ޚަބަރު

ބަޔަކު ޑރ. އަބްދުލް މަޖީދު ޝަހީދު ކޮށްލީ ކަމަށް އިމްރާން ވިދާޅު ވެއްޖެ

ދިޔަވަރު
ބަޔަކު ޑރ. އަބްދުލް މަޖީދު ޝަހީދު ކޮށްލީ ކަމަށް އިމްރާން ވިދާޅު ވެއްޖެ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލް މަޖީދު ބަޔަކު ޝަހީދު ކޮށްލީ ކަމަށް އަދާލާތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޓްވިޓާރ ގައި ދާދި ދެންމެ އަކު ހާމަ ކުރައްވައިފިއެވެ.

2018 ވަނަ އަހަރު މޭއި މަހު، ޑރ މަޖީދު މި ދުނިޔެއާއި ވަކި ވެފައިވަނީ އުމުރުން އެންމެ 55 އަހަރުގަ އެވެ. ނަމަވެސް މިފަދަ ތުހުމަތެއް މީގެ ކުރިން އެއްވެސް ފަރާތަކުން މި މަރާއި ގުޅިގެން ކޮށްފައި ނުވެއެވެ.

މީގެ ކުރިން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. އެކަމުގައި ބައިވެރިވި ފަރާތްތައް އަދި އަދާއި ޖެހެންދެން އިންސާފުގެ ކުރިމައްޗަށް ގެނެވިފައި ނުވެއެވެ.

https://twitter.com/ShimranAb/status/1933712043661799537

އަދާލަތު ޕާޓީގެ ރައީސް އިމްރާނަކީ ފާއިތުވި ދައުރުގައި ހޯމް މިނިސްޓަރ ކަން ކުރައްވާފައިވާ ފަރާތެވެ.