ޚަބަރު

ކޮމިޝަންގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވުމަށް, ނައިބު ރައީސްގެ އާއިލީ ބޭފުޅަކުވެސް ކޮމިޝަން ހިމަނުއްފާވައިވާކަން ހާމަވެއްޖެ! މައްސަލައަށް ސިޔާސީ ނުފޫޒު ފޯރުވޭނެ ހުރިހާމަގެއް މުއިއްޒު ވަނީ ފަހިކޮށްފަ!

ދިޔަވަރު
ކޮމިޝަންގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރުވުމަށް, ނައިބު ރައީސްގެ އާއިލީ ބޭފުޅަކުވެސް ކޮމިޝަން ހިމަނުއްފާވައިވާކަން ހާމަވެއްޖެ! މައްސަލައަށް ސިޔާސީ ނުފޫޒު ފޯރުވޭނެ ހުރިހާމަގެއް މުއިއްޒު ވަނީ ފަހިކޮށްފަ!

މިމަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު 21، ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދާފައިވާ ރިޔާސީ ކޮމިޝަންގައި ސިޔާސީ ފަރާތްތައް ހިމެނުމުގެ އިތުރުން އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ މަގުސަދުގައި, ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ އާއިލީ ބޭފުޅަކު ކޮމިޝަންގައި ހިމަނުއްވާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ, ރިޔާސީ ކޮމިޝަންއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ކޮމިޝަންގެ މެމްބަރުން ދެއްވި ޖަވާތަކުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުންގެ ކިބައިން ނޫސްވެރިއަކު އެދުނީ އެކޮމިޝަންގެ މެމްބަރުންނަކީ ރައީސް މުއިއްޒުއާއި ނުވަތަ ސަރުކާރުގެ އެންމެ އިސް ފަރާތްތަކާއި އެއްވެސް އާއިލީ ގުޅުމެއް އޮތް ފަރާތްތަކެއްތޯ ވިދާޅުވެ ދެއްވުމަށެވެ.

އެ ސުވާލުގެ ޖަވާބުގައި, ކޮމިޝަނަށް މުއިއްޒު އައްޔަން ކުރައްވާފައިވާ އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް ވިދާޅުވެފައިވަނީ އޭނާއަކީ މިހާރުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ އަނބިކަބަލުންނާއި އޭނާގެ މަންމަ ފަރާތުން އާއިލީ ގުޅުން އޮތް ބޭފުޅެއް ކަމުގައެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް ކޮމިޝަންގައި މިހާރު ހިމެނިވަޑައިގަންނަވަނީ މުނައްވަރާއި އަހުމަދު މުހައްމަދުގެ އިތުރުން، ޑރ. މޫސާ މުރާދާއި ޖަބީން މުޙައްމަދާއި އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސްއެވެ.

އީނާސްއަކީ ރައީސް ޔާމިންގެ ވެރިކަމުގައި, ހުސަައިން މުހައްމަދު ލަތީފްގެ ނުފޫޒުން އޭރު އެޗްއާރުސީއެމްއަށް އައްޔަން ކުރި ފަރާތެކެވެ. އޭރު ކޮމިޝަންގައި ހުންނަވައިގެންވެސް އޭނާވަނީ, ރައީސް ޔާމިންގެ ވެރިކަމުގައި ހިނގައިދިޔަ އެތައް މައްސަލައަކަށް ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައެވެ.

ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނުގެ އާއިލާއަށް ރައްދު ދެއްވަމުން މުނައްވަރު ވިދާޅުވީ ކޮމިޝަނަށް އާއިލާއިން އިތުބާރުކުރާން ނުޖެހޭ ކަމުގައެވެ. އޭގެ ހެއްކެއްގެ ގޮތުގައި މުނައްވަރު ވިދާޅުވީ މިއުސޫލުން މިހާތަނަށް އުފެއްދި އެއްވެސް ކޮމިޝަނަކުން ނަތީޖާ ނެރެވިފައި ނުވާތީއެވެ. އަދި މުނައްވަރު ވިދާޅުވީ އިތުބާރު ކުރާންވީ ދައުލަތުގެ މުވައްސަސާތަކަށް ކަމަށާއި, އެހެންނަމަވެސް ކޮމިޝަން އުފައްދަން ޖެހެނީ ދައުލަތުގެ މުވައްސަސާތަކަށް އިތުބާރު ނުކުރެވިގެން ކަމުގައެވެ.

އޭގެ އިތުރަށް މުނައްވަރު ވިދާޅުވީ, މިސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރު ޔުމްނުގެ މައްސަލައަށް ނުފޫޒު ފޯރުވާފައިވާކަމަށް އަދި ދެންނެވެން ނެތްކަމުގައެވެ. އެކަން ކަށަވަރު ކުރެވިގެންދާނީ ތަހުގީގަށް ފަހުގައިކަމަށްވެސް މުވައްވަރު ވިދާޅުވިއެވެ.

މުނައްވަރު ޔުމްނުގެ ހާދިސާ ތަހުގީގުކުރާ ކޮމިޝަނަށް އައްޔަން ކުރުމުން ގިނަބައެއްގެ ފާޑުކިއުންވަނީ އަމާޒު ވެފައެވެ. ޑރ. މުވައްވަރަކީ, ރުންކުރު, އަދި މުޅި ދުވާލު ނިދާ, ކަންނެތް މީގެއްގެ ގޮތުގައި ގިނަ ބަޔަކު މޭރުންކުރެއެވެ. އަދި އޭނާއަކީ އާންމުކޮށް ރާބޯ މީހެއްކަމަށްވެސް ގިނަބަޔަކު ތުހުމަތު ކުރެއެވެ.

އާންމުންގެ މެދުގައި އިތުބާރު ގެއްލިފައިވާ, މުޠުލަގަށް ދޮގުހަދާ ސިޔާސީ މީހަކު މި ކޮމިޝަނަށް މުއިއްޒު އައްޔަން ކުރުމުން މުއިއްޒުގެ އިޚްލާސްތެރިކަމާމެދުވެސް ގިނަބަޔަކުވަނީ ސުވާލު އުފައްދާފައެވެ. ގިނަ ބަޔަކު ބުނަމުން ދަނީ, ޑރ. މުނައްވަރު މި ކޮމިޝަނަށް އައްުޔަންކުރީ މައްސަލާއިގެ ހަގީގަތް އޮޅުވާލާ, މިމައްސަލަ އޮއްބާލުމަށް މަސައްކަތް ކުރަމުންދާ ދެ ވަޒީރުންކަމަށްވާ ޓްރާންސްޕޯޓު އަމީންއާއި ހޯމް މިނިސްޓަރ އިހުސާގެ ކުށެއް ނެތްކަން ސާބިތު ކުރުމަށް ކަމުގައެވެ.

ޔުމްނުގެ އާއިލާއިން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް އިތުބާރު ނުކުރާ ކަމަށެވެ.

ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދޭ މުހައްމަދު މުއުމިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރިޔާސީ ކޮމިޝަން އުފެއްދީ އާއިލާއާ މަޝްވަރާކޮށްފައި ނޫން ކަމަށާއި އެ ކޮމިޝަން މެދުވެރިކޮށް ޔުމްނުއަށް އިންސާފު ލިބިދާނެ ކަމަށް އިތުބާރު ނުކުރާ ކަމަށެވެ.

ނަމަވެސް ޔުމްނުއަށް އިންސާފު ހޯދަން ކުރަމުންދާ މަސައްކަތުގައި ދެމިތިބޭނެ ކަމަށް މުއުމިން ބުންޏެވެ.