ޚަބަރު

ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި ދިވެހި ދަރިވަރުންނަށް ވަކި މާއްދާއެއްގެ ގޮތުގައި އިސްލާމް މާއްދާ ކިޔާވާދިނުން ހުއްޓާލައިފި

ދިޔަވަރު
ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި ދިވެހި ދަރިވަރުންނަށް ވަކި މާއްދާއެއްގެ ގޮތުގައި އިސްލާމް މާއްދާ ކިޔާވާދިނުން ހުއްޓާލައިފި

‏ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީން ހިންގަމުންދާ, މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި, މިސަރުކާރު އައިފަހުން ގްރޭޑް 1 އިން 7 އަށް ދިވެހި ދަރިވަރުންނަށް އިސްލާމް މާއްދާ ކިޔާވާދިނުން ހުއްޓާލައިފިއެވެ.

އޭގެ ބަދަލުގައި އެ ސެންޓަރުގައި މިހާރު ކިޔަވާދެމުން ދަނީ, ގްރޭޑް 1 އިން 7 އަށް މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ކަނޑައަޅާފައި އޮންނަ މުގައްރަރުގެ ބަދަލުގައި އެ ސެންޓަރުގެ ޓީޗަރުން އަމިއްލައަށް ހަދާފައިވާ ފޮތްތަކަށެވެ.

އެހެންނަމަވެސް މިނިސްޓްރީން ހުއްދަ ނަގާފައިވަނީ ސެންޓަރުގައި ފެންވަރު ދަށް ކުދިންނަށް ޚާއްސަ ޕްރޮގްރާމެއްގެ ގޮތުގައި, ވަކި ޚާއްސަ ޕްރޮގްރާމެއް ހިންގުމަށެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި, ސެންޓަރުގައި މިހާރުވަނީ, އިސްލާމް ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވާދިނުން ހުއްޓާލުމަށްފަހު, އިސްލާމްއާއި ދިވެހި އެއްކޮށްގެން ތަނުގައި ތިބި ޓީޗަރުން ބޭނުންވާ ގޮތަށް ފަރުމާ ކޮށްފައިވާ ފޮތް ބޭނުންކޮށް, ފެންވަރު ދަށް ކުދިންނަށް ފަރުމާކުރި ޕްރޮގްރާމެއް ހުރިހާ ކުދިންނަށް އެޕްލައި ކުރަމުންނެވެ.

އެގޮތުން ގްރޭޑް 1 އިން 7 އަށް ކުރިން ކިޔަވަމުން އައި ކުދިންނަށް ދަނާލް 1,2,3,4 ގެ ނަމުގައި ކްލާސްތަކެއް ހަދާ އެކި އެކި އުމުރުފުރާގެ ކުދިން ހިމަނައިގެން ކިޔަވާދޭން ފެށުމުން ވަރަށް ގިނަ ކުދިންގެ ބެލެނެވެރިން ވަނީ އެތަނަށް ކުދިން ކިޔަވަން ފޮނުވުންވެސް ހުއްޓާލާފައެވެ.

ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގައި ކިޔަވަމުންދާ ދަރިވަރުންގެ ފެންވަރު ދަށްވުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ކުރީގެ މެނޭޖްމަންޓްތަކުން އެކި ގޮތްގޮތަށް މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް، މިހާރު ޢަމަލުކުރަމުންދާ ގޮތަކީ ޤައުމީ މަންހަޖާ ޚިލާފަށް، ގްރޭޑް 1 އިން 7 އަށް އެއް މުޤައްރަރެއްގެ ދަށުން އިސްލާމާއި ދިވެހި އެއްކޮށްގެން ކިޔަވައިދިނުމެވެ.

‏މި ގޮތަށް ޢަމަލުކުރުމުން ނުކުމެދާނެ މައްސަލަތަކުގެ ތެރޭގައި:

‏އިސްލާމް މާއްދާގެ ދީނީ އަދި ތާރީޚީ މަޢުލޫމާތު އެކަށީގެންވާ ގޮތެއްގައި ނުލިބުން.
‏އެކި އުމުރުފުރައިގެ ދަރިވަރުން އެއް ކްލާހެއްގައި ކިޔެވުމުން ދިމާވާ ނަފްސާނީ މައްސަލަތައް.
‏އެކަށީގެންވާ ދިރާސާއެއް ނެތި ގެނެވުނު ބަދަލަކަށްވުން.
‏ތަޢުލީމީ ދާއިރާއިން ހުއްދަ ހޯދި ގޮތާ ޚިލާފަށް ޕްރޮގްރާމް ހިންގުން.

މި ކަންކަމަކީ ސީރިއަސްކޮށް ވިސްނަންޖެހޭ މައްސަލައެކެވެ. ސެންޓަރުގެ ކަމާބެހޭ ފަރާތްތަކުން މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައި، ދަރިވަރުންގެ ބެލެނެ ވެރިންގެ ކަންބޮޑުވުމާއި ގެނެވުން ބަދަލު އަލުން މުރާޖާ ކުރުމަށް ބެލެނެވެރިން ދަނީ ގޮވާލަމުންނެވެ.

ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި, ސިޔާސީ ބޭނުމަށް ދީނީ ކާޑު ކުޅޭ ސަރުކާރުން މިހާރުވަނީ, ރާއްޖެއިން ބޭރުގައި އުޅޭ ކުރިންނަށް އިސްލާމް މާއްދާ ކިޔަވާދިނުން ގަސްތުގައި ހުއްޓާލާފައެވެ.