ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ ބޭރު ކޮށްލަން މިއަދު ރިޔާސަތުން ނިންމީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ލަފާ ދެއްވަނިކޮށް ކަން އެނގިއްޖެ އެވެ.
އިތުބާރު ނެތް މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވިތާ ދެ ހަފްތާ ފަހުން މިއަދު ވަނީ އެ ޖަލްސާ ކުރިޔަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް ޑިމޮކްރެޓްސް އިން ބުނެފައި ވަނީ އެ ގަރާރުގައި ދީބާޖާ ހިމަނާފައި ނުވާ ކަމަށާއި އެއީ ގަވައިދާ ހިލާފަށް އެމްޑީޕީން ހަދާފައިވާ ގަރާރެއް ކަމަށެވެ.
މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އެ ނިޒާމީ މައްސަލަ ބަލައިގަންނަ ކަމަށް ވިދާޅުވުމާއެކު ނިއުޝާ ރިޔާސަތާ ވާހަކަ ދައްކަވާ މަންޒަރު ލައިވް އިން ފެނެ އެވެ.
އެހެން ނަމަވެސް ނިއުޝާގެ ވާހަކަތަކަށް ނުބައްލަވައި އަފީފް ޖަލްސާ ނިންމާލައްވިއެވެ.
މަޖިލިސް ހައިޖެކް ކޮށްގެން އުޅެނީ ރައީސް ނަޝީދުގެ ހުދުމުހުތާރު ކަމުގެތެރެއިން ގަވާޢިދާއި ހިލާފަށެވެ.