އދ. އާއި އޭޝިއާ ޕެސިފިކް ލޯ އެސޯސިއޭޝަން ހިމެނޭހެން ބައިނަލްއަޤްވާމީ 4 ޖަމާޢަތަކުން ފަނޑިޔާރުން ނުޙައްޤުން ވަކި ކުރަން މުއިއްޒު ހިންގާ ޖަރީމާއާއި ދެކޮޅު ހަދައިފިއެވެ.
އދ. ދެކެނީ މިހިންގަނީ ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުގެ ގޮތުގައި ތިއްބެވި ހުސްނުއްސުއޫދު އާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑުކުރީ ނުފޫޒު ފޯރުވަން ކަމަށް ބެލޭ ކަމަށް ބުނެ އދ. އިން ކަންބޮޑުވުން ފާޅުކޮށް އެކަމާއި ދެކޮޅު ހަދާފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.
އދ. ގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުން އަދި ކުރެވޭ ކޮންމެ ތަހުގީގަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.
"މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެހެން ގާނޫނުއަސާސީއަށް ގެނައި ބަދަލާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވާ، އެ ކޯޓުގެ ނިންމުން ބަލިކަށިކުރަން ހިންގި އަމަލުތަކެއް ކަމުގައި ބެލެވޭ" އދ. ގެ މިނިވަން ފަނޑިޔާރުންނާއި ވަކީލުންނަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު، މާގަރެޓް ސެޓާވެއިޓް ވިދާޅުވެފައިވެ އެވެ.
ލޯއޭޝިޔާ އިން ހާމަ ކުރީ ފަނޑިޔާރުން ވަކި ކުރަމުން ދަނީ އަދުލުވެރި ކަމާއި އެކު ނޫން ކަމަށް
އެކި ފަރާތްތަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބެންދެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތް މަޑުޖައްސާލަން ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިޔާ އެންޑަ ޕެސިފިކް އިން ވަނީ ގޮވާލައިފައެވެ.
ލޯއޭޝިޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެ މައްސަލައިގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ލިބުމުގެ ކުރިން ފަނޑިޔާރުން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުމަށެވެ.
ފަނޑިޔާރުން ވަކި ކުރުމުގެ ހުރިހާ މަރުހަލާއެއްގައި ދެފުށް ފެންނަންޖެހޭ ކަމަށް ވެސް ލޯއޭޝިޔާއިން ބުންޏެވެ. އަދި ފަނޑިޔާރުން ވަކި ކުރަން ގެންގުޅޭ އުސޫލަކީ އިންސާފު، އަދުލުވެރި އުސޫލެއްކަން ކަށަވަރު ކުރަން ވެސް އެ ޖަމިއްޔާއިން ގޮވައިލި އެވެ.
ކޮމަވެލްތު ލޯޔާސް އެސޯސިއޭޝަނުން ވެސް ވަނީ މި އަމަލަކީ މުއިއްޒު ކޯޓުތަކަށް ނުފޫޒު ފޯރުވަން ހިންގާ އަމަލެއް ކަމަށް ސިފަކޮށް މިކަމާއި ދެކޮޅު ހަދާފައެވެ.
"ފަނޑިޔާރުން ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހިންގި ތަހުގީގުގައި ޑިއު ޕްރޮސެސް ފޮލޯ ނުކުރުމާއި ޓްރާންސްޕޭރަންސީ ނެތް މައްސަލައިގައި ދިވެހިރާއްޖޭގެ ބާ ކައުންސިލާއި ލޯއޭޝިޔާ އާއި ކޮމަންވެލްތު ވަކީލުންގެ ޖަމިއްޔާއިން ހިއްސާކޮށްފައިވާ ކަންބޮޑުވުންތައް މި އެސޯސިއޭޝަނުން ވެސް ބަލައިގަންނަން،" އިންޑިއާ ބާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މުއިއްޒު އާއި އޭނާގެ އަނިޔާވެރިން ރައްޔިތުންނަށް ލިބެން އޮތް އިންސާފު ނިގުޅައިގަތުމަށް ސުޕްރީމް ކޯޓަށް ދެމުންދާ ހަމަލާ މިވަނީ ކުށްވެރި ކޮށް އެކަން ނުކުރަން ގޮވާލާފައެވެ. މުއިއްޒުގެ އަނިޔާވެރިކަން މުޅި ދުނިޔެއަށް ތަންމިނަށް ހާމަވެ، ކަންބޮޑުވުން ފާޅު ކުރަމުންދާއިރުވެސް، އަދުލުވެރިކަން ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ނުދިނުމަށް، މުއިއްޒު މި ހިންގާ އަނިޔާވެރި ޖަރީމާ ދަނީ ހަމަ ކުރިއަށެވެ.