ޚަބަރު

ކުރުސީ ބްލޮކް ކޮށްލީ ވެރިކަން ކުރެވޭ ވަރަށް ވުރެ ނަފްސާނީ ގޮތުން މުއިއްޒު ބަލިކަށިވެގެން: ރައީސް އޮފީސް މިނިސްޓަރެއް

ދިޔަވަރު
ކުރުސީ ބްލޮކް ކޮށްލީ ވެރިކަން ކުރެވޭ ވަރަށް ވުރެ ނަފްސާނީ ގޮތުން މުއިއްޒު ބަލިކަށިވެގެން: ރައީސް އޮފީސް މިނިސްޓަރެއް

ރައީސް މުއިއްޒު، ކުރުސީ ބްލޮކް ކޮށްލީ ވެރިކަން ކުރެވޭ ވަރަށް ވުރެ ނަފްސާނީ ގޮތުން މުއިއްޒު ބަލިކަށިވެގެން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރެއް އޭނާގެ ރައްޓެއްސެއް ކައިރީ ދާދި ދެންމެ އަކު ބުނެފިއެވެ.

މުއިއްޒުގެ ވައްކަމާއި، ކޮރަޕްޝަން ހަސަން ކުރުސީ އާއި ރާއްޖޭގެ ބައެއް ނޫސްތަކުން ގެނައުމުން، މުއިއްޒު ކަންކަމާއި ހާސްވެ، އެކި މީހުންނަށް ގުޅައި ބަވައި، އެއްޗެހި ލީކްވާ ގޮތް ހޯދުމަށް އަންގާފައި މީގެން ކުރިން އެބަހުއްޓެވެ.

މުއިއްޒު އަންގައިގެން ހަސަން ކުރުސީ ހޯދުމަށް އިޒްރޭލުގެ މޮސާޑުގެ އިތުރުން 3 ގައުމެއްގެ އެޖެންސީ ތަކާއި ބައްދަލުކޮށް އަލީ އިހްސާން ވަނީ އެކަމަށް ވަނީ އެދިފައެވެ.

މުއިއްޒަކީ ކަނޑައެޅިގެން އެތައް ހާސް ދޮގެއް ދިވެހި ރައްޔިތުންނަށް ހަދާފައިވާ، ކައްޒާބެއް ގޮތުގައި މީހުން ސިފަކުރާ، ނަފްސާނީ ގޮތުން ހަމަޖެހޭ މީހެއް ނޫންކަމަށް ރައީސް މުއިއްޒު އާއި އެންމެ އަރިސްކޮށް އުޅޭ ފަރާތްތައް އެތައް ތަނެއްގައި ވާހަކަ ދައްކާފައި އެބަހުއްޓެވެ.

ވައްކަންކޮށް ދޮގު ހެދުމުގެ އިތުރުން މުއިއްޒު ހަމައެކަނި ކުރާ ކަމަކީ ކުރުސީގެ ޓްވީޓްތައް ބަލައި، އަދަދު ނޫހާއި ދިޔަވަރު ކިޔައި، އެކަމާއި ރުން ކުރުވެ ބެވުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރ ޚަލީލުގެ ރައްޓެއްސެއް ދިޔަވަރު ނޫހަށް ޚަލީލު އާއި ހަވާލާދީ ކިޔައިދިނެވެ.

މުއިއްޒު ދޮގޮ ހަދާ ވަރުން މުއިއްޒުގެ އެއްވެސް ކަމެއް ހަމަ މަގުން ކުރެވޭނެ ގޮތެއް ނެތި ރައީސް އޮފީހުގައި ތިބި ޕީއާރު ކުދިންވެސް މާޔޫސްވެފައިވާ ކަމަށާއި، ސަރުކާރުގެ ވަޒީރުން ފެށިގެން މަތިން ތިރިއަށް މުއިއްޒު ވެރިކަމުގައި ބެހެއްޓުމަށް ބޭނުންވާ މަދު ބަޔަކު ނޫނީ ނެތްކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިފައިވެއެވެ.

ހަސަން ކުރުސީ އެންމެފަހުން ކުރި ޓްވީޓްތަކުން މުއިއްޒު އެންމެ ހާސްވެފައިވަނީ ވެރިކަން ނިމުމުން އިންސާފުގެ މަގުން މުއިއްޒު އާއި، އިހްސާންގެ މައްޗަށް ހުކުމް އިއްވައި، އެމީހުންގެ މުދާތައް ދައުލަތަށް ނަގާނެ ކަމުގެ ވާހަކައެވެ. މުއިއްޒު އަރިހު ވެރިކަމުގައި ހުރެ، ތާޢީދު ކުރަން ނެތް ސިޔާސީ ބަޔަކު، ވެރިކަން ގެއްލުމުން އަމުދުން ނުތިބޭނެ ކަން މުއިއްޒަށް އެނގެއެވެ. މުއިއްޒު އެތައް ބަޔަކަށް ކައިރިންނާއި ދުރުން އަނިޔާވެރިވެ، އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ކުންފުނިތަކުން ނަގައި ވައްކަން ކުރަމުންދާއިރު، މުއިއްޒު ކުރަމުންދާ މި ވައްކަމާއި، ދައުލަތުގެ މުދާ ލޫޓުވައި ހިންގަމުންދާ ޖަރީމާތަކުގެ ހެކިތައް ހުރި ފަރާތްތައް މުއިއްޒު އާއި ދެކޮޅަށް ކޯޓުގައި ހެކިބަސް ދޭން ތިބި ކަމަށް މައުލޫމާތު ލިބެއެވެ.