ޚަބަރު

މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިނުގަންނަވާނެ! އާދޭސް ކޮށްގެން އަންނަނީ އެންމެ ގައުމެއްގެ ވެރިއަކު!

ދިޔަވަރު
މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިނުގަންނަވާނެ! އާދޭސް ކޮށްގެން އަންނަނީ އެންމެ ގައުމެއްގެ ވެރިއަކު!

އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވުމަށް މި މަހުގެ 17 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިނުގަންނަވާނެކަން އެނގިއްޖެ އެވެ.

އަޅުގަނޑުމެން ކުރިން ރިޕޯޓް ކޮށްފައިވާ ގޮތުން އެއްވެސް ޤައުމަކުން ހެޑް އޮފް ދަ ސްޓޭޓް އެއް (ވެރިއެއް) މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ނާންނާތީ ލަންކާގެ ހެޑް އޮފް ދަ ސްޓޭޓް ގެނައުމަށް ޕީޕީއެމް ތެރެއިން ދިޔައީ ލަންކާގެ ވެރިން ކައިރީ އާދޭސް ކުރަމުންނެވެ. އެންމެ ފަހުން މިހާރު ލަންކާއިން ހެޑް އޮފް ދަ ސްޓޭޓް ފޮނުވާނެ ކަމަށް ވަނީ ބުނެފައި!

އިންތިހާބީ ރައީސްގެ އޮފީހުން ވަނީ އެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު އަރުވާފައެވެ.

މޯދީއަށް ދައުވަތު ދިނުމަށް ފަހު، އިންތިހާބީ ރައީސްގެ އޮފީހުން ފަހުން ބުނެފައިވަނީ ދައުވަތު ދިނީ އަވަށްޓެރި ގައުމުތަކުގެ ވެރިންނަށް ދިން ދައުވަތުގައި ކަމަށާއި އެއީ ވަކި މޯދީ އަށް ދިން ހާއްސަ ދައުވަތެއް ނޫން ކަމަށެވެ.