ޚަބަރު

އެއް ހަފްތާ ތެރޭ މެދުއިރުމަތީ 3 ޤައުމަކާއި ރާއްޖެއާއި އޮތް ގުޅުން މުއިއްޒު ގޯސް ކޮށްފި

ދިޔަވަރު
އެއް ހަފްތާ ތެރޭ މެދުއިރުމަތީ 3 ޤައުމަކާއި ރާއްޖެއާއި އޮތް ގުޅުން މުއިއްޒު ގޯސް ކޮށްފި

އެއް ހަފްތާ ތެރޭ މެދުއިރުމަތީ 3 ޤައުމަކާއި ރާއްޖެއާއި އޮތް ގުޅުން މުއިއްޒު ގޯސް ކޮށްފިއެވެ. ފުރަތަމަ ކުރި ކަމަކީ ޤަތަރުގެ ޕްރިންސް އެއް ކަމަށް ބުނެ ޤަތަރުގެ ޝާހީ އާއިލާއާއި އެއްވެސް ގުޅުމެއް ނެތް ސްކޭމް ހިންގާ މީހަކާއި ބައްދަލުކޮށް, އެއީ ޤަތަރުގެ ޝާހީ އާއިލާގެ ޕްރިންސްއެއްކަމަށް ބުނެ، ޤަތަރު ސަރުކާރާއި ރާއްޖޭގެ ގުޅުމަށް ބުރޫ އެރުވުމެވެ.

އެއަށް ފަހު ސައުދީ ޝާހީ ޕްރިންސް އެއް ކަމަށް ބުނެ، ޝާހީ އާއިލާއާއި އެއްވެސް ގުޅުމެއް ނެތް މީހެއް ގެނެސް އެމީހާއި ބައްދަލުކޮށް، ފޮޓޯ ނަގައި ސައުދީގެ ޝާހީ އާއިލާގެ މީހެއް ކަމަށް ބުނެ، ރައީސް އޮފީހުގެ ވެބްސައިޓުގައި އެ ޚަބަރު ޖަހައި، މުއިއްޒު ވަނީ ސައުދީ އާއި ރާއްޖެ އާއި ދެމެދު އޮތް ގުޅުން ހީނަރު ކޮށްފައެވެ.

އެއަށްފަހު، ޔޫއޭއީގެ އެންމެ ކުޑަ އެމިރޭޓްސްގެ ޑެޕިއުޓީ ރޫލާ އާއި ބައްދަލުކޮށް، ތަރައްޤީގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ޔޫއޭއީ އިން ދީފި ކަމަށް ބުނެ، ޔޫއޭއީގެ ސަރުކާރާއި ގުޅުވައި މުއިއްޒުގެ ސަރުކާރުން ރޯ ބުހުތާނު ދޮގު ހެދުމެވެ. ޑެޕިޔުޓީ ރޫލާ، އޭނާގެ އަމިއްލަ ހައިސިއްޔަތުން އެފަދަ ވާހަކައެއް ބުނި ނަމަވެސް އެއީ ޔޫއޭއީގެ ފެޑްރަލް ދައުލަތުން ނުވަތަ ޔޫއޭއީގެ ސަރުކާރުން ދެކޭ ގޮތް ކަމުގައި ނުވާހިނދު، އެކަން އޮޅުވާލައިގެން ޔޫއޭއީގެ ސަރުކާރުގެ ބަހެއް ގޮތުގައި އެވާހަކަ ގެނައުމަކީ ވަރަށް ބޮޑު ޑިޕްލޮމެޓިކް މައްސަލައެކެވެ.

މުއިއްޒުގެ ސަރުކާރުގެ ވެރިކަމުގައި ރާއްޖޭގައި ޚާރިޖީ ގުޅުންތައް ދަންނަ ނުވަތަ އެކަމަށް އެކަށީގެންވާ މީހަކު ބެހެއްޓުމަށް މުއިއްޒު ބޭނުން ނުވެއެވެ. ކަތީބު ފެންވަރު މީހަކު ފޮރިންގ މިނިސްޓަރަކަށް ލައިގެން މުޅި ޤައުމު ހަފްތާއެއް ތެރޭ މެދުއިރުމަތީ 3 ޤައުމެއް ކުރިމަތީ ލަދުގަންނަވާލައި، ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް ހީނަރުކަން ގެނެސް، ރާއްޖެއާއި މެދު އިންވެސްޓަރުންގެ މެދުގައި އޮތް ތާޢީދު ގެއްލުވާލުގެ ރިކޯޑު މުއިއްޒު މިވަނީ ހައްދަވާފައެވެ. މިފަދަ ދަށު ދަރަޖައިގެ ކަންކަން ދުނިޔޭގެ އެއްވެސް ޤައުމެއްގައި ލިޔެވިފައިވާ ފާހުގެ ތާރީޚެއްގައި ހިނގާފައި ނުވާކަމީ ދުނިޔެ ނުދެކޭވަރުގެ ވެރިއަކަށް މުއިއްޒު ވެފައިވާކަމުގެ ހެއްކެކެވެ.