ޚަބަރު

އާރަށުގައި ދުއްވަން ޖެޓްސްކީ ނުގަނެވުމުން، މުއިއްޒުގެ ހިތްހަމަ ނުޖެހުން ނޫސްވެރިންނަށް

ދިޔަވަރު
އާރަށުގައި ދުއްވަން ޖެޓްސްކީ ނުގަނެވުމުން، މުއިއްޒުގެ ހިތްހަމަ ނުޖެހުން ނޫސްވެރިންނަށް

އާރަށުގައި ދުއްވަން 2 ޖެޓްސްކީ ގެންނަން ޑިފެންސް މިނިސްޓްރީއިން ކުރި މަސައްކަތް ނޫސްވެރިންގެ ސަމާލުކަމަށް އައިސް އާންމުންގެ ހިތްހަމަ ނުޖެހުން އަމާޒުވެގެން އެކަން ހުއްޓާލަން ޖެހުމުން، އެކަމާއި މުއިއްޒު ހުންނެވީ ނޫސްވެރިންނާއި މެދު ހިތްހަމަ ނުޖެހިފައި ކަމަށް ރައީސް އޮފީހުގެ ހުންނަވާ ދިޔަވަރުގެ އިންފޯމަންޓް މައުލޫމާތު ދެއްވާފައެވެ.

އާރަށުގައި ކެއުމަށް މޭވާގެ ބާވަތްތައް ގަތުމަށް ދުވާލަކަށް 15،000ރ ޚަރަދު ކުރާއިރު އެތައް ހާސް ރުފިޔާއެއް ދަނީ ރައީސް މުއިއްޒުގެ ލަގްޒަރީ މުއްސަނދި ދިރިއުޅުމުގެ ޒީނަތަށް ރައްޔިތުންގެ ފައިސާއިން ޚަރަދު ކުރަމުންނެވެ.

ދައުލަތުގެ ފައިސާ ތަން މިނަށް އިސްރާފުކޮށް ކުޅިވަރާއި ނާޗަރަންގީ ކުޅެމުންދާއިރު، ރާއްޖޭގެ ރައްޔިތުން ދިރިއުޅެމުން ދަނީ ފަގީރު ކަމާއި ނިކަމެތިކަމުގައެވެ. ރައްޔިތުންނަށް ނިކަމެތި ކަމާއި ފަގީރުކަން މިވަރަށް ކުރިމަތި ވެފައި ވަނީ ރައީސް މުއިއްޒުގެ ނާގާބިލު ސަރުކާރުގެ ސަބަބުންނެވެ.