ޚަބަރު

މުއިއްޒުގެ އަމުރަށް ފުލުހުން އަނިޔާކުރި ޒުވާނާއަށް އަދިވެސް ދަނީ ހޮސްޕިޓަލްގަ ފަރުވާ ދެމުން, ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލާން ޖެހިދާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފަ

ދިޔަވަރު
މުއިއްޒުގެ އަމުރަށް ފުލުހުން އަނިޔާކުރި ޒުވާނާއަށް އަދިވެސް ދަނީ ހޮސްޕިޓަލްގަ ފަރުވާ ދެމުން, ހާލު ސީރިއަސްވެ ވެންޓިލޭޓަރަށް ލާން ޖެހިދާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފަ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިޔަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފި އެވެ.

ރާއްޖެއެމްވީއަށް މައުމޫލާތުލިބިފައިވާ ގޮތުގައި ފަރުވާ ދެމުންދަނީ އަސްލަމް އަބްދުއްރަހްމާން އަށެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ޕެޕަރސްޕްރޭ ޖެހުމުގެ ސަބަބުން އޭނާގެ ބޮލަށް އެނބުުރުން އަރައި، ހޭނެތުނު ކަމަށާއި އަދިވެސް އެއްކޮށް ހާލު ރަނގަޅު ނޫން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަދި އިތުރު ފަރުވާއަށް ވެންޓިލޭޓަރަށް ލާންޖެހިދާނެ ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މިމުޒާހަރާގެ ތެރެއިން ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލަން އުޅުމުގެ ތެރޭގައި އެކި ފަރާތްތަކަށް އަނިޔާވެފައިވެ އެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަބްދުﷲ މަހްޒޫމް މާޖިދު އަދި އައިޝަތު ޝިމަން އަހްމަދަށްވެސް އެކިވަރުގެ އަނިޔާ ވަނީ ލިބިފައެވެ.

ފުލުހުން ބުނެފައިވަނީ މުޒާހަރާ ރޫޅާލީ އާންމު ރައްޔިތުންގެ ދިރިއުޅުމަށާއި ދަރިވަރުންގެ ތައުލީމީ މަސްލަހަތަށް ރިއާޔަތްކޮށް، ގާނޫނީ އިންޒާރުތަކަށްފަހު ކަމަށެވެ.

އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. ނަމަވެސް ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ މުޒާހަރާގެ ބައިވެރިންނަށް ކުރިން އެންގުމަކާއި ނުލައި މިގޮތަށް ވަނުމުން ގިނަ ބަޔަކު ދަނީ ފުލުހުންގެ މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.