ޚަބަރު

ހަތިމް ނަގައި، ދޮގު ހުވާ ކުރަން ވެސް މުއިއްޒު ހުރީ ތައްޔާރަށް ކަމަށް ބުނެފި

ދިޔަވަރު
ހަތިމް ނަގައި، ދޮގު ހުވާ ކުރަން ވެސް މުއިއްޒު ހުރީ ތައްޔާރަށް ކަމަށް ބުނެފި

ނޫސްވެރިންގެ ބައްދަލުވުމުގެ ނަމުގައި މިއަދު 2 ގަޑި އިރަށް ބޭއްވި ޕްރެޒެންޓޭޝަންގައި ސުޕްރީމް ކޯޓަށް ނުފޫޒު ނުފޯރުވާ ކަމަށް ވިދާޅުވެ، ހަތިމް ނަގައި އެކަމާއި ހުވާކުރަން ހުރި ކަމަށް ބުނެ ދޮގު ހުވާ ކުރަންވެސް ތައްޔާރަށް ހުރި ކަމަށް މުއިއްޒު ހާމަ ކުރައްވައިފިއެވެ.

މުއިއްޒު ހިންގާ އަނިޔާ އާއި، ޖަރީމާތައް ފޮރުވަން ހަތިމް ނަގައި ދޮގު ހުވާ ކުރަން ޖެހިލުން ނުވާ މީހަކު ރާއްޖޭގެ ވެރިކަމުގައި ހުރުމަކީ، ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ސަލާމަތް ކަމެއް ނެތްކަމާއި، ދޮގު މައްޗަށް ދޮގު ހަދައި، އެ ދޮގު ދިފާޢު ކުރަން މީހާ މުރުތައްދުވެގެން ދާ ހިސާބަށް ދާން ތައްޔާރަށް ހުރިކަން އެނގިގެން ދާ ކަމެކެވެ. އެހެންކަމުން ދިވެހިންގެ ފުރާނައާއި، މުދަލާއި، ނަފްސުގެ ރައްކާތެރިކަން މިރާއްޖޭގައި މިވަގުތު މިއޮތީ ގެއްލިފައެވެ.

ހުސްނުއްސުއޫދު އާއި އަޒްމިރަލްޑާ އާއި، މަހާޒް ގާޒީ ކޯޓުން ވަކިކޮށް ސުޕްރީމް ކޯޓް މުއިއްޒު ހައިޖެކް ކޮށްފައިވަނީ މުއިއްޒަށް އެނގިވެސް ނުލައެވެ.


"ހުސްނުއްސުއޫދު ބުނެފިއްޔާ އެ ވާނީ ތެދަކަށްތޯ. ކޮން ހަމަޔަކުންތޯ. އަޒްމިރަލްދާ ވިޔަސް ދެން އެހެން ބޭފުޅެއްވިޔަސް. އެބޭފުޅުން ބުނީމަ ތެދަކަށްވެފަ އަޅުގަނޑުމެން ބުނީމަ ތެދަކަށް ވަންޏާ އެއީ ކިހިނެތްވާ ކަމެއްތޯ،"

މުއިއްޒު މުތުލަގަށް ދޮގު ހަދަމުން ކައްޒާބުކަން މުޅި ޤައުމަށް ދައްކަމުން ވިދާޅުވިއެވެ.

މުޅި މީހާ ތުރުތުރު އަޅަމުން، ދޫ އޮޅި، މުޅި މީހާގެ މޫނާއި ހަށިގަނޑުން މިހަދަނީ ކަނޑައެޅިގެން ދޮގު މައްޗަށް ދޮގު ކަން ފާޅުކޮށް ސާފުކޮށް ފެންނަ ހާލު، "މިހާރު ހަތިމް ގެނެސް ދެއްވިއަސް އަޅުގަނޑު ހުވާ ކުރައްވާނަމޭ! ނުފޯ، ނުފޯރުވަމޭ ނުފޫޒެއް" މުއިއްޒު ވިދާޅުވިއެވެ.

ފަނޑިޔާރުންނާއި ދެކޮޅަށް، މަޖިލީހަށް ބިލް ފޮނުވީ ރައީސް މުއިއްޒު އެވެ. ރަސްމީކޮށް އެކަން ކުރީ މުއިއްޒުއެވެ. މަޖިލީހުގެ ލިޔެ ކިޔުންތަކުން ވެސް އެއޮތީ އެކަން ފެންނާށެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރު ޖޭއެސްސީ އިން ބަދަލުކޮށް އޭނާ ލައްވައި ނެތް މައްސަލަ އެއް އުފަދައިގެން، ޖޭއެސްސީގެ ބާކީ ތިބި ފަރާތްތަކަށް ރިޝްވަތު ދިނީވެސް ސީދާ މުއިއްޒުއެވެ. އޭސީސީ ލައްވައި ނެތް މައްސަލައެއް އޮތްކަމަށް ބުނެ ލިޔުމެއް އުފެއްދީވެސް ސީދާ މުއިއްޒު ބުނެގެންނެވެ. މިހިސާބުން ނިމުނީކީއެއް ނޫނެވެ. މުއިއްޒު އަންގައިގެން ވަކިވަކި ފަނޑިޔާރުންނަށް ގުޅައި، ބައްދަލުކޮށް އޭނާ ބޭނުންވާ ގޮތަށް ކޯޓުން ހުކުން ނެރުމަށް އަންގާފައިވާކަން އެ ފަނޑިޔާރުން އެބަ ހާމަ ކުރެއެވެ.

ނަމަވެސް، ކައްޒާބަށް ދޮގު ހެދުން ނޫން ކަމެއް ދަސްވެފައި ނެތުމުން، ދޮގު މައްޗަށް ދަނީ ދޮގު ހަދަމުންނެވެ. ރައީސް މުއިއްޒު ދޮގު މައްޗަށް ދޮގު ހަދާ ވާހަކަ ހުރިހާ ކެބިނެޓް މިނިސްޓަރުންވެސް ދައްކައެވެ.