ޚަބަރު

ރާއްޖެއަށް ވަގަށް ސިގިރެޓް އެތެރެ ކޮށްގެން, ޕީއެންސީގެ މެމްބަރު ފަޒީލް ޖޫރިމަނާ ކޮށްފި, މުއިއްޒުގެ އެންގުމަށް މައްސަލަ އޮތީ ސިއްރު ކޮށްފަ

ދިޔަވަރު
ރާއްޖެއަށް ވަގަށް ސިގިރެޓް އެތެރެ ކޮށްގެން, ޕީއެންސީގެ މެމްބަރު ފަޒީލް ޖޫރިމަނާ ކޮށްފި, މުއިއްޒުގެ އެންގުމަށް މައްސަލަ އޮތީ ސިއްރު ކޮށްފަ

ރާއްޖެއަށްވަގަށް ސިނގިރޭޓް އެތެރެކުރުމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ޖޫރިމަނާކޮށްފި އެވެ.

"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި މެންބަރު ފަޒީލް ޖޫރިމަނާކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރިކަން ފަޅާއެރުމުންނެވެ.

އެނގިފައިވާގޮތުގައި ޕީއެންސީއަށް ނިސްބަތްވާ ފަޒީލް އެތެރެކުރީ ފަސް ކާޓޫނު ސިނގިރެޓެވެ. އޭނާ ޖޫރިމަނާކުރީ ކިހާ އަދަދެއްގެ ފައިސާއަކުން ކަމެއް އަދި ސާފެއްނުވެ އެވެ.

މިކަމާ ގުޅޭގޮތުން ކަސްޓަމްސް އިން ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.

ދާދިފަހުން ވަނީ ޕީއެންސީއަށް ނިސްބަތްވާ މާލޭ ސިޓީ ކައުންސިލްގެ ދެ ކައުންސިލަރަކު ވެސް ވަގަށް ސިނގިރޭޓް އެތެރެކުރިކަން ފަޅާއަރައިފަ އެވެ. އެއީ މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރު ފާތިމަތު އިޝާން އަލީ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝައުފާ ސަލީމު އެވެ.

އެކަން ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ސިއްރުކޮށްފަ އެވެ.

ޕީއެންސީގެ މެމްބަރުން ދަނީ ދައުލަތުގެ ކުންފުނިތަކާއި އަދި އެނޫން ވަސީލަތްތައް ބޭނުން ކޮށްގެން, ބޮޑެތި ވައްކަންތައް ކުރަމުންނެވެ. މީގެ ތެރެއިން ބައެއް މެމްބަރުންނަކީ މުއިއްޒުއާއި ގުޅިގެން ވައްކަން ކުރަމުދާ ފަރާތްތަކެވެ. ސިޔާސީ ބާރުވެރިކަމުގެ ދަހިވެތި ކަމުގައި މުއިއްޒު ދަނީ އެ ހުރިހާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދެމުންނެވެ.