މުޅި ދުނިޔެ އަދި ވަކިން ހާއްސަކޮށް ދިވެހިރާއްޖޭގެވެސް އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ މިދަނޑިވަޅުގައިވެސް ރާއްޖޭގެ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ބޮޑެތި ވައްކާމާއި ކޮރަޕްޝަން އަމަލުތައް ހިންގަމުންދާ ވާހަކަ ނުދައްކާ ދުލެއްނެތެވެ. ހުރިހާކަމެއްވެސް ކުރަނީ ރައިސް މުއިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުންކަމަށް ބުނެއެވެ. ރައީސަށް ބައިއެޅޭ ގޮތަށް ވިއްޔާ މައްސަލައެއް ނެތޭ ބާރަށަ ކުރިއަށް ގެންދާށޭ ބުނާފަދައިންނެވެ,
ސަރކުރު ހިއްސާވާ އެންމެ ދުވަސްވީ ކުންފުނި ސްޓެލްކޯ ރައީސް މުއިއްޒުގެ ވެރި ކަމުގައި ފާހަނގަވީ އެންމެ ބޮޑެތި ވައްކަން އަދި ކޮރަޕްޝަން ފާޅުގައި ހިންގާ ތަނެއްގެ ގޮތުގައަވެ. ސޯޝަލްމީޑިޔާއަދި ނޫސްތަކުގައި އެތަނުގެ ކޮރަޕްޝަނާއި ވައްކަންތަކުގެ ވާހަކަ އެންމެ ބޮޑަށް ދައްކާތަނުގެ ގޮތުގައިއެވެ. މާލީ ދަތިކދަތިކަމާއި މުވައްޒަފުންގެ ހިތްހަމަނުޖެހުން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކުންފުނީގެ ވަޒީފާއާ ގުޅޭ ސިޔާސަތުތަކާއި އިދާރީ ހިންގުމުގައި ފާހަގަކުރެވޭ ބައެއް ކަންބޮޑުވުންތައް ދަންނަވާލަމެވެ.
ކުންފުނީގެ މާލީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައިވެސް، ވަޒީފާއަށް މީހުން ނެގުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މި މަޤާމުތަކުގެ ތެރެއިން ގިނަ މަޤާމުތަކަކީ ކުންފުންޏަށް މުހިންމު މަޤާމުތަކެއްވެސް ނޫނެވެ. މީގެ އިތުރުން، ގިނަ މުވައްޒަފުންނަކީ މަސައްކަތެއް ނެތި، ވަކި މަސައްކަތް ސަރަހައްދެއް ކަނޑައެޅިފައިނުވާ ބައެއްކަން ވެސް ފާހަގަކުރެވެއެވެ. މި ކަންކަމަކީ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް އިތުރުވެ، މާލީ ބުރަ ބޮޑުވާނެ ކަންކަމެވެ.
ކުންފުނީގެ އެމް.ޑީ ފަހުމީ ވަނީ ވަރަށް ފަހުން ހުރިހާ އިލެކްޓްރިކަލް އިންޖިނިއަރުންނަށް ޗީފް ފެންވަރުގެ މަޤާމުތަކަށް ޕްރޮމޯޝަން ދީ، މުސާރަ ބޮޑުތަނުން ބޮޑުކޮށްދީފައިވާކަން ފާހަގަކުރެވެއެވެ. މި ޕްރޮމޯޝަންތައް ދިނުމުގައި ގެންގުޅެފައިވާ މިންގަނޑުތަކުގެ ހަމަހަމަކަމާއި ހާމަކަމާމެދު ސުވާލު އުފެދިފައިވާކަން ފާހަގަކުރަމެވެ. ޚާއްޞަކޮށް، ބައެއް އިންޖިނިއަރުން ކުންފުނީގައި މަސައްކަތްކޮށްފައިވަނީ އެންމެ 2 އަހަރު ކަމަށްވެފައި، މި ފަދަ ކުރު މުއްދަތެއްގައި ޗީފް ފެންވަރުގެ މަޤާމަކަށް ކުރިއެރުން ދިނުމަކީ އެހެން މުވައްޒަފުންގެ ހިތްހަމަނުޖެހުން އިތުރުވާނެ ކަމެކެވެ.
މި ޕްރޮމޯޝަންތަކުގެ ސަބަބުން ކުރިމަތިވާ މާލީ އަސަރު ކުޑަކުރުމަށް، ދަށް ފަންތީގެ މުވައްޒަފުންނަށް އޯވަރޓައިމް (އޯޓީ) ދިނުން ހަނިކުރަން ފަށާފައިވާކަން ފާހަގަކުރެވެއެވެ. މިއީ ގިނަ މުވައްޒަފުންގެ މަހު އާމްދަނީގެ ބޮޑު ބަޔަކަށްވާތީ، މި ފިޔަވަޅަކީ އެ މުވައްޒަފުންނަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. ޚާއްޞަކޮށް، ކުންފުނީގެ މަސައްކަތްތަކުގައި ދިގު މުގައި ދިގު މުއްދަތެއް ވަންދެން ބައިވެރިވެފައިވާ މުވައްޒަފުންނަށް މިއީ އިންސާފުވެރިނޫން އަދި ހިތްވަރު ގެއްލޭފަދަ ކަމެއްގެ ގޮތުގައި ސިފަވެގެންދާނެއެވެ.
ކުންފުނީގެ އިންޓަރނަލް ރިޕޯޓުތަކުން ފާހަގަކުރެވޭ ގޮތުގައި، މުވައްޒަފުން ނެގުމާއި ވަޒީފާ ދިނުމުގައި ސިސްޓަމެޓިކް ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ދޭހަވެއެވެ. ގިނަ މުވައްޒަފުންގެ ޚިޔާލުގައި، ފާއިތުވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ކުރެވުނު ވަޒީފާގެ އައްޔަންކުރުންތަކަކީ ސިޔާސީ މަޤްޞަދުތަކެއް ހާސިލުކުރުމަށް ކުރެވުނު ކަމެއްގެ ގޮތުގައި ބެލެވެއެވެ. ރިޕޯޓުތަކުން ދައްކާ ގޮތުގައި، އައު މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން ނަގާފައިވަނީ އައްޑޫ ސިޓީގެ ހުޅުދޫ-މީދޫ ދާއިރާއިން ކަމަށްވާއިރު، މިއީ މިހާރު އެ ދާއިރާ ތަމްސީލުކުރާ މެންބަރު ޝާޑުގެ ދާއިރާއެވެ. މި އައްޔަންކުރުންތަކަކީ އިންތިޙާބުގައި މެންބަރަށް ވޯޓު ހޯދުމަށް ކުރެވުނު ކަމެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ޤަބޫލުކުރެވެއެވެ.
އިތުރު ތުހުމަތުތަކުގައި ބުނެވޭ ގޮތުން، މި ދާއިރާއިން ނެގުނު މުވައްޒަފުންނަށް ދާއިމީ ވަޒީފާ ދެވުނު ނަމަވެސް، އެހެން ދާއިރާތަކުން އެ ވަގުތު ނެގުނު މުވައްޒަފުންނަށް ދެވިފައިވަނީ ހަމައެކަނި ކުރުމުއްދަތުގެ ކޮންޓްރެކްޓްތަކެވެ. މި ކޮންޓްރެކްޓްތައް އާންމު ގޮތެއްގައި އައު ކުރެވެނީ ކޮންމެ 6 މަހަކުންނެވެ. މި ނިންމުންތައް ބެލެވެނީ ތަފާތުކުރުން ގެންގުޅޭ ކަމެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، ކުންފުނީގައި ހަމަހަމަކަން ނެތް ކަމުގެ އިހުސާސް ފެތުރިފައިވާ ކަމަށް ފާހަގަކުރެވެއެވެ.
މި މައްސަލައަށް އިތުރު ބާރެއް ލިބެނީ، އެމްޕީ ޝާދުގެ އަނބިކަނބަލުން މުޒނާ މިހާރު ސްޓެކްލޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ (ޑީއެމްޑީ) ގެ މަޤާމުގައި ހުންނެވުމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ދެކޭ ގޮތުގައި، އޭނާގެ މަޤާމުގެ ސަބަބުން އޭނާގެ ފިރިކަލުންގެ އިންތިޚާބީ ދާއިރާގެ މުވައްޒަފުންނަށް ޚާއްޞަ އިނާޔަތްތަކެއް ލިބިފައިވާ ކަމަށް ބެލެވެއެވެ.
ކުންފުނީގެ ތެރޭގައި ހިތްހަމަނުޖެހުން އިތުރުވަމުން ދާ ވަގުތެއްގައި، ގިނަ ބަޔަކު މިހާރު ގޮވާލަމުންދަނީ ސްޓެކްލޯގެ ވަޒީފާ ދިނުމާއި، ޕްރޮމޯޝަން ދިނުމާއި، ވަޒީފާއާ ގުޅޭ އެހެނިހެން ކަންކަން ބެލުމަށް މިނިވަން ތަޙުޤީޤެއް ހިންގުމަށެވެ.
ދާދި ފަހުން ސޯޝަލްމީޑިޔާގައި ދައުރުވީ ކުންފުނިތެރޭގަ ހިންގާ ކޮރަޕްޝަންގެ ނެޓްވޯކެއެގެ ވާހަކައެވެ. ކުންފުނީގެ 3 ޖެނެރަލް މޭނޭޖަރުން ވައްކަން ކުރުމަށްޓަކައި އަމިއްލަ ކުންފުންޔެއް ހަދައި ސްޓެލްކޯއަށް މުދާ މާކެޓްރޭޓަށް ވުރެ ބޮޑުތަނުން ސަޕްލައު ކުރާވާހަކައާއި ކުންފުނީގެ ޕްރޮޖެކްޓްތަށް މިވަގުންގެ ގްރޫޕަށް ކޮމިޝަންދޭން އެއްބަސްވާ މީހުންނަށް ދޭވާހަކަތަވެ. މިވާހަކަތައް މިހާގަދަކޮށް ދެކެވޭ އިރުވެސް ގައުމެގެ ރައިސަށް ހުރިމހާއަށް މިކަން ނުފެންނަ ކަމަށް ހަދއިގެން އުޅެނީ ރައީސް މިހާއަށް ބައި އެޅޭގޮތަށް އެމަނިކުފާނުގެ އިރުޝާދުގެ ދަށުންކުރާކަން ކަމައްވާތީ ނޫންތޯއެވެ.