ޚަބަރު

މުއިއްޒު އަންގައިގެން ފުލުހުން ބަލަމުން ދަނީ ފަހުމީ ބާގާވާތެއް ރޭވިތޯ

ދިޔަވަރު
މުއިއްޒު އަންގައިގެން ފުލުހުން ބަލަމުން ދަނީ ފަހުމީ ބާގާވާތެއް ރޭވިތޯ

ގްރޭޓަރ މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ރައީސް މުއިއްޒު އާއި، ސެމްބެ މާލެ ނެތް ވަގުތެއްގައި ސްޓެލްކޯ އެމްޑީ ފަހުމީ އިނދިކޮޅު ފަރާތްތަކާއި ގުޅިގެން ބަޣާވާތެއް ހިންގަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކޮށްގެން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

ރައީސް މުއިއްޒު އަކީ އެއްވެސް މީހަކަށް އިތުބާރު ނުކުރާ، އޭނާ ވެރިކަމަށް ނާގާބިލު ކަމުން ވެރިކަން ވެއްޓި ދާނެ ކަމުގެ ބިރަށް ތެޅި ފޮޅޭ ފަރާތެކެވެ.

ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށް ރާއްޖޭގައި އޮތް ރައްޔިތުންގެ ވެރިކަމުގެ ނިޒާމު މުއިއްޒު ވަނީ ބަދަލު ކޮށް، ޚުދުމުހުތާރު އަނިޔާވެރި ނިޒާމެއް ރާއްޖޭގައި ގާއިމު ކޮށްފައެވެ. ވެރިކަން ވެއްޓިދާނެ ކަމަށް ބިރަށް މަޖިލީހުގެ ކޮންޓްރޯލް ނަގައި، މަޖިލީހުގެ ޖަލްސާއެއްވެސް މުއިއްޒު ހުއްދަ ނުދެނީސް ނުބޭއްވޭ ގޮތަށް މުއިއްޒު ވަނީ އަބްދުއްރަހީމް އަށް އަންގައި އިންޒާރު ދީފައެވެ.

މީގެ އިތުރުން ރާއްޖޭގައި ހުރި ހުރިހާ މިނިވަން މުއައްސަސާތަކެއްގެ "ބޮޑު މީހާއަށް" ގާނޫނު ބަދަލުކޮށްގެން މުއިއްޒު ވަނީ ވެފައެވެ.

ސްޕްރީމް ކޯޓު ޤާނޫނު އަސާސީ އާއި، ޤާނޫނު ތަކާއި، އދ. އާއި ދެކޮޅަށް ފަނޑިޔާރުން ވަކިކޮށް ވަނީ އެތަން ވެސް ޕެރަލައިޒް ކޮށްލާފައެވެ. ރައްޔިތުންނަށް ލިބެން އޮތް އިންސާފުގެ މައްޗަށް ފައިން އަރައި ހުރި ނުބައި ވެރިކަމެއް މުއިއްޒު ކުރަމުން މިދަނީ ވެރިކަން ގެއްލިދާނެ ކަމަށް ނުހަނު ބިރުން ހުރެ، އޭނާގެ ނާގާބިލު ކަމުގެ އަނިޔާގައި ރައްޔިތުން ޖައްސައިގެންނެވެ. މާތްﷲ މި އަނިޔާވެރި ވެރިކަން އަވަހަށް ނިންމަވައި، މުއިއްޒުގެ ކިބައިން ދިވެހި ރައްޔިތުން ރައްކާތެރި ކުރެއްވުމަށް މި ހައްޖު ދުވަސް ވަރުގައި ގިނައިން ރައްޔިތުންގެ ދުޣާާ އިތުރު ކުރައްވާށެވެ.