ޚަބަރު

ޙައްޖުން އެނބުރި ވަޑައިގެން މުއިއްޒު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ, އުއްތަމަ ފަނޑިޔާރުގެ މަގާމް ހުސްކުރުމަށް, މުއްތަސިމްއަށް ދައުލަތުގެ މާލިއްޔަތުން ނުހައްގުން ބޮޑު ރިޓަޔަމަންޓް ޕެކޭޖެއް ހަމަޖެއްސުން, މިއީ ދައުލަތުގެ މާލިއްޔަތު ލޫޓުވާލުން

ދިޔަވަރު
ޙައްޖުން އެނބުރި ވަޑައިގެން މުއިއްޒު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ, އުއްތަމަ ފަނޑިޔާރުގެ މަގާމް ހުސްކުރުމަށް, މުއްތަސިމްއަށް ދައުލަތުގެ މާލިއްޔަތުން ނުހައްގުން ބޮޑު ރިޓަޔަމަންޓް ޕެކޭޖެއް ހަމަޖެއްސުން, މިއީ ދައުލަތުގެ މާލިއްޔަތު ލޫޓުވާލުން

އުއްތަމަ ފަނޑިޔާރުގެ މަގާމުން ރިޓަޔާ ކުރައްވާ ބޭފުޅަކަށް އިތުރު އެލަވަންސްތަކެއް ދެވޭގޮތަށް ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވައިދު އިސްލާހުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާތީ، އެކަމަށް ފިނޭންސް މިނިސްޓްރީގެ ލަފާ ހޯދަން މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވައިދު ބަދަލުކުރަން ޖޭއެސްސީން ހުށައަޅާފައި މިވަނީ، މިހާރުގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ރިޓަޔަރ ކުރެއްވުމަށް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.

ޖޭއެސްސީން ހުށައަޅާފައިވަނީ ރިޓަޔާ ކުރައްވާ އުއްތަމަ ފަނޑިޔާރަށް ދަތުރުފަތުރުގެ އެލަވަންސާއި ލިވިން އެލެވެންސްއެއްގެ ގޮތުގައި މަހަކު 70،000 ރުފިޔާ ދިނުމަށެވެ. އަދި ރިޓަޔަމަންޓް އެލަވަންސް ހިސާބުކުރުމުގައި ފަނޑިޔާރުކަމުގައި ހޭދަކުރި މުއްދަތުގެ އިތުރުން، މުޅި ދައުލަތަށް ހިދުމަތްކުރި މުއްދަތުވެސް ހިމެނުމަށް ވަނީ ހުށަހަޅާފައެވެ. މި ބަދަލާއި އެކު، މިހާރުގެ އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ 185،100 ރުފިޔާގެ އެލަވަންސް 493،600 ރުފިޔާއަށް އިތުރުވެގެންދާނެ އެވެ. މުއުތަސިމް ވަނީ ފަނޑިޔާރުކަމަށް ވަޑައިގެންނެވުމުގެ ކުރިން ހާރިޖީ ދާއިރާގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ.

މިމައްސަލައާއި ގުޅޭގޮތުން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ފާސްކުރީ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ ލަފައެއް ހޯދައި، ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް ގަވާއިދު އިސްލާހުކުރާށެވެ. މިކަމުގައި ފިނޭންސްގެ ލަފައެއް ހޯދަން ނިންމީ، އެފަދަ އެލެވެންސް ދިނުމަކީ ދައުލަތުން އިތުރަށް ކުރަން ޖެހޭ ހަރަދަކަށްވާތީއެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް މުއުތަސިމް އައްޔަންކުރެއްވީ 2019 ވަނަ އަހަރުއެވެ. އޭގެކުރިން 2010 އިން 2014 ވަނަ އަހަރުގެ ނިޔަލަށް އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރައްވާފައެވެ. އެ މަނިކުފާނު ވަނީ 24 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ހިދުމަތްކުރައްވާފައެވެ.

އެނގިފައިވާ ގޮތުގައި މުއްތަސިމްއަށް ރިޓަޔަރ ކުރެއްވުމާއެކު, 500,000 އާއި މަހަކު 70 ހާސް ރުފިޔާގެ މާލީ ބޮޑު އިނާޔަތެއް ހަމަޖައްސަނީ މުއިއްޒު މުއްތަސިމްއާއެކު ހައްދަވާފައިވާ ޑިލެއްގެ ދަށުން އުއްތަމަ ފަނޑިޔާރުގެ މަގާމް ހުސްކޮށް, އެ މަގާމަށް މުއިއްޒު ބޭނުންވާ މީހަކު ހަމަޖެއްސުމަށެވެ. މު އިއްޒު ގެންދަބަނީ ޖުޑިޝަރީއަށް އަތް ބާނުއްވައިގެން މުޅި ސުޕްރިމް ކޯޓުގެ ބެންޗު ބަދަލު ކުރައްވަމުންނެވެ. އެގޮތުން މުއިއްޒު އަމުރަށް, އުސޫލުތަކާވެސް ޚިލާފަށް މަޖިލީހުން ވަނީ ސުޕްރިމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަޒްމިރަލްޑާއާއި މަހާޒު މަގާމުން ވަކިކޮށްފައެވެ.

ޙައްޖުން އެނބުރި ވަޑައިގެން މުއިއްޒު އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ, އުއްތަމަ ފަނޑިޔާރުގެ މަގާމް ހުސްކުރުމަށް, މުއްތަސިމްއަށް ދައުލަތުގެ މާލިއްޔަތުން ނުހައްގުން ބޮޑު ރިޓަޔަމަންޓް ޕެކޭޖެއް ހަމަޖެއްސުމެވެ. މިއީ ރޯމާ ދުވާލު ދައުލަތުގެ މާލިއްޔަތު ލޫޓުވާލުމެވެ.