މިއަހަރު މިހާތަނަށް 12.9 ބިލިއަން ރުފިޔާ ޚަރަދު ކުރި އިރު، 11.8 ބިލިއަން ޚަރަދު ކޮށްފައިވަނީ ސިޔާސީ ފަރާތްތަކުގެ މުސާރައާއި، އިދާރީ ކޮރަޕްޝަނަށެވެ.
ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 15، އާ ހަމައަށް 12.9 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، 11.8 ބިލިއަން އެއީ ރިކަރަންޓު ހަރަދެވެ. ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ކުރީ 1.1 ބިލިއަން ރުފިޔާ އެވެ.
ރިކަރަންޓު ހަރަދުތަކުގެ ތެރެއިން ބޮޑު ބައެއް ހަރަދުކުރީ، ދައުލަތުގެ ހިންގުމުގެ ހަރަދުތަކަށެވެ. އެއީ ހަތް ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރީ މުސާރަ އާއި އެލަވަންސްތައް ދިނުމަށެވެ. އެއީ 4.8 ބިލިއަން ރުފިޔާ އެވެ.
ޕްރޮޖެކްޓްތައް ނުހިގާއިރު، ކެޕިޓަލް ޚަރަދު 1.1 ބިލިއަން ރުފިޔާ ގައި ހުރި އިރު، އިދާރީ ޚަރަދުތައް 7 ބިލިއަން ރުފިޔާ އެރުމަކީ ވާނެ ކަމެއް ނޫނެވެ. ޕްރޮޖެކްޓް ނުހިނގާ އިރު އިދާރީ ޚަރަދުތައް އެހާ ބޮޑުތަނުން މަތިވާނީ ކޮރަޕްޝަންގެ ތެރެއިން ސަރުކާރު އޮފީސްތަކުން ގަންނަ އޭފޯރީމާއި، ފަންސުރާއި ގަލަމުންވެސް އިންތިހާއަށް ރިޝްވަތު ނަގައި އަގު ބޮޑު ކޮށް ޕްރޮކިޔުކޮށް އޮފީސްތަކަށް ބޭނުންވާ ތަކެތި ނަގާތީއެވެ.
ރާއްޖޭގެ ތާރީޚުގައި އިދާރީ ކޮރަޕްޝަން ނާރާ މިނިވަރަށް އަރާފައި މިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައެވެ. ދާދި ފަހުން ވަނީ އަގު ބޮޑުކޮށް މުލިޔާގޭގެ ބޭނުމަށް އެތަނުން ދުއްވާ ލޯންޗްތަކަށް ތެޔޮ އަޅާކަންވެސް މީޑިޔާ ތަކަށް ހާމަވެފައެވެ.