބޭނުންވާ މިންވަރެއްވެސް އެނގިވަޑައިގެންފައި ނުވާކަމަށްވެސް މުނައްވަރުވެސް އަދި ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ޑރ. މުރާދުވެސް ވިދާޅުވެފައި ވެއެވެ. ދެބޭފުޅުންވެސް ވިދާޅުވެފައިވަނީ ކޮމިޝަނަށް އައްޔަން ކުރެއްވިއިރު, އައްޔަން ކުރައްވަނީ ކޮން ހައިސިއްޔަތަކުން ކަމެއްވެސް އެއްވެސް ފަރާތަކުން ވުދާޅުވެދެއްވާފަވެސް ނުވާކަމުގައެވެ.
ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ކޮމިޝަން އުފެއްދިތާ ހަފްތާއެއް ވެގެންދިޔައިރުވެސް ކޮމިޝަން އުފެއްދި ސަބަބެއް އެނގިވަޑައި ނުގަންނަވާކަމަށް ޑރ. މުނައްވަރު ވިދާޅުވުމުން ގިނަބައެއްގެ ފާޑުކިއުން އަނެއްކާވެސް ޑރ. މުވައްރަށް ވަނީ އަމާޒު ވެގެން ގޮސްފައެވެ. އަދި އޭނާގެ ބެލުމުގެ ދަށުން އެކޮމިޝަން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކޮށްފާނެތޯވެސް ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނުގެ އާއިލާއަށް ރައްދު ދެއްވަމުން ކޮމިޝަނަށް އާއިލާއިން އިތުބާރުކުރާން ނުޖެހޭކަމަށްވެސް މުނައްވަރު ވިދާޅުވެފައިވެއެވެ. އޭގެ ހެއްކެއްގެ ގޮތުގައި މުނައްވަރު ވިދާޅުވީ މިއުސޫލުން މިހާތަނަށް އުފެއްދި އެއްވެސް ކޮމިޝަނަކުން ނަތީޖާ ނެރެވިފައި ނުވާތީއެވެ. އަދި މުނައްވަރު ވިދާޅުވީ އިތުބާރު ކުރާންވީ ދައުލަތުގެ މުވައްސަސާތަކަށް ކަމަށާއި, އެހެންނަމަވެސް ކޮމިޝަން އުފައްދަން ޖެހެނީ ދައުލަތުގެ މުވައްސަސާތަކަށް އިތުބާރު ނުކުރެވިގެން ކަމުގައެވެ.
އޭގެ އިތުރަށް މުނައްވަރު ވިދާޅުވީ, މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު ޔުމްނުގެ މައްސަލައަށް ނުފޫޒު ފޯރުވާފައިވާކަމަށް އަދި ދެންނެވެން ނެތްކަމުގައެވެ. އެކަން ކަށަވަރު ކުރެވިގެންދާނީ ތަހުގީގަށް ފަހުގައިކަމަށްވެސް މުވައްވަރު ވިދާޅުވިއެވެ.
މުނައްވަރު ޔުމްނުގެ ހާދިސާ ތަހުގީގުކުރާ ކޮމިޝަނަށް އައްޔަން ކުރުމުން ގިނަބައެއްގެ ފާޑުކިއުންވަނީ އަމާޒު ވެފައެވެ. ޑރ. މުވައްވަރަކީ, ރުންކުރު, އަދި މުޅި ދުވާލު ނިދާ, ކަންނެތް މީގެއްގެ ގޮތުގައި ގިނަ ބަޔަކު މޭރުންކުރެއެވެ. އަދި އޭނާއަކީ އާންމުކޮށް ރާބޯ މީހެއްކަމަށްވެސް ގިނަބަޔަކު ތުހުމަތު ކުރެއެވެ.
އާންމުންގެ މެދުގައި އިތުބާރު ގެއްލިފައިވާ, މުޠުލަގަށް ދޮގުހަދާ ސިޔާސީ މީހަކު މި ކޮމިޝަނަށް މުއިއްޒު އައްޔަން ކުރުމުން މުއިއްޒުގެ އިޚްލާސްތެރިކަމާމެދުވެސް ގިނަބަޔަކުވަނީ ސުވާލު އުފައްދާފައެވެ. ގިނަ ބަޔަކު ބުނަމުން ދަނީ, ޑރ. މުނައްވަރު މި ކޮމިޝަނަށް އައްުޔަންކުރީ މައްސަލާއިގެ ހަގީގަތް އޮޅުވާލާ, މިމައްސަލަ އޮއްބާލުމަށް މަސައްކަތް ކުރަމުންދާ ދެ ވަޒީރުންކަމަށްވާ ޓްރާންސްޕޯޓު އަމީންއާއި ހޯމް މިނިސްޓަރ އިހުސާގެ ކުށެއް ނެތްކަން ސާބިތު ކުރުމަށް ކަމުގައެވެ.
ޔުމްނުގެ އާއިލާއިން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށެވެ.