ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން، ލަންޑަނުގައި ހުންނަ އިޒްރޭލުގެ އެމްބަސަޑަރ އާއި އިރުތިޝާމް ބައްދަލުކޮށްފި ކަން ދިޔަވަރު ނޫހަށް ހާމަ ވެއްޖެއެވެ. މި ބައްދަލުވުމުގައި އިޒްރޭލް އެމްބަސަޑަރ ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައިވެއެވެ. މި ގޮތަށް ދައުވަތު އަރުވާފައިވަނީ މި ގޮތަށް ދައުވަތު އަރުވާފައިވަނީ، ޕާސްޕޯޓް މަނާ ކުރިއަސް އިޒްރޭލް ރައްޔިތުންނަށް އެހެން ޕާސްޕޯޓްތަކުގައި ރާއްޖެއަށް ވަނުން ހުރަހެއް ނެތްކަން ހާމަ ކޮށްދިނުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.
އިޒްރޭލުގެ އެމްބަސަޑަރ އާއި ބައްދަލު ކޮށްފައިވަނީ ކްރިސްޓިއަން ދީނުގެ ތޭކްސް ގިވިން އީދުގެ ހަފްލާގެ ތެރޭގައެވެ. ރާއްޖެ ފިޔަވައި އިސްލާމީ އެހެން ޤައުމަކުން ބޭރުގައި ފާހަގަ ކުރާ އެހެން ދީން ތަކުގެ އީދުތަކުގައި މިހެން ބައިވެރިވެ ނޫޅެއެވެ. އަދި މިއީ ރާއްޖޭގެ އެމްބަސަޑަރެއް އަލަށް މިފަދަ ލާދީނީ ހަފްލާއެއްގެ ބައިވެރިވި ފުރަތަމަ ފަހަރެވެ.
ތޭންކްސް ގިވިންގ އަކީ ކްރިސްޓިއަނުން ފާއިތުވި އަހަރު ގޮވާމާއި، ރިޒުގު ދެއްވާތީ، ޝުކުރުގެ އަޅުކަން ކުރުމަށް ފާހަގަ ކުރާ އީދެކެވެ. މި ދުވަހުގެ ހަރަކާތްތެރޭގައި، ފާދިރީއާއި އެކު ފައްޅީގައި އަޅުކަން ކުރުން ހިމެނެއެވެ. ރާއްޖޭގެ ފަރާތުން އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނަ އެމްބަސަޑަރ އިރުތިޝާމް ބައިވެރިވި ހަފްލާގައި ދީނީ އަޅުކަން ކުރާ ފާދިރީން އަޅުކަމުގެ ހަރަކާތްތައް ހިންގާތަން ފޮޓޯތަކުން ފެނެއެވެ.