ޚަބަރު

މުޅި މާލޭއިން ކަރަންޓު ކެނޑި، ދަރުމަވަންތަ ހޮސްޕިޓަލުގައި މީހުންނާއި ޑޮކްޓަރުން ތާށިވެ، ސާޖަރީ އާއި އައިސީޔޫ ހުއްޓުމަކަށް

ދިޔަވަރު
މުޅި މާލޭއިން ކަރަންޓު ކެނޑި، ދަރުމަވަންތަ ހޮސްޕިޓަލުގައި މީހުންނާއި ޑޮކްޓަރުން ތާށިވެ، ސާޖަރީ އާއި އައިސީޔޫ ހުއްޓުމަކަށް

މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކަނޑައިގެން ގޮސް، ދަރުމަވަންތަ ހޮސްޕިޓަލުގައި މީހުންނާއި ޑޮކްޓަރުން ތާށިވެއްޖެއެވެ. ހޮސްޕިޓަލުގެ ގިނަ ހިދުމަތް ދިނުން ހުއްޓިފައިވާއިރު، އައިސީޔޫ ގައި ތިބި ފަރާތްތަކަށް ކޮންމެހެން ދޭން ޖެހޭ ފަރުވާ ވަނީ ނުދެވިފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ސާޖަރީ ހެދުން ހުއްޓިފައި ވުމުގެ އިތުރުން، ބަލި މީހުންނާއި، ޑޮކްޓަރުން ވަނީ ސާޖަރީ ޑިޕާޓްމެންޓް ހުންނަ ފްލޯގައި ތާށިވެފައެވެ. ލިފްޓުގައި ކަރަންޓް ނެތެވެ. އެތަނުން ސިޑިއަކުން ފޭބޭނެ ގޮތެއް ނެތެވެ.

ދަރުމަވަންތާގައި ބެކަޕް ޖަނެރޭޓަރު ހުރެއެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން މާލެއިން ކަރަންޓް ކެނޑޭ ކޮންމެ ވަގުތެއްގައި މި ހާލަތަށް ވެއްޓި ބަލިމީހުންގެ ފުރާނަ ނުރައްކަލަކަށް ހުށައެޅެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި ހަވާލުވެ ހުރި ހަލީމް ދަނީ މުއިއްޒަށް ކޮންމެ މަހަކު އެއް މިލިއަން ރުފިޔާ އައިޖީއެމް އެޗް އަދި ދަރުމަވަންތަ އަށް ގެނަން މުދަލުގެ ޕްރޮކިޔުމެންޓުން ވައްކަން ކޮށްގެން ފޯރުވަމުންނެވެ. މުއިއްޒަށް މިހާރު އެންމެ ގިނަ ފައިސާ ހޯދައިދޭ ތަނަކީ އައިޖީއެމްއެޗް އާއި ދަރުމަވަންތައެވެ. މިކަމުގެ އަގު ދައްކަމުން ދަނީ ޚިދުމަތް ހުއްޓި އައިޖީއެމްއެޗްގައި ގެއްލެމުންދާ ރައްޔިތުންގެ ފުރާނައިންނެވެ.