ފޭދޫ އުތުރުދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ހިއްސާވާ ހައިވެންޗަރސް ޕްރައިވެޓް ލިމިޓެޑް އަށް 2022 ވަނަ އަހަރު ހަވާލުކުރި މަސައްކަތެއް ނުނިންމުމުން އެމްއޭސީއެލްއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށްވެސް އެ މަޝްރޫއުގެ އަގުގެ ގޮތުގައި 1.7 މިލިއަނަށްވުރެ ގިނަ ރުފިޔާ އެ ކުންފުންޏަށް ދީފިއެވެ.
އެއަރޕޯޓް ޓަރމިނަލްގައި ފާހާނާ ބަރިޔެއް ހަދަން އިސްމާއީލް ނިޒާރުގެ ހިއްސާ އޮންނަ މި ކުންފުންޏާ ހަވާލުކުރި މަސައްކަތް އެތައް ފަހަރެއްގެ މަތިން ނުނިންމުމުން އެ މަސަކަތް ނިންމާފައިވަނީ އާރުސީއިންނެވެ.
ވެރިކަން ބަދަލުވުމާއެކު މި ކުންފުންޏަށް ފައިސާ ލިބިފައިވަނީ މިދިޔަ އަހަރުގެ މެދެއްހާ ހިސާބުގައެވެ. ޖުމްލަ އަގުގެ ދެ ބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް އެ ކުންފުންޏަށް ދީފައިވަނީ ރައީސުލް ޖުމްހޫރިއްޔާއަށް އެނގިވަޑައިގަތުމަކާ ނުލައި މަޖިލީސް ރައީސް އަބްދުއްރަހީމް މެދުވެރިވެގެން ކަމަށް ނަން ހާމަކުރުމަށް އުޒުރުވެރިވާ އެމްއޭސީއެލްގެ މުވައްޒަފަކު މި ނޫހަށް މައުލޫމާތު ދީފައިވެއެވެ.
ހައިވެންޗަރސް ކުންފުންޏަށް މަސައްކަތް ނިންމިފައި ނުވަނީ އެ ކުންފުނީގައި ސައްހަ ވިސާއާއެކު މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ނެތުމާއެކު އެއަރޕޯޓް ފާސް ނުހެއްދި އެކްސްޕްލޮއިޓް ލޭބަރުން ބޭނުން ކުރަން މަސައްކަތް ކުރުމުންނެވެ. މެމްބަރު އިސްމާއީލް ނިޒާރުގެ އިތުރުން އެ ކުންފުނީގެ ދެވަނަ ހިއްސާ ދާރަކީ އެލައިޑް ގެ ޚިޔާނާތަކާ ގުޅިގެން އެ ކުންފުނިން ވަކިކޮށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން އެ ކަށީގެންވާ ހެކި ނެތުމުން ދައުވާ ނުކޮށް ދޫކޮށްލާފައިވާ ބ ކަމަދޫ ވީސަންގެ އަހުމަދު ހުޝާމްއެވެ. އޭނާއާއި އޭނާގެ އަންހެނުންނަކީވެސް ފައިސާގެ އެކި މުއާމަލާތްތަކާއި ގުޅިގެން ސާބިތު ދަރަނީގެ މައްސަލަތަށް ސިވިލް ކޯޓަށް ސާބިތުވެފައިވާ ދެ މީހުންނެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރަމުން ދަނިކޮށް، ކޮމިޓީއަށް ބަދަލު ގެނެސްފި އެވެ.