ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފާއިތުވި އެޕްރިލްމަހުގެ ދަވަނަ ދުވަހު ހައްޔަރުކުރި މުހައްމަދު އަހުމަދު 43، ހ. ކަހަފަތި މިހާރުވެސް ދަނީ ވެމްކޯގެ ވަޒީފާއަށް ނިކުންނަމުންނެވެ.
ފުލުހުން އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ޝައިހާން އިސްމާއިލް 20، ހ. ހަންޏާމީދޫގެ އާއި މުހައްމަދު އަހުމަދު 43، ހ. ކަހަފަތި ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީ އޭޕްރިލް 17، ގައި ޑްރަގް އެންފޯސްމެންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި މި ދެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ އެޕާޓުމެންޓެއް ބަލައި ފާސްކުރިއިރު، 749.36 ގުރާމުގެ މަސްތުވާތަކެތި ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދެ މީހުން ވެސް ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެހެންނަމަވެސް, ފަސްދުވަހުގެ ބަންދަށްފަހު ފުލުހުން މުހައްމަދު އަހުމަދު ބަންދުން ދުކޮށްލުމާއެކު, އެޕްރިލް 28 ވަނަ ދުވަހު އޭނާވަނީ ވެމްކޯގެ ވަޒީފާއަށް ނިކުންނަން ފަށާފައެވެ. ފުލުހުން އޭނާ ހައްޔަރު ކުރި އިރުވެސް އޭނާ ދިޔައީ ވެމްކޯގެ މާލޭ ހައުސްހޯލްޑް މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުންނެވެ. އަދި އޭނާ ފާއިތުވި އެޕްރިލްމަހު ފުލުހުންގެ ބަންދުގައި ހުރި ދުވަސްކޮޅު, ވެމްކޯގެ އެމްޑީ މުޖުތަބާ އަންގަވައިގެން އެކުންފުނީގެ އެޗްއާރުންވަނީ މުހައްމަދު އަހުމަދު ހުރީ އެނުއަލް ލީވްގަ ކަމަށް ހަމަޖައްސާ, ސިސްޓަމުންވެސް އޭނާ ހުރީ އެނުއަލް ލީވްގަކަމަށް ދެއްކުމަށް ސިސްޓަމަށްވެސް ބަދަލު ގެނެސްފައެވެ.
އަދި އޭނާ ފާއިތުވި އެޕްރިލްމަހު ފުލުހުންގެ ބަންދުގައި ހުރި ދުވަސްކޮޅު, ވެމްކޯގެ އެމްޑީ މުޖުތަބާ އަންގަވައިގެން އެކުންފުނީގެ އެޗްއާރުންވަނީ މުހައްމަދު އަހުމަދު ހުރީ އެނުއަލް ލީވްގަ ކަމަށް ހަމަޖައްސާ, ސިސްޓަމުންވެސް އޭނާ ހުރީ އެނުއަލް ލީވްގަކަމަށް ދެއްކުމަށް ސިސްޓަމަށްވެސް ބަދަލު ގެނެސްފައެވެ.
އެގޮތުން މުހައްމަދު އަހުމަދު ފުލުހުން ހައްޔަރު ކޮށްފައިވަނީ އެޕްރިލްމަހުގެ 20 ވަނަ ދުވަހުއެވެ. އަދި ވެމްކޯގެ އެޗްއާރު ސިސްޓަމުން ދައްކާ ގޮތުގައި އެޕްރިލް 20 ވަނަ ދުވަހުން ފެށިގެ އެމަހުގެ 27 ވަނަ ދުވަހާއި ހަމައަށް އޭނާ ހުރެފައިވަނީ އެނުއަލް ލީވްގައެވެ. މިއީ އޭނާ ފުލުހުންގެ ބަންދުގައި ހުރި މުއްދަތެވެ. ކުރިމިނަލް ކޯޓުން އޭނާގެ ބަންދަށް ޖަހާފައިވަނީ 5 ދުވަހެވެ. ބަންދުގައި 5 ދުވަސް ހަމަކުރުމަށްފަހު ޖެހިގެން އައި އެޕްރިލް 28 ވަނަ ދުވަހު އޭނާވަނީ ވަޒީފާއަށް ނިކުންނަން ފަށާފައެވެ.

ފުލުހުން މުހައްމަދު އަހުމަދުގެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ބުނެފައިވާއިރު, އޭނާ އަދިވެސް ދަނީ ވެމްކޯގައި ވަޒީފާ އަދާކުރަމުންނެވެ.
މުހައްމަދު އަހުމަދަކީ ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލުގެ އަންހެނުންނާ އެއްބަޑު އެއްބަފާ މީހެއްގެ ދަރިއެކެވެ. މުޖަތަބާގެ އަންހެނުން ކޮއްކޮއަކީ ޑްރަގް ޑީލރަކަށްވިޔަސް, އޭނާއަށް ދައުލަތުގެ ކުންފުންޏެއްގައި ބޮޑު މުސާރަައިގައި ވަޒީފާ އަދާކުރުމުގެ ހައްގު އެބަ އޮތެވެ. އެއީ, ކޮރަޕްޝަނާއި ފަސާދައާއި ދެކޮޅުކަމަށް ވިދާޅުވާ ރައީސް މުއިއްޒުގެ ސިޔާސަތެވެ.

ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލަކީ މި ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީންގެ ތެރެއިން އެންމެ ބޮޑަށް ކޮރަޕްޝަން ހިންގަމުންދާ އެއް އެމްޑީއެވެ. އޭނާވެސް ކޮޕަރްޝަންގެ އަމަލު ހިންގަމުންދަނީ ސީދާ ރައީސް މުއިއްޒުއާއި ގުޅިގެންކަމަށް ވަނީ ކަށަވަރު ކުރެވިފައެވެ.