ޚަބަރު

ހައްޖުގެ އަޅުކަމުން 13 ދުވަސް އުނިކުރުމަށް ފަހު، ރީފަންޑު ވެސް ނުދީ އެ ފައިސާ ހައްޖު ކޯޕަރޭޝަނުން ނަގައިފި!

ދިޔަވަރު
ހައްޖުގެ އަޅުކަމުން 13 ދުވަސް އުނިކުރުމަށް ފަހު، ރީފަންޑު ވެސް ނުދީ އެ ފައިސާ ހައްޖު ކޯޕަރޭޝަނުން ނަގައިފި!

ހައްޖު ޕެކޭޖަކީ ޓްރަވެލް ޕެކޭޖެކެވެ. މި ދަތުރުން ހާސިލް ކުރަނީ މައްކާގެ ބިމަށް ގޮސް އަޅުކަން ކުރުމެވެ. ނަމާދާއި ހައްޖުގެ އަޅުކަމެވެ. އެތައް ހާސް ރުފިޔާއެއް ކޮންމެ މީހަކު ދައްކަނީ އެ ދަތުރުގެ މުއްދަތައި، ކެއިން ބުއިމާއި، ހުރުމާއި، ދަތުރުގައި އެހީތެރިވެދޭ މަތިންނެވެ. އެއިން ޚިދުމަތެއް މަދުވެއްޖެނަމަ، ދަތުރުގެ ޕެކޭޖްގައި އޮތް ޚިދުމަތެއް ނުދެވުނީއެވެ. ފައިސާ ދެއްކީ 20 ދުވަހުގެ މުއްދަތުގައި މައްކާގެ ބިމުގައި ހުރުމުން ކަމަށް ވާނަމަ، 13 ދުވަހަށް އެ ދަތުރު ކުރުކުރުމުގެ އެއްވެސް ހައްގެއް ސަރުކާރަކަށް ނޯންނާނެއެވެ. އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ މަދުވި ދުވަސްތަކަށް ދެއްކިފައިސާ ހައްޖާޖީންނަށް ދީ އަދާކުރުމަށް ފަހުގައެވެ.

ހައްޖު ޕެކޭޖުން 13 ދުވަސް ކަނޑާލުމަކީ ހައްޖާޖީންނަށް ކުރިމަތި ކުރުވި ވަރަށް ބޮޑު ނިކަމެތި ކަމެކެވެ. މިކަން ކޮށްފައިވަނީ މައްކާ ރޫޓު އިނިޝިއޭޓިވްގެ ތެރެއިން ހައްޖުވެރިން ހައްޖަށް ފޮނުވުމުގައި، ސައުދީއިން ކުރި މަސައްކަތުގައި، ދުވަސް މަދުވީ ކަމަށް ދައްކައި ރައީސް މުއިއްޒުގެ ސަރުކާރުން އޮޅުވާލައިގެންނެވެ.

ބެލެވޭ ގޮތުގައި ހައްޖާޖީންގެ ދައްކާފައިވާ ފައިސާއިން މި ސަރުކާރުން ހިޔާނާތް ތެރިވުމަށްފަހު، ހައްޖުގެ އަޅުކަމަށް ހަރަދުވާ މިންވަރު ކުޑަކުރުމަށް މައްކާގައި ތިބޭ ދުވަސް މަދުކޮށްލީއެވެ. މިކަމުގެ ސަބަބުން މައްކާގެ މާތް ބިމުގައި ހުރުމުގެ ޝަރަފާއި، އެތައް މިލިއަނަކަށް ވުރެ އިތުރަށް ސަވާބު ލިބޭ ގެފުޅުގައި 13 ދުވަހު ފަރުޟު ފަސް ނަމާދާއި، ސުންނަތް ކުރުމުގެ ފުރުޞަތު ވަނީ ހައްޖާޖީންނަށް ގެއްލުވާލާފައެވެ. މި ނޫނީ ހައްޖާޖީންނަށް މާތްﷲ އަށް ކުއްތަންވެ އަޅުކަން ކުރުމުގެ ފުރުޞަތު ހަނިވި ހައްޖަކަށް އަދި ހައްޖެވެރިންނެއް ފާއިތުވި 30 އަހަރުވެސް ރާއްޖެއިން ނުދެއެވެ.