ޚަބަރު

ނަޝީދު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އިޒްރޭލުގެ އެމްބަސަޑަރާއި ބައްދަލު ކުރައްވައިފި

ދިޔަވަރު
ނަޝީދު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި އިޒްރޭލުގެ އެމްބަސަޑަރާއި ބައްދަލު ކުރައްވައިފި

ރައީސް ނަޝިދު ޔޫއޭއީއަށް ކުރެއްވި އަމިއްލަފުޅު ދަތުރުގައި އެގައުމުގައި ހުންނަ، އިޒްރޭލުގެ އެމްބަސަޑާރާއި ބައްދަލު ކުރެއްވިކަމަށް ދިޔަވަރު އޮންނަލައިނަށް މައުލޫމާތު ލިބިއްޖެއެވެ.

ރައީސް ނަޝީދަކީ ކުރިންވެސް އިޒްރޭލާއި ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. އަދި ރާއްޖޭގެ ތާރީޚުގައި ހަމައެކަނި އިޒްރޭލާއި ގުޅުން ގާއިމު ކުރި ރައީސްއަކީ ނަޝީދެވެ. އެމަނިކުފާނުގެ ތާޢީދު ގެއްލި އެކަނިވެރިވެފައިވާ މިދަނޑިވަޅުގައި ސިޔާސީ ކުރިމަގު އެއްކޮށް ގެއްލިދާނެތީ ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.

މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް ރައީސް ނަޝީދަށް މި ނޫހުގެ ފަރާތުން ގުޅާލުމުން ފޯނު ނިންވާފައި އޮތުމުން ގުޅޭ ގޮތެއް ނުވިއެވެ.

އިޒްރޭލުގެ އެމްބަސަޑަރ އާއި ބައްދަލުކޮށް ދެއްކި ވާހަކަތަކުގެ ތަފްސީލެއް ދިޔަވަރު ނޫހަށް ލިބިފައިނެތަސް، ރައީސް ނަޝީދު މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ މަޖިލީސް އިންތިހާބަށް ފައިސާ ހޯދުމުގެ މަސައްކަތް ކަމަށް ޑިމޮކްރެޓްސްގެ ބޭފުންގެ ފަރާތުން ޚަބަރު ލިބެއެވެ. މަޖިލީހުން މަދު ގޮނޑިތަކެއް ނަމަވެސް، ލިބޭތޯ ނަޝީދު ދަނީ މަސައްކަތް ކުރަމުންނެވެ.

އިޒްރޭލުން ދަނީ އިޒްރޭލުގެ އަނިޔާތައް ދިފާޢު ކުރާ ފަރާތްތަކަށާއި، އަދި ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ބައެއް ކަމަށް ސިފަކޮށް ސޯޝަލް މީޑިޔާގައި ވާހަކަ ދައްކާ ފަރާތްތަކާއި، އަދި މިވަގުތު އިޒްރާލާއި އެކު ތިއްބެވި ލީޑަރުންނަށް ފައިސާގެ ބޮޑެތި އެހީ ފޯރުކޮށް ދެމުންނެވެ.

ރައީސް ނަޝީދު ހިމެނޭހެން ގްރޫޕަކުން ހިންގާ ޓްވިޓަރ އެކައުން ހަސަން ކުރުސީގައި މީގެ ކުރިން ވަނީ ހަމާސް ޖަމާއަތަކީ ޓެރަރިސްޓުން ކަމަށް ބުނެ ރައްޔިތުންގެ ޚިޔާލު އެކަމާއި ގުޅިގެން ބަދަލު ކުރުމަށް މަސައްކަތް ކޮށްފައެވެ.