ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތު ކުރެވިފައިވާ ޒަމްޒަމް ފާރިޝް, ކަރިކިއުލަމް ޑިވެލޮޕްކުރާ އެންއައިއީގެ ސިޔާސީ އިސް މަގާމަކަށް ހަމަޖައްސައިފިއެވެ.
ރާއްޖޭގެ ސްކޫލްތަކުގެ ކައިރިކިއުލަމް ޑިވެލޮޕް ކުރުމުގެ ޒިންމާ ހަވާލުކުރެވައިފައިވާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ ސިޔާސީ އިސްމަގާމަކަށް ޒަމްޒަމް ފާރިޝް ހަމަޖައްސާފައިވާއިރު, ދައރިވަރިންގެ ސިލަބަސްތަކާއި ކަރިކިއުލަންތައް ޑިވެލޮޕް ކުރުމުގައި އޭނާގެ ދައުރު މިހާރު ވަރަށް ބޮޑުވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އިސް ފަރާތްތަކުން މައުލުމާތު ދެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެޑިއުކޭޝަން މިނިސްޓްރީގެ އިސް ފަރާތަކުން ވިދާޅުވި ގޮތުގައި ޒަމްޒަމް ފާރިޝްއަށް އެންއައިއީގެ ސިޔާސީ އިސް މަގާމެއް ހަމަޖައްސާފައިވަނީ އޭނާއަކީ މިސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއުގެ ގާތް އެކުވެރިއަކަށް ވާތީއެވެ. އަދި އޭނާއަށް މަގާމް ހަމަޖައްސާދީފައިވަނީ އިސްމާއިލް ޝަފީއުގެ ނުފޫޒުންކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އެޑިއުކޭޝަންގެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
ޒަމްޒަމް ފާރިޝްގެ އަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނީ އޭނާ އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއްގެ މަގާމްގައި ހުއްޓައެވެ. އެ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ފުލުހުންނަށް 2023 ވަނަ އަހަރު ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީންނެވެ.
އެ މައްސަލައިގެ ރިޕޯޓް ފުލުހުން އެޑިއުކޭޝަން މިނިސްޓްރީ އަށް އެންމެފުރަތަމަ ހުށަހަޅި މި ވެރިކަމުގައި, 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 14 ވަނަ ދުވަހު އެވެ. ކުރީގެ ސަރުކާރުގެ މުއްދަތު 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އަށް ހަމަވެ، މި ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ ސަމާލުކަމަށް އެ މައްސަލަ ގެނައީ އޭގެ ތިން ދުވަސް ފަހުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގަ އެވެ.
ޒަމްޒަމް ފާރިޝްގެ އަރަބިއްޔާ ސްކޫލުން ވަކިވެފައިވަނީ އެ މައްސަލަ ބަލަމުން ދަނިކޮށެވެ. އެހެންނަމަވެސް އެއަށްފަހު އެޑިއުކޭޝަން މިނިސްޓަރ އިސްމާއިލް ޝަފީއުގެ ނުފޫޒުން އެމައްސަލަ ވަނީ އޮއްބާލާފައެވެ.
ދަރިވަރުންގެ ތައުލިމާ ގުޅޭ މުގައްރަރުތައް އެކުލަވާލުމުގެ އިސް ފަރާތެއްގެ ގޮތުގައި ޒަމްޒަމް ފާރިޝް ހަމަޖެއްސުމުން ގިުނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.