ސައުދީ ޕްރިންސް އެއް ކަމަށް ބުނެ ފޭކް މީހަކާއި މުއިއްޒު ބައްދަލުކޮށް، ރައީސް އޮފީހުގެ ވެބްސައިޓަށް ސައުދީ ޕްރިންސް އަކާއި ބައްދަލު ކުރިކަމަށް ބުނެ ޚަބަރު ލައިފިއެވެ.
ސައުދީއަށް މުއިއްޒުގެ ވެރިކަމުގައި ދެ ފަހަރު މަތިން ގޮސްފައިވާއިރު، ސައުދީގެ އެއްވެސް އިސް އޮފިޝަލެއް މުއިއްޒު އާއި ބައްދަލު ކޮށްފައި ނުވެއެވެ. ދެފަހަރުވެސް އެނބުރި އައީ ހުސް އަތާއެވެ. ދެ ދަތުރަކީވެސް އެ ޤައުމުގެ ސަރުކާރުން މުއިއްޒަށް ދައުވަތު ދިން ދަތުރެއް ނޫނެވެ. މުއިއްޒު ވަނީ އެމްބަސީ މެދުވެރިކޮށް ފުރަމާން ދަތުރެއް ސައުދީ އަށް ކުރުމަށް ބޭނުންވާ ކަމަށް ވެސް އަންގާފައެވެ. ނަމަވެސް މިކަމަށް އެ ޤައުމުން މުއިއްޒަށް އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ.
ކަން މިހެން ހުއްޓާ، ސައުދީ ޝާޚީ އާއިލާ އާއި އެއްވެސް ގުޅުމެއް ނެތް ފަރާތެއް ގެނެސް މުއިއްޒު ވަނީ އިއްޔެ ބައްދަލު ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއީ ކޮން އާރޓިސްޓެކެވެ. ޕްރިންސެއް ކަމަށް ހެދިގެން އުޅޭ މީހެކެވެ.
މުއިއްޒު ވަނީ މުޅި ކެބިނެޓްގެނެސް، ކެބިނެޓާއި އެންމެންނާއި ބައްދަލުކޮށް، ބޮޑު ހަފުލާއެއް ރައީސް އޮފީހުގައި ބާއްވާފައެވެ. މިކަމެއް ކޮށްފައިވަނީ ސައުދީ އެމްބަސީއަށްވެސް އަންގާ ނުލައެވެ.
މިއީ މި ހަފްތާ ތެރޭ މުއިއްޒު ބައްދަލު ކުރި ދެވަނަ ފޭކް ޕްރިންސްއެވެ. މީގެ ކުރިން ވަނީ ގަތަރުގެ ޕްރިންސެއް ކަމަށް ބުނެ ސްކޭމް ހިންގާ މީހަކާއި ވެސް މި ހަފްތާގައި ބައްދަލު ކޮށްފައެވެ.
އިންޖިނިއަރިންގ ކިޔަވައިގެން ހުރި މުއިއްޒު އަކީ ފޮރިން ރިލޭޝަން އާއި، ބައިނަލްއަޤްވާމީ ދުނިޔެއަށް ބީރައްޓެހި މީހެކެވެ. ސައުދީ އެމްބަސީއިން ވަނީ މުއިއްޒު ބައްދަލުކޮށްފައިވަނީ ކޮން ޕްރިންސްއެއްކަން ނޭނގިގެން ދިވެހި ސަރުކާރާއި މެދު ހިތްހަމަ ނުޖެހިގެން ސިޓީ ފޮނުވާފައި ކަމަށް މައުލޫމާތު ލިބެއެވެ.
އިހަށް ދުވަހު 14 ގަޑިއިރު ރައްޔިތުން ކުރިމަތީ ރޯ ބުހުތާނު ދޮގު ހައްދަވައިން ހުންނަވާފައި ދެން ޖެހިގެން އައި ދެ ދުވަހު މި ބައްދަލު ކުރީ ފޭކް ޕްރިންސުން ތަކަކާއިއެވެ. މުއިއްޒު މިހާރުވަނީ މުޅި ދުނިޔޭގައި ޖޯކަރަކަށް ވެފައެވެ.