ޚަބަރު

ރާއްޖެ ތަރައްޤީގައި ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ޔޫއޭއީ އިން ދީފި ކަމަށް ބުނެ، ޔޫއޭއީގެ ސަރުކާރާއި ގުޅުވައި މުއިއްޒުގެ ސަރުކާރުން ދޮގު ހަދައިފި

ދިޔަވަރު
ރާއްޖެ ތަރައްޤީގައި ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ޔޫއޭއީ އިން ދީފި ކަމަށް ބުނެ، ޔޫއޭއީގެ ސަރުކާރާއި ގުޅުވައި މުއިއްޒުގެ ސަރުކާރުން ދޮގު ހަދައިފި

ރާއްޖެ ތަރައްޤީގައި ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ޔޫއޭއީ އިން ދީފި ކަމަށް ބުނެ، ޔޫއޭއީގެ ސަރުކާރާއި ގުޅުވައި މުއިއްޒުގެ ސަރުކާރުން ދޮގު ހަދައި، ދެ ޤައުމުގެ ގުޅުމަށް ބުރޫ އަރުވައިފިއެވެ. ބޭރު ޤައުމުތަކާއި ގުޅޭ ގޮތުން ރައީސް މުއިއްޒު ދައްކަވާ ވާހަކައާއި، އެ ޤައުމުތަކުގެ އިސް ފަރާތްތައް ކަމަށް ބުނެ އަސްލެއް ނެތް ފަރާތްތަކާއި ބައްދަލު ކުރާ މައްސަލަ ބޮޑުވެފައި ވަނިކޮށް، އިތުރު މައްސަލައެއް މިވަނީ ފެންމަތިވެފައެވެ.

ޤަތަރުގެ ޕްރިންސް އެއް ކަމަށް ބުނެ ޤަތަރުގެ ޝާހީ އާއިލާއާއި އެއްވެސް ގުޅުމެއް ނެތް ސްކޭމް ހިންގާ މީހަކާއި ބައްދަލުކޮށް މުއިއްޒު ވަނީ ޤަތަރު ސަރުކާރާއި ރާއްޖޭގެ ގުޅުމަށް ބުރޫ އަރުވާފައެވެ. ސައުދީ ޝާހީ ޕްރިންސް އެއް ކަމަށް ބުނެ، ޝާހީ އާއިލާއާއި އެއްވެސް ގުޅުމެއް ނެތް މީހެއް ގެނެސް މުއިއްޒު ވަނީ ސައުދީ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުމަށް ރުޅި އަރުވާލާފައެވެ.

ޔޫއޭއީގެ އަބޫދާބީ އަދި ޑުބާއީ ނުހިމަނައި ދެންތިބި އެމިރޭޓުސްތަކަކީ، ވެރިކަމުގެ ފެޑްރަލް ދައުލަތުގެ ބާރުތަކުގެ މައްޗަށް ބަސް ހިންގޭ ބަޔެއް ނޫނެވެ. ސަރުކާރުގައި އެމީހުން ދައުރަކީ ރަމްޒީ ދައުރެކެވެ. ސްޓޭޓްތަކުގައި މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުންނަށް އޮންނަ ފަދަ ދައުރެކެވެ. އެހެން ކަމުން މުއިއްޒު ކުރެއްވި ކަމަކީ، ބޭރު ޤައުމަކުން ރާއްޖޭގެ އަތޮޅެއްގެ ޑެޕިޔުޓީ މޭޔަރާއި ބައްދަލު ކުރުމަށްފަހު، މިސާލަކަށް ރަޝިޔާގެ ރައީސް މާލޭ ޑެޕިޔުޓީ މޭޔަރު ނަރީޝް އާއި ބައްދަލު ކުރުމަށް ފަހު ރާއްޖޭގައި ރަޝިޔާގެ މިލިޓަރީ ބޭހެއް އެޅެނެ ކަމުގެ ޔަގީން ކަން ދިނުން ފަދަކަމެކެވެ.

އާންމު ގޮތެއްގައި އެހެން ޤައުމުތަކުގެ އެމްބަސަޑަރުންނާއި، މިނިސްޓަރުން މި ފަދަ އެމިރޭޓްސް ތަކުގެ ވެރިންނާއި ބައްދަލު ކުރެއްވިއަސް، ޑެޕިއުޓީ ރޫލާ އާއި ބައްދަލު ކޮށް ނަހަދައެވެ.

ޔޫއޭއީއިން ރާއްޖެއަށް ގެންނާނެ ތަރައްޤީ އަކާއި ގުޅޭ ގޮތުން އެ ޤައުމުގެ ސަރުކާރުގެ ފަރާތުން ރާއްޖެ ތަރައްޤީގައި ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ދެވޭ ވަރުގެ ބޭފުޅެއް ނޫނެވެ. އަދި އެފަދަ އިބާރާތަކުން އެފަދަ ބޭފުޅަކު ވާހަކަ ދައްކަވާފާނެ ކަމަށް ވެސް ނުބެލެވެއެވެ.