ޚަބަރު

އިނގިރޭސި ވިލާތުގައި ބޭއްވި ކްރިސްޓިއަން ދީނުގެ އަޅުކަމާއި އީދުގެ ހަފްލާގައި ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެމްބަސަޑަރ އިރުތިޝާމް ބައިވެރިވެ ވަޑައިގެންފި

ދިޔަވަރު
އިނގިރޭސި ވިލާތުގައި ބޭއްވި ކްރިސްޓިއަން ދީނުގެ އަޅުކަމާއި އީދުގެ ހަފްލާގައި ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެމްބަސަޑަރ އިރުތިޝާމް ބައިވެރިވެ ވަޑައިގެންފި

އިނގިރޭސި ވިލާތުގައި ބޭއްވި ކްރިސްޓިއަން ދީނުގެ އަޅުކަމާއި އީދުގެ ހަފްލާގައި ރައީސް މުއިއްޒުގެ ފަރާތްޕުޅުން އެމްބަސަޑަރ އިރުތިޝާމް ބައިވެރިވެ ވަޑައިގެންފި އެވެ. ރަސްމީކޮށް މުއިއްޒުގެ ސަރުކާރުގެ ފަރާތުން ރައީސް މުއިއްޒު ރިޕްރެޒެންޓް ކުރުމަށް ރައީސް މުއިއްޒުގެ ފަރާތުން ބައިވެރިވެ ވަޑައިގެން މި ހަފްލާގައި ކްރިސްޓިއަން ފާދިރީންވެސް އަޅުކަމުގެ ހަރަކާތްތަކުގައި ބައިވެރިވިއެވެ.

އެހެން ދީންތަކުގެ އީދުތަކުގައި އާއި އަޅުކަމުގެ ހަރަކާތްތަކުގައި އާއި ގުރުބާންކޮށް ކަތިލާފައި ހުންނަ ތަކެތި ކެއުމުގެ ހަފްލާތަކުގައި ބައިވެރިވުމަކީ މުސްލިމުންނަށް ނަހީ ކުރައްވާފައިވާ ކަމެކެވެ.

https://twitter.com/laurapopescumfa/status/1920477497067479071

ރައީސް މުއިއްޒުގެ ފަރާތްޕުޅުން ބައިވެރިވެފައި ވަނީ ކްރިސްޓިއަން ދީނުގެ ތޭކްސް-ގިވިން އީދުގެ ހަފްލާއަށެވެ. މި ހަފްލާ އަކީ، ނުވަތަ ތޭންކްސް ގިވިންގ އަކީ ކްރިސްޓިއަނުން ފާއިތުވި އަހަރު ގޮވާމާއި، ރިޒުގު ދެއްވި ކަމަށްޓަކައި، އީސާގެ ފާނު ކަލަކު ކަމަށް ބަލައި، ޝުކުރުގެ އަޅުކަން ކުރުމަށް ފާހަގަ ކުރާ އީދެކެވެ. މި ދުވަހުގެ ހަރަކާތްތެރޭގައި، ފާދިރީއާއި އެކު ފައްޅީގައި އަޅުކަން ކުރުން ހިމެނެއެވެ. އޭގެ އިތުރުން އިސާގެ ފާނަކީ ކަލަކު ކަމަށް ބަލައި ގުރުބާން ކޮށް ކަތިލާ ތަކެތި މި ހަފްލާގައި ބޮޑު ޖާފަތެއް ގޮތަށް ތައްޔާރު ކޮށް ކެއުން ހިމެނެއެވެ. މި ޖާފަތުގައި ވެސް ރައީސް މުއިއްޒުގެ ބަދަލުގައި އިރުތިޝާމް ބައިވެރިވެފައި ވެއެވެ. ރާއްޖޭގެ ފަރާތުން އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުންނަ އެމްބަސަޑަރ އިރުތިޝާމް ބައިވެރިވި މި ހަފްލާގައި ދީނީ އަޅުކަން ކުރާ ފާދިރީން އަޅުކަމުގެ ހަރަކާތްތައް ހިންގާތަން ފޮޓޯތަކުން ފެނެއެވެ.

ރާއްޖެ ފިޔަވައި އިސްލާމީ އެހެން ޤައުމަކުން ބޭރުގައި ފާހަގަ ކުރާ އެހެން ދީން ތަކުގެ އީދުތަކުގައި މިހެން ބައިވެރިވެ ނޫޅެއެވެ. އަދި މިއީ ރާއްޖޭގެ އެމްބަސަޑަރެއް އަލަށް މިފަދަ ލާދީނީ ހަފްލާއެއްގެ ބައިވެރިވި ފުރަތަމަ ފަހަރެވެ. މިކަން ކޮށްފައިވަނީ ރައީސް މުއިއްޒުގެ ބަދަލުގައި ސަރުކާރުގެ ރަސްމީ ހައިސިއްޔަތުންނެވެ. މި އަޅުކަމާއި، އީދު އާއި ޤުރުބާންކޮށް ކަތިލާފައިވާ ތަކެތި ފަރީއްކުޅުއްވުމުގެ ދީނީ ޖާފަތުގައި މުއިއްޒުގެ ސަރުކާރުން ބައިވެރިވެފައިވަނީ ވަރަށް ސިއްރުންނެވެ. މިކަން ފަޅާ އަރާފައިވަނީ އެ ހަފްލާއަށް ދިޔަ އެހެން ކްރިސްޓިއަން ޤައުމުތަކުގެ އެމްބަސަޑަރުން ކޮށްފައިވާ ޓްވީޓުންނެވެ.

މިކަން ސަލަފު ޖަމިއްޔާއިން ކުށްވެރި ނުކުރެއެވެ. އަދި ނުވެސް ކުރާނެއެވެ. މާތްﷲ ނޫން ފަރާތަކަށް އަޅުކަން ކުރާ ހަފްލާއެއްގައި ރައީސް މުއިއްޒުގެ ފަރާތުން ސީދާ ކަނޑައަޅާފައިވާ، އަދި އެމަނިކުފާނު ފަރާތުން ބައިވެރިވެ ވަޑައިގަތުން މިފަހަރު ސަލަފު ޖަމިއްޔާ އިން ހަލާލު ކުރާނެ ގޮތެއް ހަމަ ހިލާ ނުވިސްނެއެވެ.