އުޝާމު މަސައްކަތް ކުރަނީ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލާގައި މުއިއްޒު ލައްވައި ގޯސް ހެދުވުމަށެވެ. ހަމަ ޤައިމުން މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބުން ހުރީ ހުސް ގޯސް ހެދިފައެވެ. މިކަން އދ. ކޮމަންވެލްތް، އޭޝިއާ ޕެސިފިކް އެސޯސިއޭޝަން އޮފް ލޯޔާސްގެ އިތުރުން އިންޑިޔާގެ ބާރ އެސޯސިއޭޝަނުން ވެސް އެ އޮތީ ހާމަ ކޮށްފައެވެ.
މުއިއްޒު ދަނީ މިކަމުގައި އުޝާމު އަށް ޑެލިވަރ ނުކުރެވޭ ކަމަށް ބުނަމުންނެވެ. ޤާނޫނީ ގޮތުން ސަލާމަތް ނުވެވޭ ވަރުގެ ކަމެއް ފަނޑިޔާރުންގެ ބޮލުގައި އެޅުވުމަށް މުއިއްޒު ބޭނުންވިއަސް އެކަން އުޝާމު އަކަށް ނުކޮށް ދެވުނެވެ. މުއިއްޒަށް މައްސަލައަކަށް ވެގެން އުޅެނީ އެކަމެވެ. އުޝާމު އުފައްދާފައިވާ މައްސަލައަކީވެސް ޤާނޫނީ ގޮތުން އޭގައި އެއްވެސް ބުރަދަނެއް ނެތް މައްސަލައެއް ކަމުން، ފަނޑިޔާރުންގެ މައްސަލާގައި މުއިއްޒުގެ އަތުގައި ބިޑި އެޅުވޭނެ ދުވަހެއް އައުމަކީ ހަމަ ވަރަށް ކައިރި ކަމެއް ކަމުގައި ޤާނޫނީ ވަކީލުންނާއި އެތައް ފަނޑިޔާރުންނެއް އެދަނީ ބުނަމުންނެވެ. މުއިއްޒު އާއި ހަމައަށް މިއަޑު ނާރަނީ ޤާނޫނީ ލަފާ ދޭން ހުންނަވަނީ ވެސް ހަމަ އުޝާމު ކަމަށް ވާތީއެވެ.
އާޚިރުގައި އުޝާމު މުއިއްޒު އާއި ދެކޮޅަށް ހެކިދޭނެއެވެ. ފައިސާއިން ވިކިގެން ފަނޑިޔާރުންނާއި ދެކޮޅަށް ކުޑަ ކޮމިޓީގައި ތިބެ ފަނޑިޔާރުން ވަކި ކުރުމަށް ނިންމި އެންމެން މުއިއްޒު އާއި ދެކޮޅަށް ކޯޓުގައި އަދި ހެކިބަސްދޭ ދުވަސް އަންނާނެއެވެ. އުޝާމު އާއި ޤާނޫނީ ގޮތުން ގާތް ފަރާތްތައް އަބަދުވެސް ތިބޭނެއެވެ. އުޝާމު ހަދާނީ ޑީލެކެވެ. މުއިއްޒުއަށް މިކަމުގައި މުއިއްޒުގެ ބެނދޭ މަޅި ނުފެނި ހުއްޓާ މަޅިއަކަށް ގޮސް އެ މެހެވެނީއެވެ.
2028 ގައި މުއިއްޒު ވެރިކަމަށް ނުހޮވޭނެ ކަމަށް އުޝާމު ގަބޫލު ކުރެއެވެ. އުޝާމުގެ ތާޢީދު އޮތީ އެމްޑީޕީގެ ކެނޑިޑޭޓަކަށެވެ. އެމްޑީޕީއިން ވެރިކަމަށް އައިސް އުޝާމު ގަންބާ ނުލާނެ ކަމުގެ ޔަގީން ކަން މިހާރުވެސް އޭނާ ވަނީ ހޯދާފައެވެ. އުޝާމު އެކަން ކޮށްފައިވަނީ މި ސަރުކަރުގައި އޭޖީއަކަށް ހުރެ ހަދާފައިވާ ބައެއް ޑީލްތަކާއި އެކުވެސް މެއެވެ. އަދި އުޝާމުގެ އާއިލާ އެމްޑީޕީ އިން ދެން އަންނަ ކެނޑިޑޭޓަށް ބެކް ކޮށް ފުރިހަމަ އަށް ސަޕޯޓު ކުރާނެއެވެ.
މުއިއްޒުގެ ޕްރެޝަރާއި ހުރެ، މުއިއްޒު އަންގައިގެން 3 ފަނޑިޔާރުންގެ ދުވަސް ދުއްވާލަން އުޝާމަށް މަޖުބޫރުވެފައި ވުމުން، އުޝާމަށް ކުރެވުނު މަސައްކަތެއް އެދަނީ ކުރަމުންނެވެ. އުޝާމަށް "ވާން އޮތް ގޮތަކަށް" މިކަން ކޮށްގެން މިއިން ސަލާމަތެއް ނުވާނެއެވެ. ފަނޑިޔާރުން ވަކި ކުރެވޭނީ އޮންނަ ހަމައެއްގެ ތެރެއިންނެވެ. ފަނޑިޔާރުން އައްޔަން ކުރަނީ އުމުރަށް ނުވަތަ 75 އަހަރަށް ނުވަތަ އެ ޤައުމެއްގެ ޤާނޫނު އަސާސީގައި ކަނޑައަޅާ ދިގު މުއްދަތަކަށެވެ. ހަމަ ހިތަށް އަރާއިރަށް ސްޕްރީމް ކޯޓް ފަނޑިޔާރުން ބަދަލު ކުރުމަކީ އާދައިގެ ކަމެއް ކަމަށް މުއިއްޒަށް ހީފުޅުވެގެން އުޅުނަސް، އެއީ ދުނިޔޭގެ އެއްވެސް ޤައުމެއް ޤަބޫލު ކުރާނެ ކަމެއް ނޫނެވެ.
ވެރިކަން ވެއްޓިދާނެ ކަމަށް ބިރަށް މުއިއްޒު ތެޅޭ އިރު، 2 މީޓަރު ދުރެއް މުއިއްޒު އަކަށް ނުފެނެއެވެ. ކަން ހިނގަމުންދާ އުސްލޫބާއި، ކަން ހިނގާނެ މަގު ވަޒަނެއް ނުކުރެވެއެވެ. ނަފްސާނީ ގޮތުން މީހާ ހާސްވެ އަބަދު ކަންބޮޑުވެ، ރިއޭކްޓްކޮށް މީހުންނަށް ގުޅައި، މިޓުވީޓްކޮށް އެ ޓްވީޓް ކުރަން އަމުރު ކުރުން ނޫން ކަމެއް ނުކުރެވެއެވެ. ދެން ކުރާހާވެސް ކަމަކީ ވައްކަމެވެ. ވައްކަންވެސް ކޮށްފައިވަނީ އެއިން ދެން ސަލާމާތް ވާން ދަތި މިންވަރަށެވެ.