ޚަބަރު

ސްޕްރީމް ކޯޓާއި، މަޖިލީހަށް ވެރިވެ، ރައްޔިތުންގެ ޙައްޤުތައް މުއިއްޒު ނިގުޅައިގަނެފައި ވާތީ، ރާއްޖޭގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ބަލައި، ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރުން އެދިއްޖެ

ދިޔަވަރު
ސްޕްރީމް ކޯޓާއި، މަޖިލީހަށް ވެރިވެ، ރައްޔިތުންގެ ޙައްޤުތައް މުއިއްޒު ނިގުޅައިގަނެފައި ވާތީ، ރާއްޖޭގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ބަލައި، ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރުން އެދިއްޖެ

ސްޕްރީމް ކޯޓާއި، މަޖިލީހަށް ވެރިވެ، ރައްޔިތުންގެ ޙައްޤުތައް މުއިއްޒު ނިގުޅައިގަނެފައި ވާތީ، ރާއްޖޭގައި ހަމަނުޖެހުން އުފެދިދާނެ ކަމަށް ބަލައި، ރާއްޖެއަށް ދަތުރު ނުކުރުމަށް ސިންގަޕޫރުން އެދިއްޖެއެވެ. މުއިއްޒުގެ އަނިޔާވެރި ކަމުގެ ސަބަބުން އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަމަށް 2025 ވަނަ އަހަރުވެސް ކުރިމަތިވެގެން މި ދިޔައީ ބޮޑު ގޮންޖެހުމަކާއި އެވެ.

މީގެ ކުރިން އިންޑިޔާއާއި މެދު މުއިއްޒު ގެންގުޅުނު ޕޮލިސީ ތަކުގެ ސަބަބުން، އިންޑިޔާގެ ފަތުރުވެރިން ރާއްޖެއަށް އައުން ވަނީ މަދުވެފައެވެ. އެކަން ބޮޑުވެގެން ދިޔައީ ޝިއުނާއާއި، މަލްޝާ އިންޑިޔާގެ ބޮޑުވަޒީރާއި މެދު ޓްވިޓަރގައި ރައީސް މުއިއްޒު އެދިގެން އެއްޗެހި ކިޔުމާއި ގުޅިގެންނެވެ.

އޭގެ ފަހުން މުއިއްޒު ވަނީ ޓުއަރިޒަމް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީ އެންވާރމެންޓް މިނިސްޓަރ އާއި ހަވާލު ކޮށްފައެވެ.

މުއިއްޒުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ފާއިތުވި 40 އަހަރު ނުވާ ގެއްލުން ވަނީ ވެފައެވެ. ސިންގަޕޫރުން ރާއްޖެއަށް ދަތުރު ނުކުރުމަށް އެދި ފައިވަނީ، ރާއްޖޭގައި އިންސާފު ގެއްލިފައިވާތީ އުފެދިދާނެ ހާލަތަކަށް ރިޢާޔަތް ކޮށެވެ. މި ގޮތުން ސްޕްރީމް ކޯޓު މުއިއްޒު ހިސާރު ކޮށްގެން އުޅޭ މައްސަލައާއި، މަޖިލީހުގެ ކޮންޓްރޯލަ ނަގައި، ފުލުހުން ބަލަމުންދާ މައްސަލަ ތަކަށް އިހްސާން ބާރު ފޯރުވާ މައްސަލަތައް ބައިނަލްއަގްވާމީ ދުނިޔޭގެ ސަމާލުކަމަށް އައިސް ރާއްޖެއަށް ދަތުރުނުކުރަން އެގަމުގެ ރައްޔިތުންނަށް ސިންގަޕޫރުން ވަނީ ގޮވާލާފައެވެ.