ޕެންޝަން ނުދައްކާ ވާހަކަ ދޮގު ކޮށް ވެމްކޯއިން ނެރުނު ބަޔާނުގައި، ޕެންޝަން ނުދައްކާކަމަށް އެއްބަސް ވެއްޖެއެވެ.
މި ބަޔާނުގައި ވަނީ، މޯލްޑިވްސް ޕެންޝަން އޮފީހާއި މި ކޯޕަރޭޝަން އާއި ދެމެދު ވާހަކަ ދެކެވި، ޖެހިފައިވާ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމުގެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ. ޖެހިފައި ވަނީ ކޮން މައްސަލައެއް ކަމެއް ވެމްކޯއިން ހާމަ ނުކުރާއިރު، ފައިސާ ނުދެއްކުން ފިޔަވާ އިތުރު އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަން ޕެންޝަން އޮފީހުގެ އިސް އޮފިޝަލެއް ދިޔަވަރު ނޫހަށް ކަށަވަރު ކޮށްދެއެވެ.
މީގެ އިތުރުން މި ބަޔާނުގައި ވަނީ "އެއްވެސް މުއައްޒަފެއްގެ ޕެންޝަން ޙައްޤަށް އުނިކަމެއް ނާންނާނެހެން، ފައިސާ ދެއްކުން މިވަނީ ރޭވިފައެވެ." މިފަދައިން ރޭވިފައި ވީ ނަމަވެސް މިފައިސާ މިހާތަނަށް ނުދައްކައި 8 މަސްވެފައި ވުމަކީ ޤާނޫނީ ކުށެކެވެ.

ޕެންޝަނަށް ދައްކަން ހުރި ފައިސާ ރައީސް މުއިއްޒަށް ކޮންމެ މަހަކު ވެމްކޯ އެމްޑީ ދަނީ ދެމުންނެވެ. މިއީ ރައީސް މުއިއްޒު މަޖުބޫރުކޮށްގެން ހުރިހާ އެމްޑީއިންގެ އަތުން ނަގަމުންދާ ފައިސާއެވެ. މިއީ ރޯމާ ދުވާލު ކުރަމުންދާ ވައްކަމެވެ. މިއަދު މިވަނީ އެންމެ ފަހުން ރައްޔިތުންގެ ޕެންޝަން ފައިސާ ކޮޅުވެސް، މުއިއްޒު ވަގަން ނަގަން ފަށާފައެވެ.