ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން، ޑރ.އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ރައްޔިތުންގެ މަލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލާގައި ބަހުސްކުރުމަށް ރިޔާސަތުން އެއްގަޑިއިރު ވަނީ ދީފައެވެ. މައްސަލައިގެ ބަހުސް ނިންމާ މިއަދު ކޮންމެ ފަނޑިޔާރަކަށް ވަކިވަކިން ނެގި ވޯޓުގައި 79 މެމްބަރުން ވޯޓު ދެއްވާފައިވާއިރު ފަނޑިޔާރުން ވަކި ކުރުމަށް 68 މެމްބަރުން ވޯޓު ވަނީ ދެއްފާއެވެ. އަދި ފަނޑިޔާރުން ވަކިކުރުމާމެދު ދެކޮޅަށް 11 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.
އަޒްމިރާލްދާ އާއި މަހާޒް ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއްގައެވެ.
އެގޮތުން ޖޭއެސްސީ އިން ފޮނުވި ރިޕޯޓް ރަނގަޅު ކަމަށް ކަނޑައަޅައި ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ނިންމައި ތަޅުމަށް ފޮނުވީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ ގޯސްކޮށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ކޮމިޓީއަށް ލަފާ ދެއްވާފައި ވަނިކޮށް، އެ ލަފައަށް ބެލުމެއް ނެތި އެވެ.
ދެ ފަނޑިޔާރުން ވަކި ކުރަން ނިންމުމާއި ގުޅިގެން ބައިނަލްއަގްވާމީ ވަރަށް ގިނަ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފަ އެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް އިއްޔެ ވަނީ މި މައްސަލައާ ދެކޮޅަށް ބަޔާނެއް ނެރެފަ އެވެ.
އެހެންނަމަވެސް މުއިއްޒުގެ އަމުރަށް ރައްޔިތުންގެ މަޖިލީހުން މިއަދު އެއްވެސް ކުށެއް ނެތް ދެ ފަނޑިޔާރުން މަގާމުން ވަކިކުރިއިރު, މުއިއްޒުވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, ޖުޑިޝަރީއަށް ނުފޫޒު ނުފޯފުވާކަމަށް ބުނެ, ގުރުއާންގެ އަތްލާ ދޮގުހުވާކުރަންވެސް ތައްޔާރަށް ހުރިކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް, ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މެމްބަރުންނަށް މުއިއްޒުވަނީ އަންގާފައެވެ. އެކަމަށްޓަކާ މުއިއްޒު މެމްބަރުނާ ބައްދަލު ކުރެއްވީ މުލިއާގޭގައެވެ. އަދި އެކަން އަންގާ ޕީއެންސީގެ ވަޓްސްއަޕް ގުރޫޕުގައި މުއިއްޒު ލިޔުއްވި މެސެޖްތައްވެސް ވަނީ މީޑިއާއަށް ލީކު ވެފައެވެ.
ދެ ފަނޑިޔާރުން ވަރަށް އަނިޔާވެރިކޮށް މަގާމުން ވަކި ކުރުމަށްފަހު, ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު ވަނީ, ރިޔާސީ ކެމްޕޭންގައި ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދާ ޚިލާފް ވެފައެވެ. އެއީ ޖުޑިޝަރީއަށް އަތް ނުބާނާނެކަމަށް ވިދާޅުވެ ވީ ވައުދެވެ.
އެގޮތުން މުއިއުއްޒު ފިޔަވާ, ވެރިކަމުގެ ދަހިވެތިކަމުގައި, މި އުސޫލުން ރައްޔިތުންނަށް ވީ ވައުދުތަކާ ޚިލާފް ވެވަޑައިގެންނެވި ވެރިއަކު ދިވެހި ތާރީޚު ދެކަފައެއް ނުވެއެވެ. މުއިއްޒުގެ ލެގަސީއަކަށް ވެގެންދާނީ އަނިޔާވެރިކަމާއި ދޮގާއި މަކަރާއި ހީލަތްތެރިކަން މެނުވީއެހެން ކަމަކަށް ވެގެން ނުދާނެކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.