ޚަބަރު

އަސާސީ ތައުލީމު ނެތް ފަރާތްތައް ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކަށް އާދެވޭ ގޮތަށް މުއިއްޒު އުސޫލު ބަދަލު ކުރުމުން، އެކަމާއި ދެކޮޅު ހެދުމުން މުއިއްޒު އަންގައިގެން ޕީސީބީގެ އެސްޖީ ސަސްޕެންޑް ކޮށްފި

ދިޔަވަރު
އަސާސީ ތައުލީމު ނެތް ފަރާތްތައް ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކަށް އާދެވޭ ގޮތަށް މުއިއްޒު އުސޫލު ބަދަލު ކުރުމުން، އެކަމާއި ދެކޮޅު ހެދުމުން މުއިއްޒު އަންގައިގެން ޕީސީބީގެ އެސްޖީ ސަސްޕެންޑް ކޮށްފި

އަސާސީ ތައުލީމު ނެތް ފަރާތްތައް ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކަށް އާދެވޭ ގޮތަށް މުއިއްޒު އުސޫލު ބަދަލު ކުރުމުން، އެކަމާއި ދެކޮޅު ހެދުމުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޔާމީން މަގާމުން ސަސްޕެންޑުކޮށްފި އެވެ.

ދިޔަވަރަށް އަށް އެނގިފައިވާ ގޮތުގައި ޔާމީން ސަސްޕެންޑު ކުރީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭނާ ސަސްޕެންޑު ކުރީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. ސަސްޕެންޑު ކުރިއިރު ބުނެފައި ވަނީ ޔާމީން ސަސްޕެންޑު ކުރީ އޭނާއާ ދެކޮޅަށް ތަހުގީގެއް ހިންގާތީ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ ގޮތުގައި ހުރި، ނާސިހަކީ އަނިޔާވެރި ކަމުގައި ހައްދުފަހަނަ އަޅާފައިވާ ނުބައި ނުލަފާ މީހެކެވެ. މުއިއްޒު އަންގާ ކޮންމެފަދަ އަނިޔާއެއް ކޮންމެ އިންސާނަކަށް ދިނުމަށް މީނާ ޖެހިލުމެއް ނުވެއެވެ.

އެސްއޯއީތަކުގެ އިސް މަގާމުތަކަށް ދަށް ފަންތީގެ މުވައްޒަފުންނަށް އާދެވޭ ގޮތަށް ޕީސީބީއިން ބަދަލު ގެނައީ މުއިއްޒު އަންގައިގެން އޭޕްރީލް 21، ގަ އެވެ. އެ ބަދަލުގެ ސަބަބުން އެސްއޯއީތަކަށް ސިޔާސީ ނުފޫޒު މިހާރަށްވުރެ ވެސް ބޮޑަށް ވަނުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެތަނުގެ ޓެކްނިކަލް ސްޓާފުން ބުނެ އެވެ.

އެގޮތަށް އުސޫލު ބަދަލު ކުރަން ދެކޮޅު ހެދި އެއް ބޭފުޅަކީ ސެކްރެޓަރީ ޖެނެރަލް ޔާމީން އެވެ. އޭނާގެ އިތުރުން ބައެއް އެހެން ޓެކްނިކަލް ސްޓާފުން ވެސް އެކަމާ ކަންބޮޑުވުން ފާޅު ކުރި އެވެ. ޕީސީބީގެ ބޯޑުން ބޭނުންވީ، ބޯޑާ ހަމައަށް ޓެކްނިކަލް ސްޓާފުން ފޮނުވާ ޑޮކިއުމެންޓުތައް ވެސް ބޯޑުން ބޭނުންވާ ގޮތަށް ފަރުމާ ކުރުމަށެވެ.

މީގެ ކުރިން އަމަލު ކުރަމުން އައި އުސޫލުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗީފް ފައިނޭންޝަލް އޮފިސަރުންނަށާއި ޗީފް އިންޓާނަލް އޮޑިޓަރުންގެ މަގާމަށް އާދެވޭނީ އިންޓަނޭޝަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (އައިފެކް) އިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރަކަށެވެ.

ނަމަވެސް މިއަދު އެ ބޯޑުން އާންމުކުރި އުސޫލުގައި ވާގޮތުން އައިފެކް އިން ގަބޫލުކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރުން ނޫން މީހުންނަށް ވެސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ސީއެފްއޯއިންނާއި ސީއައިއޭއިންގެ މަގާމަށް އާދެވެ އެވެ. މިކަން މި ގޮތަށް މުއިއްޒު ކޮށްފައިވަނީ ބޮޑެތި ކުށްވެރިން އެ މަގާމުތަކަށް ލައި ދައުލަތުގެ ފައިސާއިން ވައްކަން ކުރުން މެކުހަށް ޖެހުމަށެވެ. ކުޑަމިނުން އެންމެ ޕްރޮޖެކްޓެއްވެސް މުއިއްޒުގެ ޖީބަށް އެއިން ރިޝްވަތުގެ ފައިސާ ނުވަންނަހެން ކުރިއަށް ނުގެންދިޔުމަށެވެ.

އައިފެކް އަކީ އެކައުންޓްސް ދާއިރާގެ ބައިނަލްއަގުވާމީ އޯގަނައިޒޭޝަން އެވެ. އެ އޯގަނައިޒޭޝަނުގެ މެންބަރުންނަކީ ވަކި އުސޫލުތަކަކާއި ހަމަތަކެއް ހިފަހައްޓަންޖެހޭ ބައެކެވެ. އުސޫލުތަކާއި ހަމަތަކުން ބޭރުވެއްޖެ ނަމަ އައިފެކްއިން ގަބޫލު ކުރާ އެކައުންޓިން ބޮޑީއެއްގެ މެންބަރުކަމުގައި އެމީހަކަށް ނުހުރެވޭނެ އެވެ.