ޚަބަރު

މޯލްޑިވްސް 2.0 ހަދަނީ، އިތުރަށް ޑިޖިޓަލައިޒްކޮށް BML ގައި ބާކީ ހުރި ރައްޔިތުންގެ ފައިސާކޮޅުވެސް ވަގަށް ނަގަންތޯ؟

ދިޔަވަރު
މޯލްޑިވްސް 2.0 ހަދަނީ، އިތުރަށް ޑިޖިޓަލައިޒްކޮށް BML ގައި ބާކީ ހުރި ރައްޔިތުންގެ ފައިސާކޮޅުވެސް ވަގަށް ނަގަންތޯ؟

މޯލްޑިވްސް 2.0 ގެ ނަމުގައި ރާއްޖެ އިތުރަށް ޑިޖިޓަލައިޒް ކޮށް ސެކިޔުރިޓީ ރަނގަޅު ކުރަން ކަމަށް ބުނެ މުއިއްޒު މާ ބޮޑު މަޝްރޫޢު އެއް މި ފެއްޓީ ދިވެހި ރައްޔިތުންނަށް ޖެއްްސުންކޮށް މަލާމާތް ކުރަންތޯއެވެ؟

ބޭންކު އޮފް މޯލްޑިވްސްގެ ފުރިހަމަ ކޮންޓްރޯލް ރައީސް މުއިއްޒުގެ ސަރުކާރުން ނެގި ފަހުން، އެކައުންޓްތަކުގައި ހުރި ފައިސާ ގެއްލޭ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އާންމު ރައްޔިތުންގެ ފައިސާ ވީ ނުވީއެއް ނޭނގި ދުނިޔޭގައި މި ގޮތަށް ގެއްލޭ ހަމަ އެކަނި ބޭންކަކީ ބެންކް އޮފް މޯލްޑިވްސްއެވެ. މިއީ ޑިޖިޓަލް ބޭންކެކެވެ. މުޅި އުމުރު ދުވަހު ބުރަ މަސައްކަތް ކޮށް ހޯދާފައި ހުންނަ ފައިސާ ކޮޅު މުސްކުޅި ވާ ދުވަހު ވަގަށް ނަގަނީ ބީއެމްއެލް ތެރެއިންނެވެ. ރާވައިގެން ހިންގާ މި ވައްކަން ކުރާތާ 30 އަހަރު ވީއެވެ. މިކަން ދުވަހަކު ނުކުރާ މިންވަރަށް ފާޅުގައި ކުރަން ފެށީ މުއިއްޒުގެ ވެރިކަމަށް އައިސް ބީއެމްއެލް ހިސޯރު ކުރި ހިސާބުންނެވެ.

2.0 ކިޔާފައި ޑިޖިޓަލް ތަރައްޤީގެ ވާހަކަ ދައްކަން ލަދެއް ނުގަނޭހެއްޔެވެ؟ މިއީ ސަރުކާރު ހިއްސާވާ ބޭންކެކެވެ. ރައްޔިތުންގެ ފައިސާއަށް އެއްވެސް ރައްކާތެރިކަމެއް ނެތެވެ. އެކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަން ކުރަން ބޭނުންވާ އެއްވެސް ފަރާތެއް ނެތެވެ. ބީއެމްއެލް އިން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުންނަށް ރިޝްވަތު ދެއެވެ. ކޯޓުތަކުގެ ގާޒީންނަށް މި މައްސަލަތައް ހިންދާލަން ރިޝްވަތު ދެއެވެ. މިކަން ކުރަނީ ބީއެމްއެލްއިން އައުޓްސޯސްކޮށް ނަގާފައި ހުންނަ ލޯފާމް މެދުވެރި ކޮށެވެ. ބީއެމްއެލް އަޑީގައި ހުރެގެން ވައްކަން ކޮށް، ކާޑުގެ ތަފްސީލް ލީކްވީ ކަމަށް ބުނެ ދިމާވެފައިވާ އެއްވެސް މައްސަލައަކަށް ކޯޓުގައި އެއްވެސް ރައްޔިތަކަށް އިންސާފު ލިބިފައި ދުވަހަކުވެސް ނުވެއެވެ. ލައްކަ އަކަށްވުރެ ގިނަ ފަރާތްތަކުގެ ބޭންކު އެކައުންޓުން ވައްކަން ކޮށްފައިވާއިރު، ކޯޓުތަކަށް މަދު ބަޔަކު ނަމަވެސް ހުށައެޅި އެއްވެސް މައްސަލައެއް ބީއެމްއެލްއާއި އެއްކޮޅަށް ނޫނީ ނިންމާފައެއް ނުވެއެވެ.

ބީއެމްއެލް އިން ރައްޔިތުންގެ ފައިސާ ފޭރެނީ ޑިޖިޓަލައިޒް ކޮންނެނެވެ. އެކަން ހައްލު ނުކޮށް އެއްވެސް ވެރިއަކު ރާއްޖެ ޑިޖިޓަލައިޒް ކުރާ ވާހަކަ ނުދައްކާށެވެ. ހާއްސަކޮށް ބޭންކުގެ ކޮންޓްރޯލް ނަގައިގެން މުއިއްޒު ހުރެ، 30 އަހަރު ނުކުރާ ވަރަށް އާންމު ރައްޔިތުންގެ ބޭންކު އެކައުންޓްތަކުން ފައިސާ ނަގައި ވައްކަން ކުރަމުން ދާއިރު، ޑިޖިޓަލް އޭ 2.0 އޭ ކިޔައި އަނގަ ނުހުޅުވާށެވެ.