ޚަބަރު

މައްކާ ރޫޓް އިނިޝިއޭޓިވް އަކާއި މުއިއްޒު އަކާއި އެއްވެސް ގުޅުމެއް ނެތް! ސައުދީ ސަރުކާރުގެ މަސައްކަތަކަށް މުއިއްޒު ދަނީ ކްރެޑިޓް ނަގަމުން!

ދިޔަވަރު
މައްކާ ރޫޓް އިނިޝިއޭޓިވް އަކާއި މުއިއްޒު އަކާއި އެއްވެސް ގުޅުމެއް ނެތް! ސައުދީ ސަރުކާރުގެ މަސައްކަތަކަށް މުއިއްޒު ދަނީ ކްރެޑިޓް ނަގަމުން!

މައްކާ ރޫޓް އިނިޝިއޭޓިވް އަކީ ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާ ކުރުމުގައި ހުރި ދަތިތައް ފިލުފައި، ޓެކްނޮލޮޖީ އާއި އެކު ފަސޭހަތައް ގެނައުމަށް މީގެ 7 އަހަރު ކުރިން ސައުދީއިން ފެށިގެން ކުރިއަށް ގެންދާ ކަމެކެވެ. ސައުދީއިން މީގެ 7 އަހަރު ކުރިން ހަދާފައިވާ ޕްލޭންގައި ވާ ގޮތަށް ކޮންމެ އަހަރަކު ވަކި މިންވަރަކަށް ޕްލޭންގައި ހުރި ގައުމުތައް ދަނީ ހިމަނަމުންނެވެ. 7 އަހަރު ކުރިން ހަދާފައިވާ މި ޕްލޭނާއި އެއްގޮތަށް ދިވެހި ރާއްޖެ މައްކާ ރޫޓް އިނިޝިއޭޓިވްގައި ހިމެނުނީއެވެ. މިއީ މުއިއްޒު އާއި އަދި ރާއްޖެއާއި އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. މައްކާ ރޫޓް އިނީޝިއޭޓިވް އަކީ މުއިއްޒަށް އެނގިގެން ހިނގި ކަމެއްވެސް ނޫނެވެ.

މައްކާ ރޫޓު އިނީޝިއޭޓިވް އަކީ މުއިއްޒުގެ މަސައްކަތެއް ކަމަށް ދެއްކުމަށް އެކި އެކި ދޮގުތައް ވަނީ މުއިއްޒު ހަދާފައެވެ. ހައްޖުގެ އަޅުކަމާއި ގުޅުވައި މިހާވަރަށް އިންސާނަކު ދޮގު ހެދި ކަމެއް އެނގިފައެއް އަދި ނެތެވެ.

ހަތް އަހަރު ވަންދެން ސައުދީއިން މި މަސައްކަތް މިހާތަނަށް ކޮށްފައިވާއިރު، ހުރިހާ ގައުމަކަށްވެސް މައްކާ ރޫޓު އިނީޝިއޭޓިވް ފޯރުކޮށް ދިނުމަށް މާ ކުރިން އޮތީ ނިންމާފައެވެ.

ނަމަވެސް މިކަމުގެ ކްރެޑިޓް ނެގުމަށް މިއީ މުއިއްޒު ކުރާ ކަމެއް ކަމަށް ދެއްކުމަށް ދައުލަތުން ޚަރަދުކޮށް، ބޮޑު ރަސްމިއްޔާތެއް ބާއްވާފައވެެ. މައްކާގެ ބިމުގައި ހުރެގެންވެސް ދޮގު ހަދައިގެން މުއިއްޒު ދަނީ އެތައް ކަމެއް އޮޅުވާލައި ކަމުގެ ތެދު ޙަޤީގަތް ވަންހަނާ ކުރުމަށް ހައްޖުވެރިން ގެނެސް ވާހަކަ ދައްކަމުންނެވެ. މުއިއްޒު މައްކާގައި ބޭއްވި ކެމްޕެއިން ހަރަކާތަކީ މިކަމުން ފައިދާ ނަގައިގެން ބޭއްވި ހަރަކާތެކެވެ. ހެޔޮ ވާނީ ކިހިނެއްތޯއެވެ.

އިންޑޮނޭޝިޔާ، ބަންގްލަދޭޝް، މެލޭޝިއާ، ޕާކިސްތާނު، ތުރުކީ، މޮރޮކޯވެސް މައްކާ ރޫޓުން ހައްޖަށް ދާއިރު އެ ޤައުމުގެ ވެރިންނެއް މުއިއްޒު މި އުޅޭހެން ރައްޔިތުންނަށް ދޮގު ހަދައި، މިކަމުން ކްރެޑިޓް ނަގަން ނޫޅެއެވެ. ދިވެހިންނަށް ލިބިފައި މިހިރީ ކަންކަން ރައްޔިތުންނަށް އޮޅުވާލުމުގައި އެފަދަ ދެވަނައެއް ނެތް މީހެކެވެ.


ސައުދީ ސަރުކާރުގެ ވިޝަނަރީ މަސައްކަތަކަށް މުއިއްޒު ކްރެޑިޓް ނަގަމުން ދާއިރު، ސައުދީ އާއި ރާއްޖޭގެ ގުޅުން ދުވަހަކުވެސް ހީނަރު ނުވާ ވަރަށް ވަނީ ހީނަރުވެފައެވެ.

އެންމެ ފަހުން، ފޭކް ސައުދީ ޕްރިންސެއް ގެނައި މައްސަލައާއި، ސައުދީގެ އިސް ފަރާތަކަށް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި އިޚްތިރާމް ދަށްކޮށް ހިތުމާއި، ތުރުކީގައި އެމްބަސީއެއް އެޅުމާއި، ތުރުކީ އަކީ އިސްލާމީ ދުނިޔޭގެ އިސް ފަރާތް ކަމަށް ބުނުން ފަދަ ކަންކަމުން ސައުދީއިން ވަނީ މި ސަރުކާރާއި އިންތިހާއަށް ދުރަށް ގޮސްފައެވެ. މިއީ ދިވެހި ރާއްޖެއަށް މުއިއްޒުގެ ނާތަހުޒީބު ކަމުން ލިބިފައިވާ ގެއްލުމެވެ. މުއިއްޒު ވެރިކަމަށް އައި ފަހުން 3 ފަހަރު ސައުދީއަށް ދަތުރު ކުރިއިރުވެސް އެ ޤައުމުގެ އެއްވެސް އިސްފަރާތެއް މުއިއްޒު އާއި ބައްދަލު ކޮށްފައި ނުވެއެވެ.