އިއްޔެގެ ޕްރެސް ކޮންފެރަންސްގައި ހާމަ ކޮށްފައިވާ 1.2 މިލިއަން ރުފިޔާ އާރަށަށް ދިޔުމަށް ޚަރަދު ކޮށްފައިވާ ކަމަށް މުއިއްޒު ބުނެފައިވާ އިރު، މިއަދަދަކީ ހަމަ އެކަނި މުއިއްޒު އާރަށަށް ދިޔުމަށް ޚަރަދު ކުރެއްވި ވަރުކަން ޕްރެސް އިން ސާފުވިއެވެ.
ނަމަވެސް މި އަދަދަކީވެސް ސައްޙަ އަދަދެއްކަން ކަށަވަރު ނޫނެވެ. ރައީސް މުއިއްޒު އިއްޔެގެ ޕްރެސްގައި ތަކުރާރުކޮށް ދޮގު ހަދާފައިވާއިރު، އާރަށަށް މުއިއްޒު ކުރި ދަތުރުތަކާއި ގުޅިގެން މުއިއްޒު ހާމަ ކުރި ވާހަކަ ތަކާއި އަދަދުތަކާއި ދިމައެއް ނުވެއެވެ.
އާރަށަށް 116 ފަހަރު ވަޑައިގެންފައިވާނެ ކަމަށާއި، އޭގެ ތެރެއިން 85 ފަހަރު ގޮސްފަ ވަނީ ހަމައެކަނި ފުޓްބޯޅަ ކުޅެން 3 ގަޑި އިރަށް ކަމަށް ބުނެފައިވެއެވެ. އެހެން ކަމުން ހިތްހަމަ ޖައްސާލަން އާރަށަށް ގޮސްފައިވަނީ އެންމެ 31 ފަހަރުއެވެ. އާއިލާއާއެކު އާރަށަށް ވަޑައިގެންނެވީ 31 ފަހަރު ކަމަށްވެސް ސީދާ މުއިއްޒު ވިދާޅުވި އެވެ.
މި ދަތުރުތަކަށް ބޭނުންކުރި ލޯންޗުތަކުގެ ތެލަށް ދައުލަތުގެ ބަޖެޓުން 643،645ރ. ކަމަށް ރައީސް ވިދާޅުވި އެވެ. ދަތުރުތަކުގައި ކެއުމަށް މުލިއާގެ ބަދިގެއިން ހަރަދުކުރި ކަމަށް ރައީސް ވިދާޅުވީ 565،703ރ. ކަމަށެވެ.
3 ގަޑި އިރަށް ފުޓުބޯޅަ ކުޅުމަށް އާރަށަށް ދިޔަ 85 ފަހަރު ކެއުމަކަށް ވަގުތެއް ނުވާނެއެވެ. އެހެން ކަމުން ކެއުމަށް 565،703ރ. ޚަރަދު ކޮށްފައިވަނީ މުއިއްޒުގެ 31 ދަތުރަށެވެ. އެއީ ކޮންމެ ފަހަރަކު ކެއުމަށް 18،248.48ރ އެވެ. އަދި ފުޓުބޯޅަ ކުޅަ ނިމިގެން ބޮޑު ކެއުމެއް ކެއުމަކީވެސް ފުޓުބޯޅަ ކުޅައުޅޭ ފަރާތަކަށް ފަސޭހަކަމަކަށް ނުވާނެއެވެ.
ނޫނީ މުއިއްޒު އާއި މުއިއްޒުގެ އާއިލާ 31 ދަތުރުގައި، ކެއުމަށް ހަމަ ކޮންމެ ދަތުރެއްގައި ރައްޔިތުންގެ ފައިސާއިން 18،248.48ރ ޚަރަދު ކޮށްފައިވަނީއެވެ. ނަމަވެސް ބޮޑަށް ބެލެވެނީ މިކަމުގައިވެސް މުއިއްޒު ހަގީގީ އަދަދުތައް ހާމަ ކުރުމުގެ ބަދަލުގައި ދޮގު ހެދީ ކަމަށެވެ.