ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ނުބޭއްވެނީ، ރައީސް މުއިއްޒުގެ ހުއްދަ ލިބިގެން ނޫނީ ޖަލްސާ ނުބޭއްވޭތީ ކަމަށް ޕީއެންސީގެ މަޖިލީސް މެމްބަރަކު ނަން ހާމަ ނުކުރުމަށް އެދި ދިޔަވަރު އަށް މައުލޫމާތު ދެއްވައިފިއެވެ.
ޖަލްސާތައް ނުބޭއްވޭ މުއިއްޒު ހުއްދަ ދިނިއްޔާ ނޫނީ، ޤަވާއިދާއި އެއްގޮތަށް މަޖިލީހުގައި ޖަލްސާތައް ބޭއްވޭކަން ނެތް. ޕީއެންސީގެ ގިނަ މަޖިލީސް މެމްބަރުން ތިބީ ފެޑަޕް ވެފައި.
ދިޔަވަރަށް މައުލޫމާތު ދެމުން އޭނާ ހާމަ ކުރިއެވެ. ޕީއެންސީ މެމްބަރުންގެ ތެރެއިން މަދީ އެންމެ އެކަތިގަނޑަކަށް ހަދައި، މުއިއްޒު އާއި ދެކޮޅު މެމްބަރު ގޮވައިގެން އުޅޭވޭ ވަރު ލީޑަރެއް ކަމަށާއި، ކަންކަން ނުކުރެވިފައި އޮތީ ލީޑަރޝިޕް ނެތިގެން ކަމަށެވެ.
މުއިއްޒުގެ މޮޅު ކަމަކުން ނޫން މަޖިލީސް މެމްބަރުން އަޅާ ނުލާތިބެނީ! އެމީހުންނާއި އެކު ވެގެން އުޅޭނެ ލީޑަރެއް މަޖިލީސް ތެރޭ ނެތުމުން.
އޭނާ އިތުރަށް ކިޔައިދިނެވެ.
ދާއިރާތަކުގެ ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއް ހާސިލް ނުވާ ކަމަށާއި، ޕްރޮޖެކްޓްތައް ހުއްޓާލާފައިވާ ކަމަށާއި، މުއިއްޒު އަށް ބައި ނޭޅޭ ގޮތަށް އެއްވެސް ކަމެއް ނުހިގާ ކަމަށް އޭނާ ހާމަ ކުރިއެވެ. މުއިއްޒުގެ އަމަލުތައް މިހެން ހުރުމުން ދެން އަންނަ މަޖިލީސް އިންތިހާބެއްގައިވެސް ޕީއެންސީ އެއްވެސް މެމްބަރަކު އަލުން މަޖިލީހަށް ނުހޮވޭނެ ކަމަށާއި، މުއިއްޒު އާއި ދެކޮޅަށް ނުކުމެ، މުއިއްޒު ވެރިކަމުންނާއި ޕާޓީއިން ބޭރުކޮށްގެން ނޫނީ ޕީއެންސީ މަޖިލީސް މެމްބަރުންނަށް އަލުން މަޖިލީހަށް ވަދެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް އޭނާ ހާމަ ކުރިއެވެ.
ރައީސް މުއިއްޒު ވަނީ މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި، ސްޕްރީމް ކޯޓުގެ ކޮންޓްރޯލް ނަގައި ރާއްޖޭގެ އޮތް ރިޔާސީ ނިޒާމު އުވާލައި ޚުދުމުހުތާރު ވެރިކަމެއް ރައްޔިތުންނާއި ދެކޮޅަށް ފަށާފައެވެ. މުއިއްޒަށް ވޯޓުދީ ވެރިކަމަށް ހޮވުނީ ޑިމޮކްރެޓިކް ނިޒާމެއްގައި ރައީސްއެއްގެ މަގާމަށެވެ. ނަމަވެސް 3 ބާރު ވަކި ވެފައިވާ އެ ނިޒާމު އުވާލާފައިވާތީ، ޤާނޫނީ ގޮތުން މުއިއްޒުގެ ވެރިކަމުގެ ސައްޙަ ކަމެއް ނެތެވެ. މުއިއްޒު ވެރިކަމުގައި އެހުންނަނީ ގަދަ ބާރުން ފުލުހުންނާއި ސިފައިން ބޭނުން ކޮށްގެންނެވެ. އަދި މިހިސާބަށް މުއިއްޒު ކަންކަން ކޮށްފައިވަނީ ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ޚިލާފަށެވެ.