ޚަބަރު

ދެން މުޒާހަރާ ނުކުރެވޭ ވަރަށް އަނިޔާކުރުމަށާއި، އަދި 7 ދުވަސްފަހުން މުޒާހަރާ ކުރިއަށް ގެންގޮސްފިނަމަ، ހައްޔަރު ކުރުމަށް މުއިއްޒު އެންގި: ހޯމް މިނިސްޓްރީ އޮފިޝަލެއް

ދިޔަވަރު
ދެން މުޒާހަރާ ނުކުރެވޭ ވަރަށް އަނިޔާކުރުމަށާއި، އަދި 7 ދުވަސްފަހުން މުޒާހަރާ ކުރިއަށް ގެންގޮސްފިނަމަ، ހައްޔަރު ކުރުމަށް މުއިއްޒު އެންގި: ހޯމް މިނިސްޓްރީ އޮފިޝަލެއް

ދުވަހަކުވެސް ދެން މުޒާހަރާ ނުކުރެވޭ ވަރަށް އަނިޔާކުރުމަށާއި، އަދި 7 ދުވަސްފަހުން މުޒާހަރާ ކުރިއަށް ގެންގޮސްފިނަމަ، ހައްޔަރު ކުރުމަށް މުއިއްޒު އެންގި ކަމަށް ހޯމް މިނިސްޓްރީ އޮފިޝަލެއް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.

މުއިއްޒު އެންގި ގޮތަށް 7 ދުވަސް ފަހުން އަނިޔާވެރި ކަމާއި އެކު މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށް ބާރުގެ ބޭނުންކޮށް މުޒާހަރާ ލީޑުކުރާ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، މުއިއްޒު ވަނީ ޔުމްނުގެ އާއިލާގެ ފަރާތްތައްވެސް ހައްޔަރު ކުރުމަށް އަމުރު ކޮށްފައެވެ.

ނަމަވެސް ފުލުހުންގެ ފަރާތުން އެކަން އާންމުންނަށް އެނގި ސޯޝަލް މީޑިޔާގައި މިރޭ އެވާހަކަ ދެކެވުމުން އާއިލާގެ ފަރާތްތައް ހައްޔަރު ނުކޮށް، ހައްޔަރު ކޮށްފައިވަނީ މުޒާހަރާގެ އިސް ފަރާތްތަކެވެ.

ރައީސް މުއިއްޒު އަކީ ރާއްޖޭގެ ޑިމޮކްރަސީ ނެތް އިރު، 30 އަހަރު ވެރިކަމުގައި ޒުވާނުންނަށް މުޒާހަރާ ތަކުގައި ނުކުރާ ވަރުގެ އަނިޔާ ކުރަން ފަށާފައިވާ އަނިޔާވެރި ޚުދުމުހުތާރު، އަދި މުޅި ދިރިއުޅުމާއި، ސިޔާސީ ހަޔާތް ރައްޔިތުންގެ ފައިސާއިން ވައްކަން ކޮށް، ރައްޔިތުންނަށް އޮޅުވާލައި ދޮގު ހެދުމުގައި ހައްދު ފަހަނައަޅާ ގޮސްފައިވާ އަނިޔާވެރި މުޖުރިމެކެވެ.

ފުލުހުންނަށް ޢައިރު ޤާނޫނީ އަމުރު ކޮށްފައިވަނީ މުއިއްޒުއެވެ. ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ތެރެއިން %90 މީހުން ތިބީ މުއިއްޒުގެ ވެރިކަން ނިމުމަކަށް އައުން ލަސްވެފައެވެ. މުއިއްޒުގެ އަނިޔާވެރިކަމާއި، ވައްކަމާއި ކޮރަޕްޝަނާއި، ދައުލަތް ލޫޓުވުމުގެ ސަބަބުން އޭގެ އަސަރު ފުލުހުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ރައްޔިތުންނެއް ދަނީ ތަހައްމަލު ކުރަމުންނެވެ.