ވެމްކޯއިން މުއައްޒަފުންގެ ޕެންޝަން ޖަމާ ނުކުރާތާ 8 މަސް ވެފައިވާކަން ދިޔަވަރު ނޫހަށް ސާބިތު ވެއްޖެއެވެ. މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މުއައްޒަފުންގެ އަތުން ކޮންމެ މަހަކު ވެސް، ދަނީ ޕެންޝަނަށް ފައިސާ ކަނޑަމުންނެވެ. ނަމަވެސް ގިނަ އަދަދެއްގެ މުއައްޒަފުންގެ ޕެންޝަން ވެމްކޯއިން ޖަމާ ނުކުރެއެވެ.
މަގާމުގައި ހުރުމަށް ކޮންމެ އެސްއޯއީ އަކުން މުއިއްޒަށް ދަނީ ކޮންމެ މަހަކު ޗަންދާ ދެމުންނެވެ. އާންމު ގޮތެއްގައި މިގޮތަށް ދެމުންދާ ފައިސާއަކީ ސަޕްލަޔަރުންނާއި، ކޮންޓްރަކްޓަރުންގެ އަތުން އެމީހުންނަށް ފައިސާ ދޫކުރާ މަތިން އަތުލާ ބިލުގެ %20 އަށް ވާ ފައިސާއެވެ. މި ފައިސާ ނެގުމަށްފަހު، ސަރުކާރު ކޮންމެ ކުންފުންޏަކުންވެސް އެ ފައިސާ ހަވާލު ކުރަނީ ރައީސް މުއިއްޒު އާއިއެވެ. ކުންފުނިތަކުން ރައީސް މުއިއްޒު އާއި ހަވާލުކުރާ ފައިސާ ބޭނުން ކުރަނީ ސޯޝަލް މީޑިޔާއާއި، މަޖިލީހުގެ މެމްބަރުންނާއި، ކޯޓުތަކަށް ފައިސާ އަޅައި ރައްޔިތުންގެ ހައްޤުތައް ނައްތާލުމަށެވެ.
ދިޔަވަރު ނޫހަށް މައުލޫމާތު ލިބޭ ގޮތުގައި ވެމްކޯ އިން ހިންގާ ޕްރޮޖެކްޓްތައް މަދުވެ، އަދި ފައިސާ ނުދީ ހުރި ބައެއް ޕްރޮޖެކްޓަތައް ކޯޓުތެރެއިން ނިންމަމުން ދާތީ، ރައީސް މުއިއްޒުއަށް ޕްރޮޖެކްޓްތަކުން ނަގާފައި ދޭނެ ފައިސާ ހަމަ ނުކުރެވޭތީ، ވެމްކޯއިން ނިކަމެތި ރައްޔިތުންގެ ޕެންޝަން ފައިސާ ނެގުމަށް ފަހު، ޕެންޝަނަށް ޖަމާ ނުކޮށް މުއިއްޒަށް ދަނީ އެފައިސާ ދެމުންނެވެ.
ރައީސް މުއިއްޒުއާއި އެމަނިކުފާނުގެ އަރިސް ފަރާތްތައް މުއްސަނދިވަމުން ދަނީ ދިވެހި ނިކަމެތި ރައްޔިތުންގެ ފައިސާ އެކި ގޮތްގޮތުން ނަގައި ފޭރުމާއި ޓެކުމުގެ ތެރެއިންނެވެ.