ޚަބަރު

ގުޅީ ފަޅުގެ ބީޗް ފްރޮންޓުން 90 ގޯތި މުއިއްޒު ބޭނުންވާ ފަރާތްތަކަށް ދިނުމަށް، މިހާރު އެތަނުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތިތައް އެހެން ތަންތަނަށް ބަދަލުކޮށްފި

ދިޔަވަރު
ގުޅީ ފަޅުގެ ބީޗް ފްރޮންޓުން 90 ގޯތި މުއިއްޒު ބޭނުންވާ ފަރާތްތަކަށް ދިނުމަށް، މިހާރު އެތަނުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތިތައް އެހެން ތަންތަނަށް ބަދަލުކޮށްފި

ގުޅީ ފަޅުގެ ބީޗް ފްރޮންޓުން 90 ގޯތި މުއިއްޒު ބޭނުންވާ ފަރާތްތަކަށް ދިނުމަށް، މިހާރު އެތަނުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތިތައް އެހެން ތަންތަނަށް ބަދަލުކޮށްފި ކަމުގެ މައުލޫމާތު ދިޔަވަރު ނޫހަށް ލިބިއްޖެއެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ދެ ވަނަ ފަހަރަށް ބަދަލުކޮށްފައި މިވަނީ ގުޅީފަޅު ސިޓިޒެންސް އެސޯސިއޭޝަނާ މަޝްވަރާކޮށްފައި ކަމަށް ބުނެ ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ދޮގުވެސް ހަދާފައެވެ. މި ފަދަ މަޝްވަރާއެއް ނުކުރާއިރު، މިކަމުގެ އަޑީގައި އޮތީ މުއިއްޒު ބޭނުންވާ 90 ފަރާތަކަށް ގުޅީ ފަޅުގެ އެންމެ އަގުހުރި ބީޗް ފްރޮންޓް ސަރަހައްދުން ގޯތި ދިނުމަށެވެ.

ގުޅީފަޅުން ކުރިން ދޫކުރަން ނިންމާފައި ވަނީ 3670 ގޯތި އެކަންޏެވެ. އެއީ ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލު ކުރި 1337 ގޯތި ވެސް ހިމަނައިގެންނެވެ. ނަމަވެސް އެންމެ ފަހުން ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައިރު 90 ގޯތި އޮތީ އިތުރުކޮށްފައި ވެއެވެ. މިއީ މުއިއްޒު ބޭނުންވާ 90 ފަރާތަށް އެކަށައެޅި ގޯއްޗެވެ. މި ގޯތިތައް ބީޗް ފްރޮންޓުން ދިނުމަށްޓަކައި އެސަރަހައްދުން ގޯތި ދީފައިވާ ފަރާތްތަކުގެ ގޯތިތައް އަތުލައި، އެހެން ތަންތަނުން އެ ގޯތި ދިނުމަށް ނިންމީ މުއިއްޒު އަންގައިގެންނެވެ.

ގިރާފަރު ފަޅުން ގުޅީ ފަޅަށް ގޯތި ބަދަލު ކުރި ފަރާތްތަކަށް އަދިވެސް ސަރުކާރުން، ރަޖިސްޓްރީ ދޫކޮށްފައިވެސް ނުވެއެވެ. ފްލެޓުންނާއި ގޯތިން، ހުޅުމާލެ، ގުޅީފަޅު، ގިރާވަރު ފަޅު ބެލުމެއް ނެތި މުއިއްޒުގެ ސަރުކާރުން ދަނީ ވައްކަން ކޮށް، އެމީހުން ބޭނުންވާ މީހުންނަށް ތަންތަން ދިނުމަށް އުސޫލުތައް ބަދަލު ކުރަމުންނެވެ.