ޚަބަރު

ހައްޖުވެރިން އަޅުކަމުން މަހުރޫމުކޮށް، މުއިއްޒުގެ ކެމްޕެއިން ޚަރަކާތަކަށް މަޖުބޫރު ކޮށްގެން ގެނެސްފި

ދިޔަވަރު
ހައްޖުވެރިން އަޅުކަމުން މަހުރޫމުކޮށް، މުއިއްޒުގެ ކެމްޕެއިން ޚަރަކާތަކަށް މަޖުބޫރު ކޮށްގެން ގެނެސްފި

ރާއްޖެއިން މައްކާއަށް ހައްޖު ކުރުމަށް ގޮސްތިބި ހައްޖާޖީންތައް، އެމީހުންގެ އަޅުކަމުގެ ވަގުތު ނަގާލައި، މުއިއްޒުގެ ކެމްޕެއިން ޚަރަކާތަކަށް މަޖުބޫރު ކޮށްގެން ގެނެސްފިއެވެ.

މުއިއްޒުގެ މި ކެމްޕެއިން ހަރަކާތުގައި މައްކާގެ މާތް ބިމުގައި ހުރެ މުއިއްޒު ވަނީ ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ދޮގު ހަދައި އޮޅުވާލާފައެވެ. އެންމެ ބޮޑަށް އެޅޮވާލާފައިވާ ކަންކަމަކީ

  1. މައްކާ ރޫޓު އިނީޝިއޭޓިވް އަކީ މުއިއްޒުގެ މަސައްކަތެއް ކަމަށް ދެއްކުމަށް އެކި އެކި ދޮގުތައް ހެދުން. މައްކާ ރޫތް އިނީޝިއޭޓިވް އަކީ މުއިއްޒަށް އެނގިގެން ހިނގި ކަމެއްވެސް ނޫނެވެ. އެއީ ސައުދީއިން ފަށައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ހަތް އަހަރު ވަންދެން ސައުދީއިން މި މަސައްކަތް މިހާތަނަށް ކޮށްފައިވާއިރު، ހުރިހާ ގައުމަކަށްވެސް މައްކާ ރޫޓު އިނީޝިއޭޓިވް ފޯރުކޮށް ދިނުމަށް މާ ކުރިން އޮތީ ނިންމާފައެވެ. ސައުދީއިން މީގެ 7 އަހަރު ކުރިން ހަދާފައިވާ ޕްލޭންގައި ވާ ގޮތަށް މި އަހަރަށް ރާއްޖެ މި ޕްލޭންގެ ތެރެއިން ވަނީއެވެ. މިއީ މުއިއްޒު އާއި އަދި ރާއްޖެއާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. ނަމަވެސް މިކަމުގެ ކްރެޑިޓް ނެގުމަށް މައްކާގެ ބިމުގައިވެސް މުއިއްޒު ދަނީ އެތައް ކަމެއް އޮޅުވާލައި ދޮގު ހަދައިގެން ސީދާ ކަމުގެ ތެދު ވަންހަނާ ކުރުމަށް ވާހަކަ ދައްކަމުންނެވެ. މުއިއްޒު މައްކާގައި ބޭއްވި ކެމްޕެއިން ހަރަކާތަކީ މިކަމުން ފައިދާ ނަގައިގެން ބޭއްވި ހަރަކާތެކެވެ. އިންޑޮނޭޝިޔާ، ބަންގްލަދޭޝް، މެލޭޝިއާ، ޕާކިސްތާނު، ތުރުކީ، މޮރޮކޯވެސް މައްކާ ރޫޓުން ހައްޖަށް ދާއިރު އެ ޤައުމުގެ ވެރިންނެއް މުއިއްޒު މި އުޅޭހެން ރައްޔިތުންނަށް ދޮގު ހަދައި، މިކަމުން ކްރެޑިޓް ނަގަން ނޫޅެއެވެ. ދިވެހިންނަށް ލިބިފައި މިހިރީ ކަންކަން ރައްޔިތުންނަށް އޮޅުވާލުމުގައި އެފަދަ ދެވަނައެއް ނެތް މީހެކެވެ.

  2. މައްކާ ރޫޓުގެ ތެރެއިން ހައްޖުވެރިން ހައްޖަށް ފޮނުވުމުގައި ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އޮޅުވާލައިގެން ހައްޖުވެރިންނަށް 13 ދުވަސް ހައްޖުގެ އަޅުކަމުން ހައްޖާޖީންނަށް ގެއްލުވާލާފައެވެ. މައްކާގެ މާތް ބިމުގައި ހުރުމުގެ ޝަރަފާއި، އެތައް މިލިއަނަކަށް ވުރެ އިތުރަށް ސަވާބު ލިބޭ ގެފުޅުގައި 13 ދުވަހު ފަރުޟު ފަސް ނަމާދާއި، ސުންނަތް ކުރުމުގެ ފުރުޞަތު ވަނީ ހައްޖާޖީންނަށް ގެއްލުވާލާފައެވެ. މި ނޫނީ ހައްޖާޖީންނަށް މާތްﷲ އަށް ކުއްތަންވެ އަޅުކަން ކުރުމުގެ ފުރުޞަތު ހަނިވި ހައްޖަކަށް އަދި ހައްޖެވެރިންނެއް ފާއިތުވި 30 އަހަރުވެސް ނުދެއެވެ.

  3. 13 ދުވަސް ހައްޖުގެ އަޅުކަމުން ހައްޖުވެރިންނަށް ގެއްލުވާލާފައި ވަނީ، ހައްޖުވެރިން ހައްޖަށް ގޮސް، މައްކާގައި ހުރުމަށް އެ 13 ދުވަސް ހިމަނައިގެން ފައިސާ ދައްކާފައި ވަނިކޮށެވެ. ހައްޖަކީ ހައްޖުވެރިން ފައިސާ ދިނުމުން، އެ ފައިސާ ބޭނުން ކޮށްގެން ދޭ ޚިދުމަތަކަށް ވާއިރު، ހައްޖުން މަދުވި ދުވަސްތަކަށް ދައްކާފައިވާ ފައިސާ އަނބުރާ ހައްޖާޖީންނަށް ދޭން ޖެހެއެވެ. ދީނީ ގޮތުން އަދި ދުނިޔެވީ ކޮންމެ ހަމައަކުން ބެލިއަސް، އެއީ ރައީސް މުއިއްޒު އާއި ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންގެ ފައިސާއިން ކުރާ ވައްކަމެކެވެ.

  4. ހައްޖު ފައިސާއިން ވައްކަން ކުރުމަށްޓަކައި ރައީސް މުއިއްޒު ދަނީ ހައްޖު ކޯޕަރޭޝަން ބޭނުންކޮށްގެން އެފައިސާއިން ގެސްޓްހައުސް ފަދަ ވިޔަފާރިތައް ފަށަމުންނެވެ. އިންވެސްޓް ކުރުމުގެ ނަމުގައި ހައްޖުވެރިންގެ ފައިސާއަށް ހިޔާނާތްތެރި ވަމުންނެވެ. މި ހުރިހާ ގޯހެއް މަތީ ހުރެ، ކަންކަމުގެ ހަޤީގަތް ރައްޔިތުންނަށް އޮޅުވާލައި އިންތިހާއަށް ދޮގު ހަދައި، މައްކާގައި ކެމްޕެއިން ހަރަކާތެއް ބޭއްވުމަކީ އިންސާނުންގެ ތެރެއިން އެންމެ ނުބައި ދަށު ދަރަޖައިގެ މީހުންވެސް ނުކުރާނެ ފަދަ ކަމެކެވެ.