ޚަބަރު

ތުރުކީ އަކީ އިސްލާމީ ގައުމެއް ނޫން! ސެކިޔުލާ ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ދީނާއި، މިނިވަންކަމަށް އޮތް ބޮޑު ބިރެއް

ދިޔަވަރު
ތުރުކީ އަކީ އިސްލާމީ ގައުމެއް ނޫން! ސެކިޔުލާ ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ދީނާއި، މިނިވަންކަމަށް އޮތް ބޮޑު ބިރެއް

ވަރަށް ގިނަ ދިވެހިންނަށް ހީވެފައި އޮންނަނީ ތުރުކީ އަކީ އިސްލާމީ ޤައުމެއް ކަމަށެވެ. އެއީ އޮޅުމެކެވެ. ތުރުކީ ކާފަރު ޤައުމަކަށް ބަދަލު ކުރީ މުސްތަފާ ކަމާލް އަތަތުރުކުގެ ވެރިކަމުގައެވެ. އެއީ 1920 ވަނަ އަހަރު ތުރުކީގެ ވެރިކަމާއި ހަވާލުވެ، އުސްމާނީ ޚިލާފާތުގެ އިސްލާމީ ޚަލީފާގެ ނިޒާމް ނިމުމަކަށް ގެނެސް، އެ ޤައުމަކީ ސެކިއުލަރ ދައުލަތެއް ގޮތުގައި ޤާނޫނު އަސާސީގައި ލިޔެގެންނެވެ. އެކަމާ ގުޅިގެން ދީނާއި ސިޔާސަތު އެ ޤައުމުގައި ވަކި ވަކިކުރެވުނުވެ. އަދި ތުރުކީގެ ރަސްމީ ދީނަކަށް އިސްލާމްދީން ނުބެލެވޭނެ ކަމަށް ނިންމައި، ޤައުމުގެ ޤާނޫނުގައި ސެކިއުލަރ ފިކުރު ދާއިމަށް ޤާއިމު ކުރެވުނެވެ.

މިއަދާއި ހަމައަށް އޭގެ ފަހުން ތުރުކީ އަކީ ސެކިޔުލާ ކާފަރު ޤައުމެކެވެ. އެ ޤައުމުގެ ވެރިކަމުގެ ނިޒާމާއި ދައުލަތް ދެމިގެން އޮތީ އެ އަސާސްގެ މައްޗަށެވެ. މުސްތަފާ ކަމާލް އަކީ އެ ޤައުމުގެ ހީރޯ އެއް ގޮތުގައި ބަލާ، އެމީހެއްގެ ޒިކުރާ ކޮންމެ ސަރުކާރެއްގައި ރަސްމީކޮށް ފާހަގަ ކުރާ އެ ޤައުމުގެ މިޒަމާނުގެ ބާނީގެ ގޮތުގައި ތުރުކީގެ ސަރުކާރުންނާއި ރައްޔިތުން ބަލައިގަންނަ މީހާއެވެ.

އިސްލާމް ދީނާއި، އިސްލާމީ ޝަރީޢާ ކަމު ނުގޮސް، އެ ނަގައި ބޮލާލައި ޖަހައި، އިސްލާމް ދީނު ދައުލަތުގެ ދީނުގެ އޮތުގައި އޮތް އޮތުން ބަދަލުކޮށް ކާފަރު ޤައުމެއްގެ ސިއްކަ ދާއިމަށް ޖަހައި، އިސްލާމް ޝަރީޢާ އާއި ދެކޮޅަށް އުފެއްދި ވެރިކަމުގެ ނިޒާމެއް މިއަދާއި ހަމައަށް ގެނެސްފައިވާ ސެކިޔުލާ ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެ، ތިބުމަކީ ދިވެހިރާއްޖޭގައި އޮތް އިސްލާމް ދީނާއި، އަދި ދިވެހިންގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.

މި ނުރައްކާތެރި ހާލަތަށް ދިވެހި ޤައުމު ގެނެސްފައިވަނީ ރައީސް މުއިއްޒު ދިވެހި ޤައުމަށް ގައްދާރުވެ، ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެ ކަމަށް ބުނެ ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލައިގެންނެވެ.

ޑްރޯން ދުއްވުމަށް ކަމަށާއި، މަނަވަރު ބެލެހެއްޓުމަށް ކަމަށް ބުނެ ތުރުކީއިން ގެނައި ސިފައިން ރާއްޖޭގައި ތިބުމަކީ ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި، މިނިވަންކަމަށް އޭގެ އަސަރު ފޯރާ ކަމެކެވެ. މީގެ އިތުރުން މެދުއިރުމަތީގައި އޮތް ހަމަ ނުޖެހުމުގައި ރާއްޖެ ބައިވެރި ވުމާއި، މާދުރުގައި އޮތް ޤައުމެއް ގެނެސް ސަރަހައްދީ ހަމަޖެހުން ނަގާލުމެކެވެ. މިއީ ފައިސާގެ ދަހިވެތި ކަމުގައި މުއިއްޒު ހިންގަމުންދާ ޖަރީމާއެކެވެ.