ޚަބަރު

އިންޑިޔާއިން ހަމަލާ ދީފައި ވަނީ ޕާކިސްތާނުގެ ޓެރަރިސްޓް ކޭމްޕް ތަކަކަށް

ދިޔަވަރު
އިންޑިޔާއިން ހަމަލާ ދީފައި ވަނީ ޕާކިސްތާނުގެ ޓެރަރިސްޓް ކޭމްޕް ތަކަކަށް

އިންޑިޔާގެ ޖަންމު ކަޝްމީރަށް، ޕާކިސްތާނުގެ ޓެރަރިސްޓުންތަކެއް ވަދެ މުސްލިމަކު ހިމެނޭހެން 26 ޓުއަރިސްޓެއް ގަޔަށް ބަޑިޖަހައި އެއްވެސް ކަމަކާއި ނުލާ މަރާލާފައި ވަނީ މިދިޔަ އެޕްރީލް 22 ވަނަ ދުވަހުއެވެ. އޮޕަރެޝަން ސިންދޫރުގެ ނަމުގައި، އިންޑިޔާއިން ހަމަލާ ބަދަލު ކޮށްފައި ވަނީ 7 މޭއި 2025 ގައެވެ. މި ހަމަލާ ޕާކިސްތާނުގެ 9 ޓެރަރިސްޓް ބޭސް އަކަށް އަމާޒު ކޮށް ދީފައިވެއެވެ. މި ޓެރަރިސްޓް ހަމަލާ ދިން ކަމަށް ޕާކިސްތާނުގެ ޓެރަރިސްޓް ޖަމާއަތަކުން ވަނީ އެއްބަސްވެފައެވެ.

ޕާކިސްތާނުގެ މި ޓެރަރިސްޓް ޖަމާއަތަކީ އެ ޤައުމުގެ އަސްކަރިއްޔާއާއި ގުޅިގެން ޓެރަރިޒަމް އޮޕަރޭޝަން ޕާކިސްތާނަށް ހިންގަދޭ ޖަމާއަތެއް ކަަމަށް މީގެ ކުރިންވެސް ވަނީ ހާމަވެފައެވެ. އަވަށްޓެރި ޤައުމަކަށް އެއްވެސް ސަބަބެއް ނެތި، ޓެރަރިސްޓް ހަމަލާއެއްދީ 26 މީހުން މަރާލުމުންވެސް ޕާކިސްތާނު ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކާއި ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޕާކިސްތާނުގެ ޓެރަރިސްޓުން މަރާލި 26 މީހުންގެ އިތުރަށް އެތައް ބަޔަކު ވަނީ ހަމަލާގައި ޒަހަމްވެފައި. ޕާކިސްތާނުގެ ޓެރަރިސްޓުންގެ ހަމަލާގައި ޒަހަމްވި ބައެއް ފަރާތްތަކަށް ފަރުވާދެމުންދާ މަންޒަރު.

ޕާކިސްތާނުގެ އެއްވެސް މިލިޓަރީ ފެސިލިޓީއަކަށް ހަމަލާ ދީފައި ނުވާކަމަށްވެސް އިންޑިޔާއިން ވަނީ ހާމަ ކޮށްފައެވެ.

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، ލަޝްކަރު ޓައިބާގެ ޓެރަރިސްޓް ސަރަހައްދު ތަކަށާއި، އެފަދަ އެނޫން ސަރަހައްދުތަކަށް ދިން ހަމަލާއަކީ އާންމުންނަށް އަމާޒު ކުރެވިފައިވާ ހަމަލާއެއް ނޫނެވެ. މި ހަމަލާގައި އާންމު ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުވާއިރު، ޕާކިސްތާނު ސަރުކާރުން މި ޓެރަރިސްޓު ހާލިތައް ނައްތާލާ، އިންޑިޔާއިން މިދިން ހަމަލާދީ، ޓެރަރިޒަމާއި ދެކޮޅަށް އަމިއްލަ އަށް މިފިޔަވަޅުތައް ނާޅައި މިހާ ދުވަހު އޮތުމަކީ އިސްލާމީ ޤައުމެއް ގޮތުގައި އޮވެމެ، މުޅި އިސްލާމީ ދުނިޔެއަށް އެކަމުގެ ހުތުރު ނަން ޕާކިސްތާނުގެ ސަބަބުން ލިބުނު ކަމެކެވެ.

ޕާކިސްތާނުގައި 2024 ގައި އޮތް އިންތިހާބުގައި، އެކަކަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ އިމްރާން ހާނަށެވެ. އެއްވެސް ޕާޓީއަކަށް ވެރިކަމަށް އައުމަށް ބޭނުންވާ މެޖޯރިޓީ ލިބިފައި ނުވެއެވެ. އިމްރާން ހާން ޖަލުގައި ބޭއްވުމަށްފަހު، 30 އަހަރުގެ ހުކުމެއް އިއްވައި، ވެރިކަމަށް ނާދެވޭ ގޮތް ވަނީ ހަދާފައެވެ. ކޯލިޝަން ހެދުމުގެ ފުރުޞަތު އިމްރާން ހާނަށް ލިބުނު ނަމަ، ވެރިކަމުގައި ހުންނާނީ އޭނާ ކަމަށް ބެލެވެއެވެ. ޕާކިސްތާނުގެ އިޤްތިޞާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި މިހާރު އޮތް ޕާކިސްތާނުގެ ސަރުކާރަކީ ދުނިޔޭގެ ކުރިމަތީ އިތުބާރު ގެއްލިފައިވާ ސަރުކާރެކެވެ.