ޚަބަރު

މުއްސަދިންގެ މުދާ ރޯމާ ދުވާލު ފޭރިގަންނަމުންދާ ސަރުކާރެއް މިނޫނީ ދިވެހިން ދެކެފައެއް ނުވޭ!

ދިޔަވަރު
މުއްސަދިންގެ މުދާ ރޯމާ ދުވާލު ފޭރިގަންނަމުންދާ ސަރުކާރެއް މިނޫނީ ދިވެހިން ދެކެފައެއް ނުވޭ!

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އަދުލުވެރި ވެރިކަމެއް ކޮށްދެއްވާނެކަމުގެ ފޮނި ވައުދުތަކާއެކީގައެވެ. ތާރީޚީގޮތުން ބަލާއިރު، ދިވެހިރާއްޖޭގައި އާ ވެރިކަމެއް އައިސްފައިވަނީ ގިނަފަހަރަށް ބަދަލަށް ބޭނުންވާ ރައްޔިތުންގެ އުއްމީދުތަކާއި އެކުގައެވެ. މުއިއްޒުގެ ވެރިކަމަކީވެސް ރައްޔިތުން ބޮޑެތި އުއްމީދުތަކެއް ކުރި ވެރިކަމެކެވެ. މިއަދު އަޅުގަނޑުމެން ޚިޔާލުކޮށްލަން މިޖެހެނީ އެ ވައުދުތަކާއި މިއަދުގެ ޙަޤީޤަތް ދިމާވޭތޯއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ތިން މައިގަނޑު ވައުދަކާއެކުގައެވެ:

  1. ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދިނުން - މިއީ ރައްޔިތުންގެ ބާރުވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަން ފަދަ ޙައްޤުތައް ހިމެނޭ ވައުދެކެވެ.
  2. ރައްޔިތުންގެ މުދާ ޙިމާޔަތްކޮށްދިނުން - މިއީ ރައްޔިތުންގެ އަމިއްލަ މިލްކިއްޔާތު ރައްކާތެރިކޮށްދީ، ދައުލަތުގެ މުދަލާއި ވަސީލަތްތައް ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ބޭނުންކުރުމުގެ ވައުދެކެވެ.
  3. އެންމެހާ ރައްޔިތުންނަށްވެސް އިންޞާފު ކަށަވަރުކޮށްދިނުން - މިއީ ޝަރުޢީ ނިޒާމުގެ މިނިވަންކަން ކަށަވަރުކޮށްދީ، ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރުމުގެ ވައުދެކެވެ.

މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ދޮޅު އަހަރު ވެގެން ގޮސްފައިވާއިރު، އަޅުގަނޑުމެންނަށް ފެންނަމުންދަނީ މުޅިން ތަފާތު މަންޒަރެކެވެ. ވައުދުތަކާއި ޢަމަލުތަކުގެ ދެމެދުގައި ހުރި ފަރަގު އިތުރުވަމުންދާކަން އާންމު ރައްޔިތުންނަށް އިޙްސާސްކުރެވެމުންދެއެވެ.

އޭގެ އިތުރުން މުއްސަދި މަހުޖަނުންގެ މުދާތައްވެސް މުއިއްޒު ފެންދަނީ ފޭރިގަންނަމުންނެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކީ މަހުޖަނު ސަން ސިޔާމުގެ މުދާތައް އެއްވެސް ހުއްޖަތެއްނެތި, ދައުލަތަށް ނެގުމަށް މުއިއްޒު ނިންމާފައިވާ ނިންމުވެ. އަދި ސަން ސިޔާމު އަތުން ކެމްޕޭނަށް 8 މިލިއަން ޑޮލަރި ނެގުމަށްފަހު މުއިއްޒު ވެފައިވާ ބޮޑު ޚިޔާނާތެވެ.

މުއިއްޒު ސަން ސިޔާމް އަތުން ލޭންދޭނަށް ނެގި 8 މިލިއަން ޑޮލަރު ހޯދުމަށް ސަން ސިޔާމް ކޯޓަށް ދާން ނިންމާފައިކަމަށް ”ދިޔަވަރު އޮންލައިން“ ވަނީ ކަށަވަރު ކުރެވިފައެވެ.

”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ދިން ސަން ސިޔާމްގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުގައި, 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް މުއިއްޒު ވިދާޅުވެގެން ސަން ސިޔާމް 8 މިލިއަން ޑޮލަރު ދީފައިވާ ކަމުގައެވެ. އެހެންނަމަވެސް އެއީ އެފައިސާ މުއިއްޒު ސިޔާމްއަށް އަނބުރާ ދައްކާގޮތަށް ދިން ފައިސާކަމަށްވެސް ”ދިޔަވަރު އޮންލައިން“ އާއި މައުލޫމާތު ހިއްސާކުރި ސިޔާމްގެ އަރިސް ފަރާތުން ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް, މުއިއްޒުގެ ވެރިކަމަށް ދޮޅު އަހަރުވެގެން ދާއިރު, އެފައިސާ އަބުރާ ހޯދުމަށް ސަން ސިޔާމްގެ ފަރާތުން ކުރި އެއްވެސް މަސައްކަތެއް ކާމިޔާބު ވެފައިވާ ނުވާއިރު, ސިޔާމްގެ އެއްވެސް ފޯން ކޯލަކަށްވެސް މުއިއްޒު ޖަވާބު ނުދެއްވާތާ މިހާރު 8 މަސްވެފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“ އާއި މައުލޫމާތު ހިއްސާކުރި ސިޔާމްގެ އަރިސް ފަރާތުން ވިދާޅުވެފައިވެއެވެ.

ސިޔާމްގެ އަރިސް ފަރާތުން ވިދާޅުވި ގޮތުގައި, އަނބުރާ ދައްކާގޮތަށް, ރިޔާސީ ކެމްޕޭނަށް ސިޔާމް އަތުން މުއިއްޒު ނެގި 8 މިލިއަން ޑޮލަރު ހޯދޭނެ އިތުރު ގޮތެއް ނެތިގެން, ފައިސާ ހޯދުމަށް ކޯޓަށް ދިއުމަށް ސިޔާމް ނިންމާފައިވަނީ އިތުރު ގޮތެއް ނެތިގެން ކަމުގައެވެ. އަދި މުއިއްޒުގެ އަރިސް ފަރާތްތައް މެދުވެރިކޮށްވެސް މުއިއްޒު އާއި ވާހަކަ ދެއްކުމަށް ސިޔާމް މިހާތަނަށް ކުރި ހުރިހާ މަސައްކަތެއްވެސް ނާކާމިޔާބު ވަފައިވާކަމަށްވެސް ”ދިޔަވަރު އޮންލައިން“ އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވި ގޮތުގައި, އެފައިސާ ކޯޓު މެދުވެރިކޮށް ހޯއްދެވޭނެކަމަށް ސިޔާމް ގަބޫލު ކުރައްވައެވެ. އެއީ އަނބުރާ ދައްކާގޮތަށް މުއިއްޒުއާއި ފައިސާ ހަވާލުކުރިކަމަށް ހެކިދޭނެ ފާރާތްތައް ތިބީމަކަށްވެސް އޭނާ ވިދާޅުވިއެވެ.

ސިޔާމް އަތުން އަނބުރާ ދައްކާގޮތަށް މުއިއްޒު ނެގި 8 މިލިއަން ޑޮލަރަށް މުއިއްޒު ޚިޔާނާތްތެރި ވެފައިވާއިރު, މުއިއްޒު މިހާރުވަނީ ދ. އަތޮޅުން ސިޔާމްއަށް ލިބިފައި އޮތް 3 ރަށެއްވެސް ސިޔާމްގެ ކުންފުނިން އަނބުރާ ނަގާފައެވެ. އެގޮތުން ދ. އަތޮޅު މީހުން ދަތުރު ދިއުމަށް މުއިއްޒު ދާދިފަހުން ޚާއްސަ ކޮށްފައިވާ ދ. އުއްދޫއަކީވެސް, ސިޔާމް ކޮންމެވެސް ވަރަކަށް ޚަރަދުވެސް ކޮށްފައި އޮތް ރަށެކެވެ. މިރަށްތައް ސިޔާމް އަތުން މުއިއްޒު އަތުލާފައިވަނީ އިތުރު ނޯޓިސްއެއްވެސް ދިނުމަކާ ނުލައެވެ.

މުއިއްޒު ސިޔާމްއަށް އަނިޔާވެރިވަމުންދާއިރު, ދާދިފަހުން މުއިއްޒު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައިވެސް ސިޔާމް ބައިވެރިކޮށްފައެއް ނުވެއެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސިޔާމް ތާއީދު ކުރައްވާފައިވަނީ އޭރުގެ ރައީސް ސާލިހުއަށެވެ. އެހެންނަމަވެސް ދެވަނަ ބުރުގައި ސިޔާމް މުއިއްޒުއަށް ތާއީދުކޮށް ކެމްޕޭންވެސް ކޮށްދެއްވާފައި ވެއެވެ. އެހެންނަމަވެސް އެ ކެމްޕޭންގައި ސިޔާމްގެ ޕާޓީއަށް ދޭން ވައުދުވި ސިޔާސީ މަގާމްތައްވެސް މުއިއްޒު ހަމަޖައްސަވާ ދެއްވާފައެއް ނުވެއެވެ.

މުއިއްޒު ގެންދަވަނީ, ސިޔާމްފަދަ ގައުމަށް އެތަކެއް ޚިދުމަތްތަކެއްކޮށް, އަދި ރާއްޖޭގެ ބޮޑެތި އިންވެސްޓަރުންގެ ވިޔަފާރިތަކަށް ގެއްލުންދީ, އެބޭފުޅުން ނުފޫޒު ކަނޑުވާލުމަށް އެފަރާތްތަކުގެ މައްޗަށް އަނިޔާވެރިވަމުންނެވެ.

ފާއިތުވި ރިޔާސީ އިންތިޚާބުގައި އަނބުރާ ދައްކާގޮތަށް ސަން ސިޔާމް އަތުން ނެގި 8 މިލިއަން ޑޮލަރު ސިޔާމްއަށް ނުދައްކާ, ސަން ސިޔާމަށް ބޮޑު ޚިޔާނާތެއް ވުމަށްފަހު, ސަން ސިޔާމް ދ. އަތޮޅުން ނަގާފައިވާ 3 ރަށެއްވެސް ކުރިން ނޯޓިސް ދިނުމަކާ ނުލާ މުއިއްޒު ދައުލަތަށް ނަގާފައިވާކަމަށް ”ދިޔަވަރު އޮންލައިން“އަަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސިޔާމްގެ ގާތް ފަރާތަކުން ”ދިޔަވަރު އޮންލައިން“އަަށް މައުލޫމާތު ދިން ގޮތުގައި މި ރަށްތަކަކީ ރިސޯޓު ތަރައްގީ ކުރުމަށް, ދައުލަތަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދެއްކުމަށްފަހު ސިޔާމް ކުންފުނިން ނަގާފައިވާ ރަށްތަކެކެވެ. އެހެންނަމަވެސް މުއިއްޒު މިރަށްތައް ސިޔާމް އަތުން މުއިއްޒު ނަގާފައި ވަނީ ކުރިން އެންގުމަކާވެސް ނުލައެވެ. އޭގެ ތެރޭގައި ދ.އަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި މުއިއްޒު ދާދިފަހުން ހަމަޖައްސަވާފައިވާ ދ.އުއްދޫވެސް ހިމެނެއެވެ.

ދ. އުއްދޫއަކީ ސިޔާމް ޚަރަދުވެސް ކޮށްފައިވާ ރަށަކަށްވާއިރު, އެރަށްވެސް ސިޔާމް އަތުން ނަގާފައިވަނީ އެއްވެސް ބަދަލެއްވެސް ދިނުމަކާ ނުލައެވެ. އެރަށް ސިޔާމް އަތުން ވަކި ކުރިކަން ސިޔާމަށް އެނގުނީވެސް, ދާދިފަހުން މުއިއްޒު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި, އެއަތޮޅުގެ ރައްޔިތުން ދަތުރުދާނެ ރަށެއްގެ ގޮތުގައި އެރަށް ހަމަޖައްސާފައިވާކަން މުއިއްޒު އިއުލާން ކުރުމާ ހަމައިންނެވެ. ސިޔާމަށް އެކަން އެނގުނީވެސް މީޑިއާތަކުގައި އެޚަބަރު ރިޕޯޓު ކުރި ހިސާބުންކަމަށްވެސް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ސިޔާމްގެ ގާތް ފަރާޓުން ވިދާޅުވެފައި ވެއެވެ.

ޤާނޫނީ ޙައްޤުތަކުގެ ޙާލަތު

ޤާނޫނު އަސާސީން ލިބިދޭ އަސާސީ ޙައްޤުތަކަށް ބަލާއިރު، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެކި ގޮތްގޮތުން މުއިއްޒު ދަނީ ހުރަސްތަކެއް އަޅަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ދައުލަތުގެ އެކި މުއައްސަސާތަކުން ފިޔަވަޅު އެޅުމުގެ ޝަކުވާތައް އިތުރުވެފައިވެއެވެ.

މުދަލާއި ވަސީލަތްތަކުގެ ޙާލަތު

ރައްޔިތުންގެ މުދާ ޙިމާޔަތްކޮށްދިނުމުގެ ވައުދާ ޚިލާފަށް، ދައުލަތުގެ ބޮޑެތި ޕްރޮޖެކްޓްތައް ޓެންޑަރިންގ އުސޫލުން ބޭރުން ހަވާލުކުރެވިފައިވާ މިންވަރު އިތުރުވެފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެ، އާންމު ރައްޔިތުންގެ ޖީބަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދެއެވެ.

އިންޞާފުގެ ޙާލަތު

ޝަރުޢީ ނިޒާމުގެ މިނިވަންކަމަށް ބަލާއިރު، ސިޔާސީ މަޞްލަޙަތަށް ބަލައި ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް އިތުރުވެފައިވެއެވެ. ވަކި ފަރާތްތަކަކަށް ޤާނޫނު މަތީ އިސްތިސްނާ ދެވޭކަމުގެ ޝަކުވާތައްވެސް އާންމުވަމުންދެއެވެ.

ބަދަލުވަމުންދާ ސިޔާސީ މަޝްރަޙު

ދުނިޔޭގެ ސިޔާސީ މަޝްރަޙަށް އަންނަ ބަދަލުތަކާއި، ދިވެހިރާއްޖޭގެ ޖިއޯޕޮލިޓިކްސްއަށް އަންނަމުންދާ ބަދަލުތަކާއެކު، މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކަށްވެސް ބަދަލުތަކެއް އައިސްފައިވެއެވެ. ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތަކަށްވުރެ ބޭރުގެ ބާރުތަކުގެ މަޞްލަޙަތަށް އިސްކަންދެވޭކަމުގެ ޝަކުވާތައް އިތުރުވަމުންދެއެވެ.

މުއިއްޒުގެ ވެރިކަމުގެ ފޮނި ވައުދުތަކާއި މިއަދުގެ ޙަޤީޤަތާ ދެމެދު ހުރި ފަރަގު ދައްކުވައިދެނީ ރާއްޖޭގެ ސިޔާސީ ނިޒާމުގައި ހުރި ގޮންޖެހުންތަކެވެ. ވެރިކަމަށް އަންނަ ކޮންމެ ފަރާތަކުންވެސް ރީތި ވައުދުތައް ކުރިނަމަވެސް، ޢަމަލީ މައިދާނުގައި އެ ވައުދުތައް ފުއްދުމަކީ ދަތި ކަމެއްކަން ފާހަގަކުރެވެއެވެ.

ރައްޔިތުން އެދޭގޮތަށް ވެރިކަމެއް ހިންގުމަށް ބޭނުންވަނީ އިޚްލާޞްތެރިކަމާއި، ހަރުދަނާ އިދާރީ އޮނިގަނޑަކާއި، ވަކި ފަރާތަކަށް ނުޖެހޭ މުއައްސަސާތަކެވެ. މި ތިން ކަންތައް ފުރިހަމަވެގެން މެނުވީ، ކިތަންމެ ފޮނި ވައުދެއް ކުރިކަމުގައިވިޔަސް، އެ ވައުދުތަކަކީ ހަމައެކަނި ވެރިކަމަށް އައުމަށް ކުރެވޭ ހުސް ބަސްތަކަކަށް ވެގެންދާނެއެވެ.

އަޅުގަނޑުމެންގެ ޒިންމާއަކީ ވެރިކަން ކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވައި، އެމީހުންގެ ވައުދުތައް ހަނދާންކޮށްދީ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ އެއްގޮތަށް ވެރިކަން ހިންގުމަށް ބާރުއެޅުމެވެ. އޭރުން އަޅުގަނޑުމެންގެ ޤައުމަށް އަދުލުވެރި، ހަމަހަމަ، އަދި ކުރިއަރާފައިވާ މުސްތަޤުބަލެއް ލިބިގެންދާނެއެވެ.